| ހުކުރު, 18 ޑިސެމްބަރ 2009 00:19 |
| ޕާޕަލް ގާރޑަން ޕޮލިސް ކަޕް 2009 ފެށުމުގެ ރަސްމިޔާތު ބާވައިފި |
ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީ އާއި ދިމާކޮށް ސްކޫލްތަކުގައި ތަޢުލީމް ހާޟިލްކުރަމުންދާ ދަރިވަރުންނަށް ހުޅުވާލައިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ބާއްވާ ފުޓްބޯޅަ މުބާރާތް ''ޕާޕަލް ގާރޑަން ޕޮލިސް ކަޕް 2009'' ފެށުމުގެ ރަސްމިޔާތު މަނަދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ބާއްވައިފިއެވެ. މިމުބާރާތް ފެށުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ނ.އަތޮޅު ކައުންސެލަރ އަލްފާޟިލް މުޙައްމަދު މާހިދު މޫސާ ފުޅުއެވެ. މުބާރާތް ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ސްކޫލް ކުދިންނަށް އަމާޒްކޮށްގެން ބޮޑު ޗުއްޓީ އާއި ދިމާކޮށް ފުލުހުން މިމުބަރާތް މަނަދޫގައި ބާއްވަމުންދަތީ އެކަން ފާހަގަކޮށް ފުލުހުންނަށް ޝުކުރު އަދާކުރިއެވެ. އަދި ކުޅިވަރަށްދޭ ސަމާލުކަން ކިޔެވުމަށް ދިނުމަށާއި ސްކޫލްގެ ޤަވާޢިދުތަކަށް ހުރުމަތް ތެރިކޮށް ހިތުމަށް ގޮވާލެއްވިއެވެ. މިރަސްމިޔާތުގައި މަނަދޫގައުހުރި ސަރުކާރުގެ އިދާރަތަކުގެ ވެރިންނާއި މުބަރާތުގައި ބައިވެރިވިޓީމްތަކުން ބައިވެރިވިއެވެ. މިމުބާރާތް ފެށުމުގެ ގޮތުން ބައްދަލުކުރީ 16 އަހަރާއި 13 އަރާއި ދެމެދުގެ ދެޓީމްކަމަށްވާ އެފް.ޓީ ބަބުރާ އާއި ވައިޑް މިމެޗް 2ލަނޑު 0 ން ކާމިޔާބުކުރީ އެފް.ޓީ ބަބުރުއެވެ. މިމެޗްގައި ދެލަނޑުވެސް ޖެހީ އެފް.ޓީ ބަބުރުގެ ޖޯޒީ ނަމްބަރ 07 މުޙައްމަދު މަމްދޫޙްއެވެ. މިމެޗްގެ މޭން އޮފްދަމެޗަކަށް ހޮވުނީވެސް މުޙައްމަދު މަމްދޫޙްއެވެ. މިމެޗް ނިމުމުން ކުޅުދެޓީމަށް ޕާޕަލް ގާރޑަން ރެސްޓޯރެންޓުން ހުށަހެޅި އިނާމް ހަވާލުކޮށްދެއްވީ ނ.އަތޮޅު ކައުންސިލަރ އަލްފާޟިލް މުޙައްމަދު މާހިދުއެވެ. މިމުބަރާތުގައި 2009 ޑިސެމްބަރ 18 ވަނަދުވަހު ބައްދަލްކުރަން ހަމަޖެހިފައިވަނީ 13 އަހަރުން ދަށުގެ ގުރޫޕްގެ ދެޓީމް ކަމަށްވާ އެފް.ޓީ ބަބުރާއި ޔުނައިޓެޑް ބޯހުރާއެވެ. މިމުބާރާތުގެ ސަބަބުން ކުދިން އުޅުމަށާއި އަހުލާޤަށާއި ނަމާދުކުރުމަށް ރަނގަޅު ބޮޑުބަދަލެއް އަންނަކަން ބެލެނިވެރިންނާއި ސްކޫލުން ފާހަގަކުރެއެވެ. |
ކިޔުންތެރިންގެ ޚިޔާލް