| އަންގާރަ, 19 ޖެނުއަރީ 2010 06:55 |
| ސިޔާސީމަޤާމްތައް އިތުރުވުމަކީ ކަންބޮޑުވާކަމެއްތޯ |
|
ޒަކީ - ސިވިލްސާރވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި ، ސިވިލްސާރވިސް މުވައްފުންވަކިކުރުމާއި ، ސިޔާސީމަޤާމްތައް އިތުރުކުރުމުގެ ވާހަކައަކީ މިވަގުތު ރާއްޖޭގައި އެންމެއަޑުގަދަކޮށް ދެކެވެމުންދާ ބޮޑު ވާހަކައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިސްލާހްކުރެވި ގިނަބަޔަކުޤަބޫލުކުރާ ޑިމޮކްރެޓިކް ވެރިކަމެއް 11 ނޮވެމްބަރ 2008 ން ފެށިގެން ރާއްޖޭގައި ޤާޢިމުވެގެންއައި މިނާޒުކު ވަގުތު ރާއްޖޭގެ ވެރިޔަކަށް ހުންނަމީހެއްގެ އަތުން ގިނަބާރުތަކެއް ބީވެގެންގޮސް މިނިވަން މުސްތަޤިއްލު މުވައްސަސާތަކުގެ ބާރު ފެންމަތިވުމަކީ ޑިމަކްރަސީ ހަރުދަނާ ވަމުންއަންނަކަމުގެ ނިސާންތަކެއްކަމުގައިވެސް ގިނަބަޔަކު ޤަބޫލުކުރެއެވެ. ސިވިލްސާވިސްގެ މަޤާމްތަކަކީ ކޮބާތޯ ބަލާލަމާހިގާށެވެ. ކުރީގެރައީސުލާޖުމުހޫރިއްޔާ އޮފީހުގެ ޕަބްލިކްސާވިސް ޑިވިޜަނުން ކުރަމުންއައި ވަޒީފާދިނުމާއި، ވަޒީފާވަކިކުރުމާއި ، ވަޒީފާގެ ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ކުރުން ސިވިލްސާވިސް ކޮމިޝަނަށް ބަދަލުކުރުމުގެ މަރުހަލާގައި އެންމެފަހު ދެތިންދުވަސް ތެރޭގައި ނިމިދިޔަ ސަރުކާރުން ރެޔާއި، ދުވާލު ނުނިދާތިބެގެން ރައީސުލްޖުމުހޫރިއްޔާގެ އޮފީސްހުޅުވާފައިބަހައްޓައިގެން އަދި ނުވިތާކަށް ސިވިލްސާވިސްއަށް އެމަސައްކަތް ކުރުން ބަދަލުވީފަހުންވެސް ކުރީގެތާރީޚް ޖަހައިގެން ސަރުކާރުގެ މުވައްސަސާތަކުގެ މިހާރުގެ ސިވިލްސާވިސްކަމަށްބުނާ އިސްމަޤާމްތަކުގައިއުޅޭ ޑީ.އާރ.ޕީ ގެ ވިސްނުމުގެ މުވައްޒަފުންގެ ގިނަބަޔަކަށް ޕްރޮމޯޝަންތައް ހަދިޔާކުރީ އެއްވެސް ހަމައެއް ލަމައެއްނެތި އަމިއްލަ މައިންބަފައިންގެ ތަރިކައެއް ބަހާލިހެނެވެ. އެންމެފަހުން ޕްރޮމޯޝަންލިބި 8 މަސްދުވަސްނުވާ މުވައްޒަފުނަށްވެސް އެދަނޑިވަޅުގައި ރައީސްއޮފީހުން އަނެއްކާވެސް ޕޮރޮމޯޝަންތައް ހަދިޔާކުރިއެވެ. ނަމަވެސް މި ޕްރޮމޯޝަންތައް މަޢުމޫން ސަރުކާރުން ހަދިޔާކުރީ މެދު ފަންތީގެ މުވައްޒަފުންނަށްވުރެ އިސް މުވައްޒަފުންނަށެވެ. ޕްރޮމޯޝަނެއް ނުލިބި ދިހަ ބާރަ އަހަރު ވެފައިތިބި އާދައިގެ ނިކަމެތި މުވައްޒަފުން ހަމަ ތިބިހާލުގައި މުސާރައިގެ އެއްވެސް ކުރިއެރުމެއްނުލިބި ތިބީއެވެ. މިއީ އޮފީސްތަކުގެ ގިނަމުވައްޒަފުން ދެނެތިބި ހަޤީޤަތެވެ. މިކަމުގެބޭނުމަކީ ކޮބާކަން ތިޔަބޭފުޅުންގެ ވިސްނުމަށް ދޫކޮށްލަމެވެ. ސިވިލްސާވިސްގެ މުވައްޒަފުން ރާއްޖޭގައި އެހެން ޤައުމުތަކަށްވުރެ ނިސްބަތުން އިތުރުވާހަކަ ތަކުރާރުކޮށް ނަޝީދުގެ ސަރުކާރުން ދައްކަވަމުންދާއިރު މި ޤައުމު އުފެދިފާއޮތީ ދުނިޔޭގެ އެހެން ޤައުމުތައް އުފެދިފައިވާ ގޮތައްތޯވެސް ވިސްނާލުން މުހިންމެވެ. 