ހޮނިހިރު, 25 ޖުލައި 2009 11:20
ލޯބިވާ މިތުރާ ނުދާށޭ!



ލިޔުނީ: ޢަބްދުލް ޢަޒީޒް ޤާސިމް / ނ.މަނަދޫ
ރާގު: މިއީ ސިޓީއޭ......

މިއީ ހިތުގާ ހިގާ ލޯތްބާ އެކީ މިހިތުން އޮހޭ ލަހުޖާ
    ނުދާށޭ! ލޯބިވާ މިތުރާ މިތާގާ އެކަނިކޮށްލާފާ.

ނުހަނު އުފަލާ ނުހަނު ލޯތްބާ އެކީ ތަކެއް ދުވަހު އުޅެފާ
    ނުހަނު ހިތްގައިމު މީރުކަމެއް ހިތަށް އަހަރެން ގެނެސްދީފާ – ނުދާށޭ!...

އެތައް ގިނަ ރޭތަކެއް މާމުއިގެ ފޮނިފޮނި ލައްޒަތާއެކުގާ
    ޝަބާބުގެ މީރުކަމުގައިވީ ހިތަށް ތަސްވީރު ކުރުވާފާ  - ނުދާށޭ!...

އެހާ ހިތްގައިމު ބީހުމަކާ އެހައި މަޢުޞޫމް ފިރުމުމަކާ
    އެކީ ދީލަތި ޙިމާޔަތުގާ މިނަފުސު މުޅި ޣަރަޤު ކޮށްފާ – ނުދާށޭ! ...

ނޯޓް: މިއީ މަނަދޫ ލިލީ ޢަބްދުލް ޢަޒީޒް ޤާސިމް 3 މާޗް 1999 ގައި ހައްދަވާފައިވާ ލަވައެކެވެ. މި ލަވަ، އަޒީ މަނަދޫ ލައިވްއަށް ހަދިޔާ ކުރެއްވީތީ ޝުކުރު ދަންނަވަމެވެ.