އަންގާރަ, 29 ޑިސެމްބަރ 2009 20:47
ޕާޕަލް ގާރޑަން ޕޮލިސް ކަޕް 2009 ނިންމުމުގެ ރަސްމިޔާތު ބާއްވައިފި

ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީ އާއި ދިމާކޮށް ސްކޫލްތަކުގައި ތަޢުލީމް ހާޟިލްކުރަމުންދާ ދަރިވަރުންނަށް ހުޅުވާލައިގެން ނ.އަތޮޅު ޕޮލިސް ސްޓޭޝަނުން ބާއްވާ ފުޓްބޯޅަ މުބާރާތް ''ޕާޕަލް ގާރޑަން ޕޮލިސް ކަޕް 2009'' ނިންމުމުގެ ރަސްމިޔާތު މަނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބާއްވައިފިއެވެ. މިމުބާރާތުގެ 13 އަހަރުންދަށުގެ ފައިނަލް މެޗުގައި ޖުވެނައިލް ތަގްސް އާއި ބައްދަލްކޮށް 2 ލަނޑު 01 ލަނޑުން މެޗް ކާމިޔާބުކުރީ އެފް.ޓީ ބަބުރުއެވެ. 16 އަހަރުން ދަށުގެ ޢުމުރު ފުރައިގެ ފައިނަލްގައި އެފް.ޓީ ބަބުރު އާއި ޖުވެނައިލްތަގްސް ބައްދަލްކޮށް 01 ލަނޑު 00 ލަނޑުން މެޗް ކާމިޔާބުކުރީ ޖުވެނައިލްތަގްސްއެވެ.

 މުބާރާތް ނިމުމުން މުބާރާތުގެ ޗެމްޕިއަންޓީމްތަކަށް ތައްޓާއި އިނާމާއި ވަނަވަނައަށް އައި ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި މެޑްލްއާއި މުބާރާތް ބޭއްވުމުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވީ ޝަރަފް ވެރިމެހެމާން ޙުސައިން ސުހައިލް އާއި މަނަދޫގެ ފުޓްބޯޅައަށް އެކިޚިދުމަތްތައް ކުރަށްވާފައިވާ ފަރާތްތަކުންނާއި ޕޮލިސް ކޯޕްރަލް އަޙްމަދު އާޠިފް އާއި މަނަދޫ ޕޮލިސް ސްޓޭޝަން ފުޓް ބޯޅަ ޓީމްގެ މެނޭޖަރ ޢަބްދުލްޤަފޫރު އެވެ.

މިމުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންޓީމަކީ އެފް.ޓީ ބަބުރުއެވެ. 16 އަހަރުންދަށުގެ ޗެމްޕިއަންޓީމަކީ ޖުވެނައިލްތަގްސްއެވެ. 13 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޖުވެނައިލްތަގްސް  09 ނަމްބަރ ޙުސައިން ނާއިފްއެވެ. 16 އަހުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޖުވެނައިލްތަގްސްގެ 08 ނަމްބަރ މުޙައްމަދު ޖޫދުއެވެ.

މިއީ މަނަދޫގައި ބޮޑުޗުއްޓީ އާއި ދިމާކޮށް ނ.އަތޮޅު ޕޮލިސް ސްޓޭޝަނުން ބޭއްވި 04 ވަނަ ފުޓްބޯޅަ މުބާރާތެވެ.

މިލިޔުމާއިގުޅޭ އިތުރު ފޮޓޯތައް: