އާދިއްތަ, 07 ފެބްރުއަރީ 2010 06:20
ތިނަދޫ މީހުން ބޭލި ހާދިސާއާއި ގުޅިގެން ޖަލްސާބާއްވާއިރު: އެކަމުގެ ދެ-ކޮޅު


އަބްދުﷲ ޝަފީގް އަލީ –

ނާސިރުގެ ފަރާތުން ތިނަދޫ މީހުންނަށް އަނިޔާލިބުނެވެ. ތިނަދޫ މީހުންގެ އަމަލުން ދިވެހިރައްޔިތުންނަށްވެސް 'އަނިޔާ' ލިބުނެވެ.

އަހަރުމެންގެ ދިވެހިރާއްޖެއަކީ އެހެން އެއްވެސް ގައުމަކާ އެއްފަސްވެ، އިންފާރާ މެދު އަރާރުމެއް އުފެދޭ ވަރަށްވުރެ ސާފުކޮށް، އެއް ގައުމެއްގެ ގޮތުގައި ގުދުރަތީގޮތުން އަތުރާލެވިފައިވާ ރައްތަކުގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔެކެވެ. މިއަށްވުރެ ވަކިން ލިބޭނެ ބޮޑު ނަސީބެއް ކޮބައިތޯއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ދިމާވެގެން އުޅޭ ކަހަލަ ނަސްލީ ތަފާތުތަކާއި، ދަރިކޮޅުގެ މައްސަލައާއި، ޖެހިގެން އިންވެގެން އޮތް ގައުމެއްގެ އިންފާރުގެ ސަރަހައްދުތަކުގެ މިލްކުވެރިކަމުގެ މައްސަލަތަކަކީ އަހަރުމެން ދިވެހިން ދުވަހަކުވެސް އަޑުވެސް އެހި ކަންތައްތަކެއްނޫނެވެ. އެއީ ތިނަދޫ ބަގާވާތާ ހަމައަށެވެ.

ތިނަދޫ އިސްވެ އޮވެ، ދެކުނުގެ އަތޮޅުތަކެއް ރާއްޖޭގެ ވެރިކަމުން ވަކިވެ، އަމިއްލަ ދައުލަތެއް ހެދުމަކީ އޭރުގެ ސަރުކާރަށް އެއްގޮތަކަށްވެސް ހަޖަމުކުރޭވެނޭ ކަމަކަށްނުވާއިރު ދިވެހިރައްތިޔުންނަށްވެސް ހަޖަމު ކުރެވޭނެ ކަމެއްނޫނެވެ. މަގޫދަނޑި ސަރުކާރު ނުވަތަ ޔުނައިޓެޑް ސުވާދީބް އައިލެންޑުގެ ނަމުގައި، ހެދި ސަރުކާރުގެ ވެރިރަށަކީ ތިނަދޫކަމަށް ބަލައިގެން، އިނގިރޭސިންގެ އެހީ އާއި އެކު ކުރި އަމަލަކީ ދިވެހިރައްޔިތުންގެ މޫނުމަތީގައި އަޅާވިހެލި ވަރުގަދަ ތަފާލެކެވެ. ދެކުނުގެ ހަތަރު އަތޮޅުފިޔަވައި ދެން ހުރި އަތޮޅުތަކާއި މާލޭގެ ރައްޔިތުންނަށް ލިބުނު ނަފްސާނީ އަނިޔާއެކެވެ.

ތިނަދޫއިން މީހުން ބޭލުމަށް ނާސިރު ބޭނުންކުރި ހުރިހާ އަމަލަކީ އަހަރެންވެސް ތާއިދުކުރާ ކަންތައްތަކެއްނޫނެވެ. އެކަމަށް ސަޕޯޓްކުރަނީއެއްވެސްނޫނެވެ. ނަމަވެސް އެކަންތައް އެހިސާބަށް ދިއުމުގައި ތިމާމެންގެ އިހުމާލަކީ ކޮބައިބާވައޭ ހިތަކަށް ނާރާ ހެއްޔެވެ. ސްރީލަންކާގެ ވަކިވެ ގަންނަން މަސައްކަތްކުރި ޓައިގަރުންގެ ދުވަސް ދުއްވާލުމަށް، އެމީހުންގެ ކިބައިން ސްރީލަންކާ ސަލާމަތްކުރުމަށް ހަނގުރާމަކުރި ލަންކާގެ ސިފައިންނާ، ރައީސް ރާޖަޕްކްސާ އަށްވެސް މިއަދު ފާޑުކިޔާ މީހުންނާއި ތައުރީފް ކުރާ މީހުން ވެއެވެ. ޓައިގަރުންގެ އާއިލާތަކުން އެކަމުގެ ހަނދާނުގައި ޖަލްސާއެއް ބާއްވާ ނަމަ މުޅިންވެސް އިވޭނީ ރާޖްޕަކްސާގެ އަނިޔާވެރިކަމުގެ ވާހަކައެވެ. އެފަދަ ޖަލްސާއެއް ސިންގަޅައިން ބާއްވައިފިނަމަ އިވޭނީ ޓައިގަރުންގެ ސަބަބުން ގައުމަށް ލިބުނު ނިކަމެތިކަމާއި ގެއްލުމުގެ ވާހަކައެވެ. ގުދުރަތީ ގޮތުން ވަކިން އޮތް ސްރީލަންކާ ބައިކުރަން ކުރި ވިޔާނުދާ އަމަލުގެ ވާހަކައެވެ. ހަމަ މިގޮތަށް ތިނަދޫ މީހުންގެ ތި އަމަލަށް ހިތްހަމަ ނުޖެހޭ ބަޔަކު އެއްވުމެއް ބާއްވައިފިނަމަ ތިޔަބޭފުޅުންވެސް އަޑުއަހަން އުނދަގޫ އެހެނަސް ހަގީގީ ވާހަކަތަކެއް އަޑުއަހަން ޖެހޭނެކަމެވެ.

މިހާރު ލިބިފައިވާ ހިޔާލުފާޅުކުރުމުގެ ހައްދެއްނެތް މިނިވަންކަމުން ކޮންމެ ބަޔަކުވެސް ބޭނުން ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް ފުރަތަމަ ބަލަންވީ ގައުމުގެ މަސްލަހަތެވެ. ފިތުނަ ފަސާދައަށް މަގުފަހި ނުކުރުމެވެ. ބަލަންވީ ތިމާއާއި ތިމާއަށް ތާއިދުކުރާ މަދުބަޔަކު ދައްކަން މަސައްކަތްކުރާ ކުޑަމަންޒަރެއްނޫނެވެ. ދެން ތިބި އާއްމު ރައްޔިތުން ބަލަންބޭނުންވާ ބޮޑު މަންޒަރެވެ. މިހާރަކަށް އައިސް ބާއްވަމުންދާ މިފަދަ އެއްވުންތަކާއި، ނޫސްވެރިންނަށް މައުލޫމާތުދޭން ބާއްވާ ބައްދަލުވުންތައް ބޮޑަށް ސިފަވަނީ ކޮންމެވެސް ބަޔަކު މަޝްހޫރުވާން،
ސަމާލުކަން ހޯދުމަށް ކުރަމުންދާ މީޑީއާ ސްޓަންޓުތަކެއްގެ ގޮތުގައެވެ.

ތިނަދޫ ބަޢާވާތުގެ ނުވަތަ ތިނަދޫއިން މީހުން ބޭލި ހާދިސާއަށް އަހަރުތަކެއް ފުރިގެން ޖަލްސާއެއް ބާއްވަނީ އެކަމުގައި އަނިޔާ ލިބުނު އާއިލާތަކުގެ ވޭނަށް ޝިފާއެއް ހޯދުމަށްކަމަށްވާ ނަމަ، ތިނަދޫ އިސްވެ އޮވެ ކުރި ތިނަދޫ ބަޢާވާތުގެ ސަބަބުން ދިވެހި ސަރުކާރުތަކާއި އެދުވަސްވަރު ރާއްޖޭގައި އުޅުނު ކުދިބޮޑު އެންމެނަށް ލިބުނު ޝޮކް އަދިވެސް ނުފިލައެވެ. މިކަމުގެ ވަރަށް ގިނަ މިސާލު ދެއްކިދާނެއެވެ. އުތުރުގެ ރަށްރަށުގެ މީހުން ދެކުނުގެ އަތޮޅުތަކުގެ މީހުންނާ މެދު ދެކޭގޮތް ބަދަލުވި ހާދިސާއަކީ އެ ހާދިސާއެވެ. މިހާރުވެސް އެ ފަދަ ޖެހިލުންވުމެއް އޮންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އެދުވަސްވަރުގެ ސަރުކާރުތަކާއި، އޭގެފަހުން ރާއްޖޭގެ ކޮންމެ ރައީސަކުވެރިކަމަށް އަޔަސް ދެކުނު އަތޮޅުތަކުގެ މީހުން ހިތްރުއްސުމަށް ކުރަމުންދާ މަސައްކަތްތަކަކީ، ސަރުކާރަށް ލިބިފައިވާ އަނިޔާގެ ފާރުގަނޑު ފަސޭހަނުވާ ކަމުގެ ހެއްކެކެވެ. ކުރީގެ ރައީސް މައުމޫންގެ  30 އަހަރުގެ ވެރިކަމާއި، ރައީސް ނަޝީދުގެ މިހާރު ހިނގަމުންދާ ވެރިކަމުގެ ތެރެއަށް ނަޒަރު ހިންގާލުމުން މި ހަގީގަތް ކިތަންމެ ރަނގަޅަށްވެސް ފެނެއެވެ. ވަޒީރުންގެ މަޖްލީހުން ފެށިގެން ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައާއި ރިޔާސީ ކެމްޕޭނުގެ ވައުދުތަކުގައި، ދެކުނުގެ ހަތަރު އަތޮޅަށް ދޭ ސަމާލުކަމުގެ ތިލަފަތް ކިތަންމެ ބަރުވެފަ އޮތަސް، ބާކީ ތިބި ރާއްޖޭގެ ކަންކޮޅުތަކުން އެ ވާހަކަ ނުދައްކަނީ މަސްލަހަތަށް ބަލާފައެވެ. އެ މަސްލަހަތު ނަގާލުމަށް ފޫގަޅައިގެން ބަޔަކު ނިކުމެއްޖެ ނަމަ ފައިސާފޮތީގެ އަނެއްފުށް ދައްކަން ނިކުންނާނެ ބަޔަކުވެސް ތިބޭނެކަމީ މިހާރު ލިބިފައިވާ ހިޔާލުފާޅުކުރުމުގެ ހައްދެއްނެތް މިނިވަންކަމުން، ނިކުމެދާނެ ނަތީޖާއެކެވެ.

