| ބުރާސްފަތި, 03 ޑިސެމްބަރ 2009 02:03 |
| މަނަދޫލައިވްއިން ބޭއްވި ކުޅިވަރު މުބާރާތްތަކަށް އިނާމު ޙަވާލުކޮށްފި |
މިއަހަރުގެ އަޟްހާ ޢީދުގެ މުނާޞަބަތުގައި މަނަދޫލައިވް އިން އިންތިޒާމްކޮށް ބޭއްވި މުބާރާތްތަކުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ. މިރަސްމިއްޔާތު ބޭއްވުނީ މަނަދޫ ޒުވާނުންގުޅިގެން ޢީދު ފާހަގަކުރުމަށް މަނަދޫ ބަނދަރު ސަރަޙައްދުގައި ތައްޔާރުކޮށްފައިވާ ސްޓޭޖްގައެވެ. މަނަދޫ ލައިވްއިން ބޭއްވި މުބާރާތްތަކުގެ ތެރޭގައި މަސްރޭހުން އެއްވަނަ ހޯދާފައިވަނީ ހަސަން އަހުމަދުގެ ''ޓައިޓޭނިކް'' އެވެ. އަންހެނުންގެ ފޯރިގަދަ ވާދެމުމުގެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޒުލްފާ ޢަބްދުލްޙަކީމްގެ ''ގަދަހިފުން'' ޓީމެވެ. ފިކަޕް ކޮށްޕުމުން އެއްވަނަ ހޯދީ މާޖިދާ ޢަބްދުއްރަހީމްގެ ޓީމެވެ. ''މަނަދޫ ލައިވް އެނބުރޭކޯ ރޭސް 2009 '' ގައި މުޅިއެކު ފަސްޓީމް ބައިވެރިވެގެން ފުރިހަމަ އެއްވަނައެއް ހޯދާފައިވަނީ އަހުމަދު އިރުޝާން އާއި އަހުމަދު ނާފިޒުގެ ''ގޮށްރީނދޫ'' ޓީމެވެ. މިމުބާރާތްތަކަށް މަނަދޫލައިވް އިން ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މީގެއިތުރުން ބިކިރީ ކެފޭން ނާއި، ޕާޕަލްގާޑްން ރެސްޓޯރެންޓުން ފައިސާގެ އިނާމުގެ އިތުރުން ތަފާތު އެހެނިހެން އިނާމުތައްވެސް ހުށަހަޅާފައި ވެއެވެ. މުބާރާތްތައް ކުރިއަށް ގެންދިއުމުގައި ބިކިރީކެފޭއިން ވެދެއްވި އެހީތެރިކަމާއި، އެއްބާރުލެއްވުން މަނަދޫލައިވް ޓީމުން ފާހަގަކޮށް އެކަމަށްޓަކައި ބިކިރީކެފޭ ހިންގުންތެރި ޒުވާން މެނޭޖްމަންޓަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އެނބުރޭކޯ ރޭސް 2009 މުބާރާތުގެ އިތުރުފޮޓޯތައް: |
ކިޔުންތެރިންގެ ޚިޔާލް