|
ބުދަ, 23 ޑިސެމްބަރ 2009 08:58 |
|
ޕާޕަލްގާޑަން ޕޮލިސް ކަޕް: ބޮޑުތަފާތަކުން ބަބުރު އަތުން ވައިޑް ބަލިވެއްޖެ |
މަނަދޫގައި ކުޑަކުދިންގެ މެދުގައި މިހާރު ކުރިއަށްދާ ޕާޕަލް ގަރޑަން ޕޮލިސް ކަޕް ގައި ޑިސެމްބަރ 21 ވަނަދުވަހު 13 އަހަރުން ދަށުގެ ގުރޫޕްގައި އެފް.ޓީ ބަބުރާއި ވައިޑް ބައްދަލްކުރި މެޗް 8 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ބަބުރު ކާމިޔާބުކޮށްފިއެވެ.
މިމެޗްގެ މޭން އޮފްދަ މެޗަކަށް ހޮވުނީ އެފް.ޓީ ބަބުރުގެ 15 ނަމްބަރ ފާއިޤް ނައީމެވެ. ބަބުރު ވަނީ ކުޅު ދެ މެޗުން މޮޅުވެ 6 ޕޮންޓާއި ފައިދާ 10 ގޯލާއިއެކު ގުރޫޕްގެ 1 ވަނަ ކަށަވަރުކޮށްފައެވެ. ވައިޑް މިހާރު އޮތީ ކުޅު ދެމެޗުން ބަލިވެ ގުރޫޕްގެ ފުލުގައެވެ. މިމުބާރާތައިގައި މިއަދުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިގުރޫޕްގެ ދެޓީމް ކަމަށްވާ ޔުނައިޓެޑް ބޯހުރާ އާއި ޖުވެނައިލް ތަގްސް ބައްދަލްކުރާ މެޗެވެ.
|
ކިޔުންތެރިންގެ ޚިޔާލް