| ބުދަ, 13 ޖެނުއަރީ 2010 00:33 |
| ނ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލްގެ މަޤާމާ އިޤްބާލް ޙަމީދު ހަވާލުވެވަޑައިގެންފި |
|
މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ކަމުގެ މަޤާމާ ފ. ނިލަންދޫ އިގްބާލް ޙަމީދު ހަވާލުވެވަޑައިގެންފިއެވެ. އިޤްބާލް ޙަމީދަކީ މިދިޔަ އަހަރު ނ. މާފަރު ސްކޫލްގައި ޕްރިންސިޕަލަކަށް ހުންނަވަނިކޮށް މައްސަލަތަކެއް ކުރިމަތިވެގެން އަހަރުގެ މެދުތެރެއިން އެރަށުން ފުރާވަޑައިގެންނެވި ބޭފުޅެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް 14 ވަނަ ދުވަހުގެރޭ ނ. އަތޮޅު މާފަރު ސްކޫލުގައި ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމެއްގައި، ދެއްކި ވާހަކައަކާ ގުޅިގެން އެވަގުތު ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިންގެ ތެރެއިން ބައެއް ބެލެނިވެރިން ހިތްހަމަ ނުޖެހިގެން މާރާމާރީ ހިނގާ އިޤްބާލް ޙަމީދު އެރަށުންވަނީ ފޮނުވާލާފައެވެ. ނ. އަތޮޅު މަދަރުސާއަށް މިއަހަރުވަނީ ޔޫރަޕްގެ ވޮލަންޓިއަރ ދެޓީޗަރުންވެސް ލިބިފައެވެ. |
ކިޔުންތެރިންގެ ޚިޔާލް