| ބުދަ, 03 ފެބްރުއަރީ 2010 23:39 |
| އެންމެ ފަހުން ފެލިވަރު މުވައްޒަފުންނަށްވެސް ދަތިކުރުމާއި ފިއްތުން ...... |
|
ފެލިވަރު މުވައްޒިފެއް - ޒަމާނުއްސުރެވެސް ފެލިވަރަކީ ތަފާތުގިނަ ރަށްރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތްކުރަމުންދާ ދަޅުގައި މަސްބަންދުކުރަމުންދާ ކާރުޚާނާއެކެވެ. އަދި ވޭތުވެގެންދިޔަ ދިހަވަރަކަށް އަހަރަކީ އަވަށްޓެރި މިރަށްރަށުގެ މުވައްޒަފުންނާ އެހެނިހެން ރަށްރަށްށުގެ މުވައްޒަފުން ސަލާންގަލާންކޮށް އެއްބަނޑު އެއްބަފާ ކަހަލަ ބަދަހި ގުޅުމަކަށް ބަދަލުވެފައިވާ އަހަރުތަކެކެވެ. މިކަން ޚުދު ފެލިވަރާއި މިފްކޯގެ އޭރާއި މިހާރުގެ މުވައްޒަފުންނާއި ބޮޑެތިބޮޑެތިންވެސް ހިތްހަމަޖެހުމާއި އުފަލާއެކު ޤަބޫލުކުރާނޭކަން ޔަޤީނެވެ. މިރަށްތަކުގެ މެދުގައި އުފެދިފައިމިވާ ލޯތްބާކުލުނު ، އަޚުވަތްތެރިކަމާއި ގާތްކަން ކަނޑުވާލާ ވަސްފިލުވާލުމަށް މިހިނގާ އޯގާތެރި ބޮޑުވަރިހަމަ ' ހެޔޮ ' ސަރުކާރުން މީގެ ދެތިން ހަތަރު ދުވަހެއްކުރީން މެކުހައްޖަހާފިއެވެ. ކުއްލިއަކަށް މިފްކޯގެ ހެޑުއޮފީހުން ނުކުތް ޢާންމު އިޢުލާނުގައިވާގޮތުން މިހިނގާ ފެބްރުއަރީ 2010 ، ގެ 1 ވަނަ ދުވަހުން ފެށިގެން ފެލިވަރުގައި މަސައްކަތްކުރާ ކައިރި ރަށްތަކުގެ މަހު ( ކޮންމެމަހަކުވެސް ކުރާ ދަތުރު ) ވަނީ ކެންސަލްކޮށް އެދަތުރުތައްކުރުން ހުއްޓާލާފައެވެ. އެނގޭތަ. އެރަށްރަށުގެ ދެރަނިކަމެތި އާއިލާތަކުގެ އަންހެން ފިރިހެން ކުދިން ފެލިވަރަށް އައިސް ވަޒީފާއަދާކުރަމުން ގެންދަނީ ގުލާނު ކޮށްދޭ އުސޫލުން ބޮޑެތި ....އިންނޭ އެކިޔާ ....އިން ބުނިއްޔާ ބުނިކަމެއްކޮއްދީގެން ބުނިގޮތަކަށް ހަދާގެން ބުނާހާ ހަމަ ކޮންމެ ކޮންމެ ވަގުތެއްގައެވެ. މިމީހުންނަށް އެނގޭބާ ނިކަމެތި އެކުދިން އައިސް އެތިބީ މައިންނާ ބަފައިންގެ އިތުރުން ލޯބިވާ ދަރިފުޅުވެސް ދޫކޮއްލާފައިކަން. މިސަރުކާރުގެ އޯގާތެރިކަން މިހިރަގެން ހަމަ ފެންނަމުން ފެންމަތިވަމުންދަނީއެވެ. ފެލިވަރުގައި އެކުދިން މަސައްކަތްކުރަމުން އެގެންދަނީ ރެޔާއިދުވާލު ކަހަލައިން. ޖެޓީ މަތި ބަލާލިކަމުގައިވިޔަސް ކޭނެރީ ބަލާލިކަމުގައިވިޔަސް ދެން މިހެންގޮސް ބަލާލިހަމަކޮންމެ ދިމާއަކުންވެސް ފެންނާނީ އެދެރަ ނިކަމެތި ވޯކަރުން ގަނޑު. އެއްކަލަ ބޮޑެތި ބައިގަނޑު މަޖާނަގަނަގާފައި ދެފަރާތަށް ހިނގާލަހިނގާލަ ތިބެފައި ދެންދާނީ ބޮޑު އުނދޯލިގޭން ބޮޑުގަސްދޮށު ޖޯލިތަކަށް. ދެން އެނިމުނީ. ކުރާހާ ބުރަ،ހަޑި މަސައްކަތެއްވިޔަކަސް އެކުރަނީ ހަމަ އެއްކަލަ މިކުދިންނެވެ. ފެލިވަރު ނޫނީ މިފްކޯގެ ކުރެޑިޓަކީވެސް ހަމަ މިކުދީންނެވެ. އެކުދީން ރަތްދަކަ އަވީގައާއި ފިންޏާއި ވާރޭގައި އެކުރާހާ މަސައްކަތެއް އެކުރަނީ އެކުދިންގެ ޢާއިލާ ބަނޑުމުއްތި ކުރުމުގެ މާތްމަޤުސަދުގައި ލިބޭ ކުޑަކުޑަ ފައިސާކޮޅެއްގެ ބޭނުމުގައި ކަން މިދެބޯގެރިންނަށް ހަމަ ނުވިސްނެނީބާ؟ އެނގޭތަ. އެކުދިން ޢާއިލާއާއި ބައްދަލުކުރުމަށް ރަށަށްދަނީ އެމަހުގެ 4 ހުކުރު ހިލޭސާބަހަށް ( ފައިސާނުލިބޭގޮތަށް ) މަސައްކަތްވެސް ކޮއްފައެވެ. އެއީ އާދީއްތަ ( ރަށަށްދާދުވަސް ) ދުވަހުން ފެށިގެން ބުދަ ދުވަސް ( އެނބުރި ގުލާނުކުރަން އަންނަދުވަސް ) އާއި އެކު 4 ދުވަހެވެ. މީގެ އެންމެ ބޮޑު ހެއްވާކަމަކީ މިކަމުގައިވެސް މިއުޅޭ އޯގާތެރި ހިތްހެޔޮ ރައްޔިތުންގެ ވެރިކަންކުރާ މޯލްޑިވިއަން ޑައިވިންޕާޓީ ( ޕާޓީގެ ނަން ދެން ބަދަލުވާނެނަން ) ނުވަތަ ގޮށްރީނދޫ ބައިގަނޑު ވެރިކަމޯ ހިންގާ ސަރުކާރުން ސިޔާސީ ކުލަ ވަރަށް ބޮޑަށް ޖައްސާފައިވާތީއެވެ. ބައްލަވާ.. މަހު ދަތުރު މުޅިން ހުއްޓާލާ ކަނޑާލި ރަށް ތަކަކީ މުޅިންވެސް ޑީ އާރު ޕީ ސައްތަ ކާމިޔާބު މިހާރުވެސް ކުރިންވެސް ހޯދަމުން ދާ ރަށްރަށެވެ. އެއީ ދުވާފަރު ، ދަރަވަންދޫ ، ވާދޫ ، ހުޅުދުއްފާރު ، އުގޫފާރު މިރަށްރަށެވެ. ނިމިދިޔަ މަޖިލީސް އިންތިޙާބުގައިވެސް މިގޮނޑިތަށް ކާމިޔާބު ކޮށްފައިވަނީ ޑީއާރުޕީ އަޙުމަދު ތަސްމީން ޢަލީ އާއި ޑރ އަފްރާޝީމް ޢަލީ އެވެ. މިހިރީ ފެންނަންހުރި ޙަޤީޤަތެވެ. ދެން މީންރަށެއްގެ ކުއްޖަކު ނުވަތަ އެރަށަކަށް ނިސްބަތްވާ ބަޔަކުވިޔަސް އުފަންރަށަށް ދާންމިޖެހެނީ މަހަކު އެއްފަހަރު ކީއްކުރަން ދުވާލަކު އެއްފަހަރު ދާންވިޔަކަސް ޗުއްޓީ އޮތްނަމަ ޗުއްޓީނަގައިގެން ދޯންޏެއް ރަށަކުން ކުއްޔަށް ހިފައިގެން އެދޯންޏެއްގައެވެ. ދެން މިވާން އުޅޭ އެންމެއަވަސް ގޮތަކީ ނައިފަރު ހިންނަވަރު މުވައްޒަފުންވެސް އެބުނާ " ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލުމުން " ނަގަން މިޖެހެނީ ސީޒަން ޓިކެޓެއް. އެއީ 300 ރުފިޔާގެ ޓިކެޓެއް. ޓިކެޓް ނުނަގަންޏާ ކޮޅަކަށް 5 ރުފިޔާ ނެގުމަށް ' އާނ ފައިސާ،ބޭނުމީ ފައިސާ،ފައިސާގެ ދަހިވެތި ސަރުކާރު،ފައިސާ ފައިސާ 'މިސަރުކާރުންވަނީ ނިންމާ ހުރިހާކަމެއް ހަމަޖައްސާފައެވެ. ފެލިވަރުގައި މަސައްކަތްކުރާ އަވައްޓެރި މިރަށްތަކުގެ މުވައްޒަފުންނަށް މަޢުމޫނުގެ ސަރުކާރުގެ ހުރިހާދުވަހެއްގައި ދެމުންގެންދިޔަ މިޚިދުމަތް މިހާރުން މިހާރަށް ދިނުމަށް ގޮވާލާ މަޖިލީހުގެ ތަޅުމަށް ވެއްދުމަށް މިދެދާޢިރާގެ މެމްބަރުން ކަމުގައިވާ ތަސްމީން އާއި އަފްރާޝީމްއަށް ގޮވާލަން. މިކަންތައް ފަސޭހަކޮށްނުލައި މަޙުރޫމްކޮއްފައިވާ މިޙައްގު އެމީހުންނަށް ހޯދައިދިނުމަށެވެ. ނޯޓް: މިލިޔުން އެމްއެލްގައި ޝާއިޢުކޮށްފައި މިވަނީ ސުލޫކީ މިންގަނޑަށް ފެތޭގޮތަށް އެޑިޓްކުރުމަށްފަހު އެވެ. |
ކިޔުންތެރިންގެ ޚިޔާލް