|
ބުރާސްފަތި, 26 ނޮވެމްބަރ 2009 11:53 |
|
ރާއްޖޭގައި އޫރުރޯގާ ފެތުރެމުންދާގޮތް |
05 ޑިސެމްބަރު 2009
5 ޑިސެމްބަރ 2009، ރޭގަނޑު08:30 : ވ.ފެލިދޫން 4 އަހަރުގެ އަންހެން ކުއްޖަކާއި، ޅ.ނައިފަރުން 37 އަހަރުގެ އަންހެނަކު އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެފައިވެއެވެ. 04 ޑިސެމްބަރު 2009
އިންފްލުއެންޒާ އޭއަށް މިއަދުވެސް އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެއީ: ފުވައްމުލަކުން ފެނުނު 3 އަހަރާއި 3 މަހުގެ އެއްމާބަނޑު ދެ އަންހެން ކުދީންނާއި، ދ. ކުޑަހުވަދޫ އިން ފެނުނު 17 އަހަރުގެ ފިރިހެން ކުއްޖަކާއި، މާލެއިން ފެނުނު 50 އަހަރުގެ ފިރިހެނެކެވެ. 03 ޑިސެމްބަރު 2009
ނޮވެމްބަރ 25 އިން ޑިސެމްބަރ 2 އާ ދެމެދު އިންފްލްއެންޒާ އޭ އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 9 މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވިކަން ހެލްތު މިނިސްޓްރީން ހާމަކުރެއްވި. އެޗް1އެން1 އަށް ޕޮޒިޓިވްވެފައި ވަނީ ޏ. ފުވައްމުލައް، ނ. މަނަދޫ، އއ.ރަސްދޫ، ށ. ގޮއިދޫ، މ.މުލަކު، އދ. ދަނގެތި އަދި މާލެއިން އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވްވެފައިވާ މީހުން. މި ގޮތަށް ޓެސްޓްކުރުމުގެ ބޭނުމަކީ ބަލި އުޅޭ ސަރަހައްދުތައް ބެލުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅު. އެޗް1 އެން1 އަށް އައިޖީއެމްއެޗްގައި މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް ޓެސްޓްތައް ހަދަންފެށި.
02 ޑިސެމްބަރު 2009
ޅ. ނައިފަރުން 21 އަހަރުގެ އަންހެނެއް އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވެއްޖެ. ދ. ކުޑަ ހުވަދޫއިން 3 އަހަރާއި 10 މަހުގެ އަންހެން ކުއްޖެއް އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވެއްޖެ.
01 ޑިސެމްބަރު 2009
މާލެއިން 8 އަހަރުގެ އަންހެން ކުއްޖެއް އިންފުލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެއްޖެ
30 ނޮވެމްބަރު 2009 ތ. ކަނޑޫދޫއިން 23 އަހަރުގެ އަންހެނެއް އިންފްލުއެންޒާ - އޭ އަށް ޕޮޒިޓިވް ވެއްޖެ. މިއީ ކަނޑޫދޫއިން އިންފްލުއެންޒާ - އޭ އަށް ޕޮޒިޓިވްވި ދެވަނަ މީހާ.
29 ނޮވެމްބަރު 2009 ފުވައްމުލަކުން 30 އަހަރުގެ ފިރިހެނަކާއި، ވ. ތިނަދޫއިން 16 އަހަރުގެ އަންހެން ކުއްޖަކު އިންފްލުއެންޒާ - އޭ އަށް ޕޮޒިޓިވް ވެއްޖެ. އިންފްލުއެންޒާ-އޭ އަށް ޝައްކުކުރެވޭ މީހުންނަށް ކުރީގެ ނަސަންދުރަ ހިންގި އިމާރާތުގައި އޯޕީޑީ ޚިދުމަތް ފަށައިފި. ކުޑަކުދިންނަށް އާންމުކޮށްދޭ ވެކްސިންތައް ދިނުމުގެ އިންތިޒާމު ތާޖުންދީނު ސްކޫލްގެ ހެލްތު ރޫމްގައި ފަށައިފި.
