| ހުކުރު, 01 ޖެނުއަރީ 2010 09:21 |
| މަނަދޫ ރައްޔިތުންގެ ކިބައިން މަނަދޫ ކަތީބު މަޢާފަށް އެދިވަޑައިގެންފި |
މަނަދޫ ރައްޔިތުންގެ ކިބައިން މަނަދޫ ކަތީބު ސަޢީދު ޤާސިމް މަޢާފަށް އެދިވަޑައިގެންފިއެވެ.މަނަދޫ ކަތީބު ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންނެވީ ރޭ މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ކަތީބުކަމުގެ މަޤާމުން ރިޓަޔަރ ކުރައްވާތީ ކަތީބުކަމުގެ މުއްދަތުގައި އެއްވެސް މީހަކު ހިތްދަތިވާ ކަހަލަ ކަމެއް ކުރެވިފައިވާނަމަ ނުވަތަ ހިތްހަމަނުޖެހޭ ބަހެއްނަމަވެސް ބުނެވިފައިވާނަމަވެސް އެކަމަށް މަނަދޫ ކަތީބު މަޢާފަށް އެދިވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ނ. އަތޮޅުގެ ކައުންސިލަރ މުޙައްމަދު މާހިދު އަދި ނ. އަތޮޅުގެ މުއާވިން ޢަބްދުﷲ ޢަބްދުލްވާޙިދު ބައިވެރިވެވަޑައިގެންނެވިއެވެ. މަނަދޫ ކަތީބު ރިޓަޔަރ ކުރައްވަނީ ކަތީބުކަމުގެ މަޤާމުގައި 17 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، އަންނަ ފެބްރުއަރީމަހުގައެވެ. |
ކިޔުންތެރިންގެ ޚިޔާލް
ރ . އުނގޫފާރު މިތުރު