ހުކުރު, 14 އޮގަސްޓް 2009 17:44
ސުވައިން ފުލޫ ނުވަތަ އޫރު ރޯގާ

ސުވައިން ފްލޫ އަކީ ކޮބާ؟

ލިޔުނީ: އަބްދުﷲ ސަޢީދު -

" ސުވައިން ފްލޫ" ނުވަތަ އޫރު ރޯގާއަކީ، އޫރުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ވައިރަސްގެ ނަމަކީ " އިންފްލުއެންޒާ ވައިރަސް އޭ " އެވެ. ޖީން ބަދަލުވެފައި ވުމާއެކު މިހާރު ދުނިޔެއަށް ފެތުރެމުންދާ އިންފްލުއެންޒާ އަށް ދީފައިވާ ނަމަކީ " ސުވައިން އެޗް1 އެން1" އެވެ. މިހާރު އޫރު ރޯގާ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ފެތުރެމުންދާކަން ވަނީ ކަށަވަރުވެފައެވެ.

ރޯގާ ފެތުރެމުންދާގޮތް

އޫރު ރޯގާއަކީ، ޢާންމު ގޮތެއްގައި އިންސާނުންނަށް ޖެހޭ ބައްޔެއް ނޫނެވެ. އެހެން ނަމަވެސް އޫރު ގެންގުޅެ، އޫރާ ކައިރިން މުޢާމަލާތްކުރާ މީހުންނަށް މިބަލި ޖެހެއެވެ. އިންސާނުންނަށް މި ރޯގާ ޖެހުމަށްފަހު، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަމުންދަނީ އިންސާނުންނަށް ޖެހޭ އާދައިގެ ރޯގާތައް ފެތުރޭ ގޮތަށް ކެއްސާ ކިނބިހިއަޅާއިރު އަގައިން ބޭރުވާ ތަކެތިންނާއި އެފަދަ ތަކެތި އެހެން ބަލި މީހާ ފިޔަވާ އެހެން މީހުންގެ އަތުގައި އުގުޅި އަގަޔަށް ނޫނީ ނޭފަތަށް ވާސިލުވުމުންނެވެ.

މިހާރު ފެތުރެމުންދާ އޫރު ރޯގާ
 
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން އާންމުކުރައްވާފައިވާ ގޮތުގައި މިހާރު ދުނިޔޭގައި ފެތުރެމުންދާ އޫރު ރޯގާ އިންސާނުންނަށް ރޯގާ ޖައްސާ ވައިރަހުގެ ނަކަލަކީ، އިންސާނުންނާއި ދޫންޏާއި އޫރަށް ރޯގާ ޖައްސާ ވައިރަހުގެ ޖީންތައް އެކުވެފައިވާ ނަކަލެކެވެ. އެޗް1 އެން1 ވައިރަސްގައި 8 ޖެނެޓިކް ސެގްމެންޓު ހިމެނެއެވެ. އޭގެ ތެރެއިން 6 ސެގްމެންޓެއް ނިސްބަތްވަނީ އޫރުގެ ނޭވާލާ ނިޒާމަށްޖެހޭ ރޯގާއަށެވެ. އަނެއް ދެ ސެގްމެންޓު ނިސްބަތްވަނީ ދޫނި ރޯގާ އާއި އިންސާނުންނަށް ޖެހޭ ރޯގާއަށެވެ. މި ދެސެގްމެންޓުވެސް އޫރަށްޖެހޭ ރޯގާއިން ފެންނަމުންދާތާ 10 އަހަރު ވެއްޖެއެވެ. އެހެންކަމުން މިހާރު ދުނިޔޭގައި ފެތުރެމުން މިދާ ސުވައިން ފުލޫ ނުވަތަ އޫރު ރޯގާއަކީ ތިން ވައިރަހެއް އެކުވެގެން އަލަށް އުފެދިގެން އުޅޭ ވައިރަހެކެވެ. 1918 ވަނަ އަހަރު، ސްޕެއިންގައި ފެތުރުނު ރޯގާއަކީ ، H1N1 ގެ ވައިރަހަކުން ފެތުރުނު ރޯގާއެކެވެ. އެ ރޯގާ ޖެހިގެން އެތައް މިލިޔަން މީހުންނެއް މަރުވެފައި ވެއެވެ.