މިފަދަ ދުވަހެއް އަތުވެއްޖެ ނަމަ މިއީ ވަރަށް ބޮޑު ފިތުނަ ފަސާދައަކަށްވެ، ހީނުކުރާ ފަދަ ބިރުވެރި ނަތީޖާތަކެއް ނިކުމެދާނެއެވެ. ދިވެހިރާއްޖެ ކޮންޓްރޯލް ކުރަން ޖެހޭނީ އުތުރުގެ ހަތަރު އަތޮޅުތަކެއްނޫން ކަމާއި، ބޮޑުތިލަދުންމަތި އެކަނިވެސް އެކަމަށް މާ ތަސައްރަފު ފުދޭ ކަމަށް ބުނެ ނިކުމެއްޖެ ނަމަ ދެން މިގައުމަށް ސުލްހަ މަސަލަސްކަން ވައްސަލާމެވެ.

 

އޭރުގެ ހަވަރު ތިނަދޫގެ ކަޅާއި ހުދުގެ ބައެއް ފޮޓޯތައް:

 

 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
އިބްރާހީމް ނާސިރުގެ ވެރިކަމުގައި ހަތިޔާރާއެކު ގޮސް އިބްރާހީމް ނާޞިރުވެސް ހުންނަވައިގެން ތިނަދޫގައި އެއްވެސް ހަތިޔާރެއް ނެތް ބައެއްގެ ތެރެއަށް ބަޑިޖަހައި އެރަށަށް އަރައި ގެދޮރު އަންދާ އަށެއްކަހާސް ރައްޔިތުން ނިކަމެތި ގޮތުގައި ރަށުން ބޭރުކޮށްފައިވަނީ، ލިޔުންތެރިޔާ ދެކިލައްވާ ގޮތުގައި ދެކުނުގެ ހަތަރު އަތޮޅުގެ މީހުން ވަކި ސަރުކާރެއް ހަދައިގެންނެވެ. ދެރައީ އެވިދާޅުވާ ސަރުކާރެއް އެމީހުން ހަދަން ޖެހުނު ގޮތުގެ މައްޗަށް މިލިޔުމުގައި އެއްވެސް ވަރަކަށް އަލިއަޅުވާލާފައި ނެތުމުންނެވެ. ތާރީޚުގެ ތެރެއިން އެކަމުގެ މައްޗަށް ލިޔުންތެރިޔާ ބައްލަވާލައްވައިފިނަމަ، އެކަމުންވެސް ފެންނާނީ ނާޞިރުގެ އަނިޔާވެރިކަން ނޫން އެހެން އެއްޗެއް ނޫނެވެ. ކުޑަކުޑަ އެންމެ ކަމެއް ދަންނަވާލާނަމެވެ. ދެކުނުގެ ހަތަރު އަތޮޅުގެ މީހުން، އެމީހުން ބާނާ މަސް އެމީހުންގެ އުޅަނދުފަހަރުގައި އެކްސްޕޯޓްކޮށް މުދާ އެތެރެކޮށް ހަދަމުން ދިޔަ ދިއުން ސަރުކާރުން ހުއްޓުވާ، އެމީހުން ބާނާމަސް ވަރަށް ކުޑަ އަގެއްގައި ސަރުކާރަށް ވިއްކަން މަޖުބޫރު ކުރިކުރުން މިއީ ކުޑަކުޑަ އެންމެ ކަމެކެވެ. މިއަދުގެ މިނިވަން ޒަމާނުގައި މުވައްޒަފުންގެ މުސާރައިން 15 އިންސައްތަ އުނިކުރުމުން ރައްޔިތުން އުޅޭވަރެއް ބަލާބަލާށެވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތި ލިޔުމަށް އަޅުގަނޑު ވަރަށް ބޮދަށް ތާއީދު ކުރަމެވެ. ސަބަބަކީ، ރާއްޖެ ވެރިކަންތައް ކުރީގައި ކޮށްފައިވަނީ އިންސާފުވެރި ގޮތަކަށް ނޫނެވެ. ނަމަވެސް ކޮންމެ ސަރުކާރަކަށްވެސް ބޭނުންތެރި ބަޔަކު ތިބޭނެއެވެ. އެ ސަރުކާރަކުން އެ ބަޔަކަށް އިނާޔަތާ ބޮޑު މުސާރައާ އެހެނިހެންވެސް ގޮތްގޮތުން އެހީތެރިވެދޭނެއެވެ. ހަމަ އެފަދައިން އިއިރު އޮންނަ ސަރުކާރަކަށް ހުޝާމަދުކޮށް ތާއީދު ކުރާ ގިނަ ބަޔަކުވެސް އުޅޭނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ތާރީޚް އޮޅުވާލައިފައި ވުމެވެ. ރަންނަމާރީގެ ވާހަކައެވެ. ސަރަންދީބުން އައި ޖަންގައްޔަށް މަލެއްފަދަ ކޮއެގެ ވާހަކަ އެވެ. މިހެން ގޮސް ކިތަންމެ ވާހަކައެކެވެ. ވީމާ، ވެ ނިމިފައިވާ ކަންކަމުން ބަދަލު ހިފުމުގެ ޚިޔާލު ދޫކޮށް، ގެއްލުން ލިބި ހިތާމަ ލިބިފައިވާ މީހުންނަށް ހަމްދަރުދީ ވެގެން މަޝްރަޚު އިތުރަށް ހޫނު ވިޔަ ނުދީވޭތޯ މަސައްކަތް ކުރުން ބުއްދިވެރިވާނެއެވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
ދެކުނުގައި ހެދުނު ސަރުކާރުގެ ވެރިރަށަކީ ތިނަދޫ ކަމަށް ލިޔެފައިވާތީ ހިތާމަކުރަން ވެރިރަށަކީ ތިނަދޫއެއްނޫން އަނެއްކާ ސަރުކާރުހެދީމަ ހެދިވާހަކަދައްކަންވީ ލިބުނުގެއްލުމާއި ހިތާމަ ކޮބާ ސަރުކާރުހެދުމުގެކުރީންވެސް ހިތާމައާއި ހިތްދަތިކަންލިބެންފަށައިފި ސަރުކާރުހެދީ އެހެންވެ!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ލިޔުންތެރިޔާގެ އިބާރާތުން ހީވާކަހަލަ ނާސިރު އާއި އެއްކޮށް ތިނަދޫ އަށް އައިސް ތިނަދޫގެ އެބުނާ ހުޓުކޮޑޭ މިސްކިތުގައި އަންހެންކުއްޖާ ...ކުރީ ލިޔުންތެރިޔާ ހެންނެވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިކަމުގެ އަސްލު ހޯދުމަށް ގައްދޫގެ މީހުންނާވެސް ވާހަކަދެއްކުން އެދެން.... މުޅިހުވަދު އަތޮޅުގައިވެސް ދިވެސަރުކާރާ އެއްކޮޅު ރަށަކަށް އޮތީ ގައްދޫ. މުޅި އަތޮޅުގެ ހުރިހާރަށަކުން (ހަވަރު) ގައްދުއަށް ގޮސް ގައްދޫ ލޫޓުވައި ، މިހުންމަރައި ، އޮޑިދޯނިފަހަރު އަންދައި، ގޭގޭގެ ފުރާޅާހިފާގެންގުޅޭސާ މާނާ މީހުންގެ މުދާ ގެންދިޔަކަން ނޭގެނީތަ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އޭރުގެ ސަރުކާރުގެ ފަރާތުން ތިނަދޫއަށް އެތައް ފަހަރެގެ މަތިން ދިޔަ މީހުން މަރާ އަނިޔާކޮށް އަދަގޮނޑި ޖެހީ އެ އީ ހަމަ ތިނަދޫގައި ތިބި ނިކަމެތި ރަތްޔިތުން ކުރިކަމެށް، މަރުވެގެން ދިޔަ މިޙޫންގެ އާއިލާތައް ނިކަމެއްޗެއް ނުވޭދޯ؟ މިހާރު ތިޖެހެނީ މަހާނަ މައްޗަށް މަޑިއަކަށް، ނާސިރު މަރުވަން ދެކަށް މިހުރިހާދުވަހު ތިނަދޫ މީހުން މަޑުން ތިތިބީ ކޮންބޭނުމެއްގައިބާ؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...