28 ނޮވެމްބަރު 2009 އއ. ރަސްދޫއިން 42 އަހަރުގެ އަންހެނަކު އިންފްލުއެންޒާ - އޭ އަށް ޕޮޒިޓިވި.
27 ނޮވެމްބަރު 2009 އިންޕްލުއެންޒާ - އޭ އަށް އިތުރު ހަތަރު މީހުން ޕޮޒިޓިވްވި. އެއީ 1. ތ. ކަނޑޫދޫއިން 18 އަހަރުގެ ފިރިހެނެއް 2. ށ. ޅައިމަގުން 4 އަހަރުގެ އަންހެން ކުއްޖެއް 3. މާލެއިން 52 އަހަރުގެ އަންހެނެއް 4. މާލެއިން 7 އަހަރުގެ ފިރިހެން ކުއްޖެއް މާލެއިން ފެނުނު އުމުރުން 52 އަހަރުގެ މީހާ ހާލު ދެރަކަމަށް ޚަބަރު ލިބިފައިވޭ. މިހާރު އިންފުލުއެންޒާ-އޭ ފެނިފައިވާ އަތޮޅުތަކުގެ އަދަދު 7 އަށް އެރީ. އެއީ ހދ، ށ، ނ، ރ، އއ،މ އަދި ތ އަތޮޅު. ސަރުކާރުން އިންފުލުއެންޒާ-އޭ އަށް ކަށަވަރުވާ ފަރާތްތަކަށް ޞިއްޙީ ޚިދުމަތް ދިނުމަށް ކުރީގެ ނަސަންދުރަ އިމާރާތް މާދަމާ ހުޅުވާ ގޮތަށް ހަމަޖައްސައިފި
މިހާތަނަށް ރާއްޖެއިން އިންފްލުއެންޒާ-އޭއަށް ޕޮޒިޓިވްވި މީހުންގެ އަދަދު: 26 ، އޫރުރޯގާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު:12
25 ނޮވެމްބަރު 2009ނ. މަނަދޫއިން 23 އަހަރުގެ ފިރިހެނަކާއި 9 މަހުގެ ފިރިހެން ކުއްޖަކު އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވްވި މިއީ އެއް ގެއެއްގައި އުޅޭ ދެމީހުން. 7 އަހަރުގެ ފިރިހެން ކުއްޖެއް އައި.ޖީ.އެމް.އެޗް. ގައި އިންފްލުއެންޒާ - އޭ އަށް ޕޮޒިޓިވް ވި
އިންޕްލުއެންޒާ - އޭ އަށް އިތުރު ތިން މީހަކު ޕޮޒިޓިވްވި . އެމީހުންނަކީ: 1. ހުޅުލޭ އެއަރޕޯޓުން ސްކްރީން ކުރެވުނު، 24 ވަނަ ދުވަހުގެރޭ ޓްރިވެންޓްރަމުން އައި 11 އަހަރުގެ ފިރިހެން ކުއްޖެއް. 2. މާލޭން 24 ވަނަ ދުވަހުގެރޭ ޓެސްޓް ކުރެވުނު 21 އަހަރުގެ ފިރިހެނެއް. 3. އއ. ރަސްދޫއިން މިއަދު ޓެސްޓް ކުރެވުނު 1 އަހަރާއި 2 މަހުގެ އަންހެން ކުއްޖެއް.
24 ނޮވެމްބަރު 2009ރާއްޖޭގައި އެޗް1 އެން1 އަށް ޓެސްޓްހަދާ މެޝިނަށް ބޭނުންވާ ކެމިކަލް ހުސްވުމުން އަނެއްކާވެސް ސާމްޕަލްތައް ސްރީލަންކާއަށް ފޮނުވަން ފެށި. އއ. ރަސްދޫން ދެއަހަރުގެ އަންހެން ކުއްޖެއް އިންފުލުއެންޒާ-އޭ އަށް ޕޮޒިޓިވްވި. ށ. ގޮއިދޫން އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ އަންހެން ކުއްޖެއް އިންފުލުއެންޒާ-އޭ އަށް ޕޮޒިޓިވްވި. މިހާރު ގޮއިދޫގައި އެޗް1 އެން1 އަށް ޝައްކުކުރެވޭ ހަތަރު މީހުން އެބަތިބި.
