| ބުރާސްފަތި, 07 ޖެނުއަރީ 2010 03:20 |
| އަޅުގަނޑު އަދި އިސްތިޢުފާއެއް ނުދެން - މަނަދޫ ކައުންސިލަރ |
ނ. މަނަދޫ ކައުންސިލަރ ޙުސައިން ޝިޔާމް މަޤާމުން އިސްތިޢުފާ ދެއްވައިފިކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ. އެމްއެލްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މަނަދޫ ކައުންސިލަރ ޙުސައިން ޝިޔާމް ވިދާޅުވީ މަޤާމުން އަދި އިސްތިޢުފާ ނުދެއްވާ ކަމަށާއި، އިސްތިޢުފާއަށް އެދި ސިޓީވެސް ނުލައްވާ ކަމަށެވެ. ''އެއީ ބަޔަކު އަރުވައިގެން އުޅޭ އަޑުތަކެއް. އަޅުގަނޑު އަދިވެސް މިހުރީ ސަރުކާރުން އަޅުގަނޑާއި ޙަވާލުކުރެއްވި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުކުގައި. އަޅުގަނޑު އަދި އިސްތިޢުފާއެއް ހުށައެއް ނާޅަން. އެކަމަށް އެދި ސިޓީއެއް ވެސް ނުލަން.'' މިހާރު ޗުއްޓީއެއްގައި މާލޭގައި ހުންނެވި ޙުސައިން ޝިޔާމް ވިދާޅުވިއެވެ. އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަނަދޫ ކައުންސިލަރ ޙުސައިން ޝިޔާމް މަޤާމުން އިސްތިޢުފާ ދެއްވުމަށް ގެންދަވަނީ ތައްޔާރުވަމުންނެވެ. އަދި އެމަޤާމަށް ބޭފުޅަކު ހަމަޖެއްސެވުމަށްޓަކައި މާލޭގައި ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. މަނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ތޯރިޤް ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި މަނަދޫ ކައުންސިލަރު ކަމުގެ މަޤާމް ހުސްވެއްޖެނަމަ، އެމަޤާމަށް އައްޔަން ކުރައްވާނެ ބޭފުޅަކާއި ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. |
ކިޔުންތެރިންގެ ޚިޔާލް