ރޯގާގެ އަލާމާތްތައް

އޫރު ރޯގާ ޖެހުމުން ފެންނަ އާންމު އަލާމާތްތަކަކީ، އިންސާނުންނަށް ޖެހޭ އަރިދަފުސް ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކެވެ. މީގެ ތެރޭގައި ހުންއައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި ކެއްސުން ހިމެނެއެވެ. ބައެއް ފަހަރު ނޭފަތުން ފެންއައިސް   ކަރުތެރެއަށާއި ހުޅުތަކަށް ތަދުވުމާއި ބޭރަށް ހިންގު ފަދަ ކަންތައްތައް ހިމެނެއެވެ. ބަލީގެ އަސަރު ބޮޑުވެ ފުއްޕާމޭގައި އަރިދަފުސް އަޅައި މޭގަނޑު ހަލާކުވެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދެއެވެ. ދުނިޔޭގެ ޤައުމުތަކުން ފެނިފައިވާ އޫރު ރޯގާ ޖެހިފައިވާ ގިނަ މީހުންގެ ޙާލަތު ފެންނަނީ އާދައިގެ ގޮތަކަށެވެ. އެހެންނަމަވެސް މެކްސިކޯގައި އޫރު ރޯގާ ޖެހުނު އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އޫރު ރޯގާއަށް ފަރުވާދޭ ބޭސް

ދުނިޔޭގެ ޞިއްޙީ އިދާރާތަކުން ސުވައިން ފުލޫއަށް ޚާއްޞަ ދެވައްތަރެއްގެ ވެކްސިނެއް މިހާރު ގެންދަނީ ބޭނުން ކުރަމުންނެވެ. އެއީ އެއީ، ޓެމީފްލޫ އާއި ރެލެންޒާ އެވެ. މި ރޯގާ ޖެހުނު މީހުންނަށް މި ދެ ވައްތަރުގެ ވެކްސިން ދީގެން ބަލިން ސަލާމަތް ވެފައިވެއެވެ. މި ދެ ވެކްސިންގެ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް މިހާރުދަނީ ކަމާބެހޭ ފަރާތްތަކުން ފޮނުވަމުންނެވެ. އެހެންނަމަވެސް އަރިދަފުސް ރޯގާގެ ވައިރަހަކީ ވަރަށް އަވަހަށް އަމިއްލަ ޒާތުގައި ބަދަލުވާ އެއްޗަކަށްވާތީ ކުރިން ތައްޔާރުކޮށްފައިވާ ވެކްސިން ތަކަށް ނުގުޑާގޮތް ވުމަކީ ކައިރިކަމެކެވެ.

އޫރު ރޯގާ އިން ރައްކާތެރިވުން

އޫރު ރޯގާ ދުނިޔޭގެ ކަންކޮޅުތަކަށް މިހާރުވަނީ ފެތުރެން ފަށާފައެވެ. އަދި މި ރޯގާއިން ސަލާމަތްވެ ރައްކާތެރިވުމަށް ޤައުމުތަކުން ގެންދަނީ ޤައުމީ ފެންވަރުގައި ފިޔަވަޅުތައް އަޅަމުންނެވެ. ދިވެހިރާއްޖެއިންވެސް ރާއްޖެއަށް ވައިގެމަގުންނާއި ކަނޑުގެމަގުން އެތެރެވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޫރު ރޯގާ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ފެތުރުމަކީ  ކަމާބެހޭ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެ ރޯގާ ކޮންޓްރޯލް ކުރުން އުނދަގޫވާނެ ކަމެކެވެ. އެހެންނަމަވެސް ދުނިޔެއަށް ފެތުރެމުންދާ އޫރު ރޯގާގެ ނުރައްކާތެރިކަން މިރޯގާ އެންމެ މެކްސިކޯ އިން ފެނުނު ނުރައްކާތެރި މިންވަރަށްވުރެ ކުޑަކަންވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ރޯގާ ފެތުރެމުން ދިޔަ ނަމަވެސް ރޯގާގައި ނުރައްކާތެރި ހާލަތަކަށް ބަދަލުވެ، މަރުވާ މީހުންގެ އަދަދުވަނީ ނިސްބަތުން ދަށަށް ގޮސްފައެވެ. މިރޯގާއިން ސަލާމަތްވުމަށް ކެއްސާ، ކިނބިހިއަޅާއިރު އަނގަމަތި ނިވާކުރުމާއި އަތް ސާފުކޮށް ބެހެއްޓުމާއި އަރިދަފުސްރޯގާ ޖެހިފައިވާ މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުވެ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން މުހިންމު ކަމުގައި ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މަޢުލޫމާތު:
ބީބީސީ / ރޮއިޓާސް / ޑަބްލިޔު.އެޗް.އޯ ވެބްސައިޓް