23 ނޮވެމްބަރު 2009އޫރުރޯގާގެ ނުރައްކާތެރިކަން ހަތަރުވަނަ ދަރަޖައަށް ޖައްސާ އަރިދަފުސް ރޯގާ ޖެހޭމީހުން މާސްކު އެޅުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރި. އިންފުލުއެންޒާ-އޭއަށް އިތުރު ތިން މީހަކު މިއަދު ޕޮޒިޓިވި. އެއީ ށ. ގޮއިދޫ 21 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ އަންހެން ކުއްޖަކާއި މ. މުލަކުން 73 އަހަރުގެ ފިރިހެނެއް. އޫރުރޯގާއަށް ޓެސްޓް ކުރާ މެޝިނަށް ބޭނުންވާ ކެމިކަލް ނެތިގެން ރާއްޖޭގައި ޓެސްޓް ހެދުން މެދުކެނޑުނު.
22 ނޮވެމްބަރު 2009މ. އަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް މ. ކޮޅުފުށީ އުމުރުން 27 އަހަރުގެ ފިރިހެންމީހާ އޫރުރޯގާއަށް ޕޮޒިޓިވި.
21 ނޮވެމްބަރު 2009ރ. އިނގުރައިދޫން އިންފުލުއެންޒާ-އޭ އަށް ޕޮޒިޓިވްވި ދެމަހުގެ ތުއްތުކުއްޖަކާއި އެއް އަހަރާއި ހަތަރުމަހުގެ ކުއްޖަކާއި 29 އަހަރުގެ އަންހެންމީހާ އޫރުރޯގާއަށް ޕޮޒިޓިވްވި. މ. އަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ބަލިމީހަކު އިންފުލުއެންޒާ-އޭ އަށް ޕޮޒިޓިވި.
20 ނޮވެމްބަރު 2009ރ. އިނގުރައިދޫން އިންފުލުއެންޒާ-އޭ އަށް ޕޮޒިޓިވްވި ހަތަރު އަހަރުގެ ކުއްޖާ އޫރުރޯގާ އަށް ޕޮޒިޓިވްވި. އަދި މި ކުޑަކުއްޖާއާ ކޮންޓެކްޓްވި ދެމަހުގެ ތުއްތުކުއްޖަކާއި އެއް އަހަރާއި ހަތަރުމަހުގެ ކުއްޖަކާއި 29 އަހަރުގެ އަންހެނަކު އިންފުލުއެންޒާ- އޭއަށް ޕޮޒިޓިވްވި.
19 ނޮވެމްބަރު 2009އޫރުރޯގާ ޖެހިގެން މަރުވި އިނގުރައިދޫ މީހާއަށް ގޮވާލަންދިޔަ އެރަށުގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު އިންފުލުއެންޒާ-އޭ އަށް ޕޮޒިޓިވްވި.
18 ނޮވެމްބަރު 2009ރާއްޖޭގައި ފުރަތަމަ ފަހަރަށް އޫރުރޯގާ ޖެހިގެން ދިވެއްސެއް މަރުވި. އެއީ ރ. އިނގުރައިދޫ ޗާނދަނީވިލާ ޢަބްދުއްރަޙުމާން އިބްރާހިމް ( އުމުރު 65 އަހަރު) . ރާއްޖޭގައި އޫރުރޯގާ ފެތުރެން ފަށައިފިކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ކުރެއްވި.

ދިވެހިރާއްޖޭގައި ސުވައިން ފްލޫ ( އޫރުރޯގާ ) އޮތް ހާލަތާއިބެހޭ އެންމެ ފަހުގެ ރަސްމީ މަޢުލޫމާތު/ ހެލްތު މިނިސްޓްރީގެ ވެބްސައިޓުން )

|
ކިޔުންތެރިންގެ ޚިޔާލް