200 ރަށުގައި ކޮންމެރަށެއްގައި 4 މިސްކިތް ،1 ހޮސްޕިޓަލް ، 1 ރަށުއޮފީސް، 1 ކޯޓް، 1 ސެކަންޑްރީ ސްކޫލް ، 1 ޒުވާނުންގެ މަރުކަޒް ، 1 ފެމެލީ ޕްރޮޓެކްޝަން ސެންޓަރ، އަދި ވެސް މިފަދަ ޚިދުމަތްތައް ލިބޭނޭ މުވައްސަސާތަކެއް ކޮންމެރަށެއްގައި ޤާއިމުކުރަންޖެހިފައިވާހިދު އަޅުގަނޑަށް ލަފާކުރެވެނީ އަދިވެސް ރާއްޖޭގައި ސިވިލްސާވިސް މުވައްޒަފުން އިތުރުވާންޖެހޭ ކަމަށެވެ. މުވައްޒަފުން މަދުކޮށް ޚަރަދު ކުޑަކުރުމަށްއޮތް ހަމައެކަނި ހައްލަކީ އާބާދީ އެއްފަސްކުރުން ކަމުގައިނޫނީ ނުދެކެމެވެ. ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް މިހާރު ކުޑަކުރުމުންވެސް ހަމަހަޤީޤަތުގައިވެސް މައުމޫންސަރުކާރުން ދެއްވި މުސާރައާއި އެލަވަންސްއައްވުރެ އަދިވެސް އިތުރެވެ. ނަމަވެސް ރަސްމީގަޑީގައި މަސައްކަތްކުރަންޖެހޭ ވަގުތު އިތުރެވެ. އެހެންކަމުން އިޤުތިސާދީ މިދަތި ހާލަތު ނިމުމަކަށް އަންނަންދެން މަސައްކަތުގެ ވަގުތުންވެސް ގަޑިއެއްހާއިރު މަދުކޮއްލުމަކީ އިންސާފުވެރި ރަގަޅު ފިޔަވަޅެއްކަމަށް ދެކެމެވެ. ސިޔާސީ މަޤާމް ތަކެއް ރާއްޖޭގައި އިތުރުވަމުންދިއުމަކީ ނުވެ ނުދާނޭ ކަމެއްކަމަށް ޤަބޫލުކުރަންޖެހޭނެއެވެ. ސަބަބަކީ ނިމިދިޔަ ސަރުކާރުން ރައްރަށުގެ ކަތީބުންނާއި، މުދިމުންނާއި، އަތޮޅުވެރިޔާގެ އެހީތެރިންނާއި، މުޢާވިނުންނާއި، ޑިރެކްޓަރުންނާއި، މެނޭޖަރުންނާއި މިފަދަ އެތައް މަޤާމްތަކަކީ ނިމިދިޔަ ސަރުކާރުގައި ހަމަސީދާ ސިޔާސީމަޤާމް ތަކެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ މަޤާމްތަކެކެވެ. އެކިއެކި އިންތިހާބުތަކުގެދުވަސްވަރު ކުރިންދެންނެވުނު މަޤާމްތަކުގައި ރައްރަށުގައި މަސައްކަތްކުރާމުވައްޒަފުން ސިޔާސީބޭނުމުގައި ރާޒްވާކުޅިބައެއްހެން އެކިރައްރަށައްބަދަލުކޮށް ހަދަމުންވެސް ގެންދިއުމަކީ ހަޤީޤަތެކެވެ. ނަމަވެސް މިހާރު ސަރުކާރަށް އެފަދަ ފުރުޞަތެއްނެތެވެ. އެމަޤާމްތަކަކީވެސް ސިވިލްސާވިސް މުވައްޒަފުންގެ ޤާނޫނުގެދަށުން މަސައްކަތްކުރާ މުވައްޒަފުންކަމުގައި ކަނޑައެޅި ކުރީގެ މާޒީ ފަހަނައަޅާ ދިޔައީއެވެ. އެމް.ޑީ.ޕީ ގެ ސިޔާސަތާއި އެއްގޮތައް މުއައްސަސާތައް ޚަރަކާތްކުރުވުމަށްޓަކައި ސިޔާސީމަޤާމްތަކެއްއުފެއްދުމަކީ ލާޒިމް ކަމެކެވެ. ނަމަވެސް ސިޔާސީމަޤާމްތަކަށްވެސް އެކަށީގެންވާ ބޭފުޅުން ހަމަޖެއްސެވުމަކީ ސަރުކާރުކާރުގެ ވައުދުތައްފުރިހަމަކުރުމުގެ ފުރުޞަތު ތަނަވަސްވާނޭ ކަމެކެވެ. |
ކިޔުންތެރިންގެ ޚިޔާލް