ބުރާސްފަތި, 14 ޖެނުއަރީ 2010 07:02
މަނަދޫ ކައުންސިލަރ މަޤާމުން އިސްތިޢުފާދެއްވުމަށް ސިޓީ ހުށަހަޅުއްވައިފި

ނ. މަނަދޫ ކައުންސިލަރ ކަމުގެ މަޤާމުގައި ހުންނެވި މަނަދޫ ނޫރީގޭ ޙުސައިން ޝިޔާމް އިސްތިޢުފާގެ ސިޓީ ހުށަހަޅުއްވައިފިއެވެ. އިސްތިޢުފާގެ ސިޓީ ހުށަހެޅުއްވިކަން ޝިޔާމް ވަނީ މަނަދޫ ލައިވްއަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަމާއިގުޅިގެން މަނަދޫލައިވްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، އިސްތިޢުފާ ދެއްވަން ނިންމެވީ ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުންނާއި ޕާޓީގެ ޙަރަކާތްތަކަށް ވަގުތު ހުސްކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޝިޔާމްގެ އިސްތިޢުފާއާ ގުޅިގެން ބައެއްމީހުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، ވަޒީފާއިން ވަކިވެގެން މިދަނީ ސަރުކާރާއި އަދި އެމްޑީޕީއާދެމެދު މައްސަލައެއް އޮވެގެން ނޫންކަމަށާއި، ސަރުކާރުން ވަކިވާ ދުވަހުންފެށިގެން ޕާޓީގެ ކަންތައްތަކުގައި ކުރިއަށްވުރެ ބޮޑަށް ޙަރަކާތްތެރިވުން އިތުރުވެގެންދާނޭ ކަމަށެވެ.

''އަޅުގަނޑަކީ އިއްޔެވެސް އެމްޑީޕީ މީހެއް އަދި މިހާރުވެސް އެމްޑީޕީ ކުރިއަށް އޮތްތަނުގައިވެސް ހުންނާނީ އެމްޑީޕީއާއެކު. އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ ޕޮލިސީއަށް އަޅުގަނޑު ތާއީދުކުރަން. ކުރިއަށް އޮތްތަނުގައި ކުރިއަށްވުރެ ބޮޑަށް ޕާޓީގެ ޙަރަކާތްތަކުން ފެނިގެންދާނެ. އެއްވެސް ހާލެއްގައި އެމްޑީޕީ ގޯސްގެވެގެން ނުވަތަ ސަރުކާރު ގޯސްވެގެނެއް ނޫން ވަޒީފާއިން މިވަކިވަނީކީ އިނގިލައްވާނެ އަޅުގަނޑަކީ އަމިއްލަ ބައިވަރު މަސައްކަތް ކުރަމުން އަންނަ މީހެއްކަން. އެހެންވެ އަޅުގަނޑު ދަންނަވާނީ ވަޒީފާއެއް ނޫނޭ މީގައި މުހިންމީ ކުރާ ޢަމަލޭ ޕާޓީގެ ޙަރަކާތްތައް ވަރުގަދަ ކުރުމޭ އެކަން ނެގެހެއްޓުމޭ.'' ކައުންސިލަރ ޙުސައިން ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއްގައި ހުރެގެން ޕާޓީގެ ކަންތައްތަކުގައި އުޅޭނެ ވަގުތު ނުލިބޭކަމަށާއި، މިނިވަނަކަށްވެހުރެ ގޮފީގެ ކަންތައްތަކުގަޔާއި، ދާއިރާގެ ކަންކަމުގައި އުޅެންލިބޭ ވަގުތު އިތުރު ވެގެންދާނެ ކަމަށެވެ.

މަނަދޫ ކައުންސިލަރުކަން ޙުސައިން ޝިޔާމުއަށް ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިދިޔަ އަހަރު ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތެއްގައި މަނަދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި 4 ފެބްރުއަރީ 2009 ގައެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ސިޔާމް އެހެންވިދާޅުވިޔަސް ގޮތްނޭގޭ އެތައް ސުވާލުތަކެއް ތިއިސްތިއުފާގެ ފަހަތުގާވޭ ( ރ . މިތުރު )
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މަނަދޫއަކީ ހާދަ އަވަހަށް ކައުންސިލަރުން ބަދަލުވާ ރަށެކޭދޯ. އަހަންނަށް ހީވަނީ އެމް ޑީ ޕީއަށް ޓަކައި މަނަދޫގައި ގުރުބާންވީ އެންމެން 5 އަހަރަށް ބަހާލައިގެން ކައުންސިލަރުކަން ކުރަންހެން ތިއުޅެނީ. ދެން ތިމަޤާމު ދޭންވީ އިސްމާޅަށް.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ބަލަ އެހުރިހާ ފުލެޓްތައް އަޅާފަ، މީހުންނާ ޙަވާލުވެސް ނުކޮށްތޯ މަޤާމުން ފައިބާވަޑައިގަންނަވަނީ! މަނިކުފާނުގެ ޒަޢާމަތުގައި މަނަދޫއަށް ގެނެސްދެއްވި ތަރައްޤީއަށް ޝުކުރުވެރިވަން. އެހެރަ ރީތި 150 ފްލެޓާއި، ހަދައިދީފަ އެއޮތް ބޮޑު ބަނދަރާއި، ރަށްވަށައިގެން ތިންފައިކަށި ގަލުން ލާފައިވާ ކަނޑުތޮށްޓާއި، ކޮންމެ ދެމަފިރިޔަކަށް ހަދައިދީފައިވާ ބަކަރިކޮށިތަކާއި، މިހުރިހާ ކަމަކުން މަނިކުފާނުގެ ޚިދުމަތް ފާހަގަކުރަން. ޝުކުރިއްޔާ! އަދިވެސް އެއްފަހަރު ޝުކުރިއްޔާ!!!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ޝިޔަމްގެ ނިންމުން ރަނގަޅު. ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅުގައި ހރުމަށްވުރެ އަމިއްލަ ނަފްސަށްވެސް އަދި ސަރުކާރާއި ރައްޔިތުންނަށްވެސް އަދި ޕާޓީއަށްވެސް އެންމެ ރަނގަޅީ ތިޔަގޮތް. ޝިޔާމް ފަދަ އަތްފައިހެލޭ ޒުވާނުން ސަރުކާރު ބަންދުގައި ހަތަރުފާރުގައި ފިތިގެން އޯޑަރަށް މަސައްކަތް ކުރުމަކީ މުސްތަޤްބަލު ނަގާލުން. ތިޔަމަޤާމް އަވަހަށް ގޮނޑީގައި ތިބެގެން މަސައްކަތް ކުރާ ހިތްވާ ބޭފުޅަކާ ހަވާލުކުރަންވީ. - ނެގުނު ކައުންސިލަރު-
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...