ބުރާސްފަތި, 10 އެޕްރީލް 2008 00:00
މަނަދޫގެ ތަރައްގީއަށް މަސައްކަތް ކުރަށްވާ މަނަދޫގެ ނަމޫނާ ޒުވާނެއް
މީހުން ކޮލަމްގައި މިފަހަރު މިފާހަގަކޮށްލަނީ މަނަދޫގެ ކުރިއެރުމާ ތަރައްގީ ހޯދައިދޭން މަސައްކަތް ކުރައްވަމުންގެންދާ ހީވާގި ނަމޫނާ ޒުވާނެއްކަމުގައިވާ އަލްފާޟިލް އަބްދުﷲ ޙަލީލް ނ. މަނަދޫ ކަނީރުމާގެއެވެ. މިއީ ހިތްހެޔޮ ރަނގަޅު މީހުންނާ ގުޅޭ ޒުވާނެއްކަން ތިޔަ އެންމެހާ ބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ. މީނާ އަކީ ދިގުމުއްދަތެއްގައި އަދި މިހާރުވެސް މާލޭގައި ވަޒީފާ އަދާކުރައްވަމުންގެންދާ ބޭފުޅެކެވެ. އެންމެ ކުރިއްސުރެވެސް ކަސްރަތުކުރުމަށް ޝައުގު ހުންނަ މިޒުވާނާ ވަނީ ބޮޑީބިލްޑިންގ ދާއިރާއިން ކުރިއެރުން ހޯދާފައެވެ. ވަރަށް ފަހަކާޖެހެންދެންވެސް މާލޭ ފިޓްނަސް ކުލަބްގެ ބޮޑީބިލްޑިންގ އިންސްޓްރަކްޓަރ އެއްގެ ގޮތުގައިވަނީ އުޅުއްވާފައެވެ. އަދި ހަމަ އެދުވަސްވަރު ކޮކާކޯލާ އިސްތިހާރުކުރުމަށްޓަކައި ހެދި ކަލަންޑަރެއްގައިވެސް މި ބޭފުޅާގެ ފޮޓޯވަނީ ޖަހާފައެެވެ. އެއީ އެދުވަސްވަރު ފިޓްނަސް ކްލަބްގައި އެންމެ ހަށިގަނޑު ރީތިކޮށްހުރި ޒުވާނަކަށްވާތީއެވެ. އަދި ހަމަ އެދުވަސްވަރު ފިލްމީދާއިރާއަށް ވަނުމަށްވެސް ވަނީ ޗާންސް ލިބިފައެވެ. އެއީ ދިވެހި ފިލް ރަންމުތް ކުޅުމަށެވެ.
އެދުވަސްވަރަށް ފަހު މި ޒުވާނާގެ ހިތުގައި ރަށުގެ ތަރައްގީއަށް އެކިއެކި ގޮތްގޮތުން ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަންފެށިއެވެ. އެގޮތުން މަނަދޫގައި އީދުފާހަގަކުރި އަހަރު އީދަށް ރަށުގެ އަތިރިމަތީ މަގުގައި އެކި ހިސާބުގައި ވަނީ ގަސްއިންދުމުގެ ޕްރޮގްރާމެއް ހިންގާފައެވެ. އެއަށްފަހު އެކި ގޮތްގޮތަށް ރަށަށް ތަރައްގީ އެއް ލިބޭނެ ހުރިހާކަމެއްގައިވެސް މަސައްކަތް ކުރުމަށް އެެހެން މީހުންނަށް އިލްތިމާސްކޮށް އެކިއެކި ޝުއޫރުތައް ފާޅުކުރައްވައެވެ.
ހަލީލުގެ އެންމެ ފާހަގަ ކޮށްލަންޖެހޭ އެއް ހިދުމަތް ކަމުގައިވާ ފައިސާ މާލެއިން މަނަދުއަށް އަދި މަނަދޫއިން މާލެ އަށް ފޮނުވުމުގެ ހިދުމަތަކީ މަނަދޫގެ ރައްޔިތުންނަށް ލިބެމުންދާ ވަރަށްވެސް ފަސޭހަ ހިދުމަތެކެވެ. މިގޮތުން ފައިސާ ރައްދު ކުރުމަށްޓަކައި އެމީހަކު އެވަގުތަކު އެ ހުރިތަނަކަށްގޮސް ފައިސާ ހަވާލު ކޮށްދިނުމުގެ ކަންތައް ހަލީލް ކޮށްދެއެވެ.
ކުރިއަށްއޮތްތާގައިވެސް އަޅުގަނޑުމެން އުންމީދުކުރަނީ ހަލީލު މިގޮތުގައި ދެމިހުންނާނެ މަނަދޫގެ ޒުވާނުންނަށް ނަމޫނާ އަކަށްވާނޭ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+8
 
 
 
ރައްދު ދެއްވުމަށް
ހަލީލުގެ ރީތިކަން މީގައި ނުލިޔުނަސް އެނގޭ. ދެން އެހެން ވާހަކައެއް ލިޔުނު ނަމަ.......
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
މީނަ މަނަދޫގެ ކުރިއެރުމަށް ކުރި ކަމެއް ވެސްބުނެލަބަލަ ތިޔަބުނާ އީދަކީ ހުރިހާ ރައްޔިތުން ވެގެން ކުރިކަމެއް،އިސްނަގައިގެން ކުރީ މިވެނިކަމެކޭ ނުބުނެވޭނެ.ފައިސާ ފޮނުވުމަކީ އޭނާގެ ވިޔަފާރި ކުރިއެރުވުމުގެ މަގުސަދުގަ ކުރާ ކަމެއް.ރަށަށް ރަނގަޅު ހިދުމަތެއް ކުރެވޭނީ ރަށުގަ ދިރިއުޅޭ ބަޔަކަށް.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...