ހޮނިހިރު, 25 އެޕްރީލް 2009 23:32
ނަސޭހަތް
ޢަބްދުލްޢަޒީޒް ޤާސިމް

އަހާނަމަބަސް ކުދިންނޭ ލޯބިއެންމެންވެސް ނިކަންވާނޭ
     ފަހާ ދުވަމުން ކޮބާހޭ ގޮވަމަކުން މީހަކު ނުވެސްދާނޭ

ކުރާކަންތައް ދުރަށްވިސްނާ ނިކަންހުރެ ޝައުޤުވެރިކަމުގާ
      މުރާލިވެކޮށް ފިނަމަ އެކަމުން ތިމާއަށް ލާބަހުންނާނޭ

ޖަހާމަތިކަށި ނަގާ ދެއްކެން ވެގެން ކަންތައްތަކެއް ހުރިއަސް
      ބަހާ ޢަމަލާދެގޮތްވާނަމަ ތިމާގެ އަގެއް ނުހުންނާނޭ

މިއަދު ނިންމަން ޖެހޭކަންތައް ވަގުތު ލިބުނަސް ކުރަންމާދެން
     މިއަދު ދޫކޮށްފިނަމަ އެކަމެއް ވެވޭ ދުވަހެއް ނުފެންނާނޭ

ނަމާދަށް ބަންގިދޭ ހިނދުގާ ކުރާ ހުރިހާ ކަމެއް ހުއްޓާ
      ދަމާހޭ ބުނެ ދެވޭނަމައީ ބަރީޢަކުށުން ތިމާވާނޭ

މަގަށްދޭންވީ ގަދަރުދީގެން ކުދިންނޭ މަގުހިނގާނަމައީ
      އަގެއް ނުދިނަސް ހިނގާމީހުންގެ ލޯތްބާ ކުލުނު އޮންނާނޭ

ފިލާވަޅުތައް ހަދަންދޭހާ އެދުވަހުން އެދުވަހަށް ނިންމާ
      ޚިލާފެއް މަދަރުސާ އަމުރާ ނުވާނަމަ ރަނގަޅުގޮތްވާނޭ

ޚިޔާލާ ފިކުރު ހިންގައިގެން މިކަންކަން ތަޖުރިބާ ކުރިނަމަ
      ނިޔާމަ ޙަޔާތަކަށް ދިއުމަށް ކޮށޭ މަގަކަށް މިކަންވާނޭ

ނޯޓް: ޢަޒީ މިޅެން ހައްދަވާފައިވަނީ 1996 އޮކްޓޯބަރގައެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ހެހެހެ މިއީ ތުއްތުބެ ކުރެއްވި ވަރަށްބުރަ މަސައްކަތެއް. ފުރިހަމަ ޅެމެއް. އެއީ މިޅެން ހަދާފައިވަނީވެސް ފުދޭވަރަކަށް ގިނަދުވަހުން. މިއީ ތުއްތުބޭގެ މިފަދަ ފުރަތަމަ ޅެންކަންނޭނގެ. މިޅެން ނ.އަތޮޅު މަދަރުސާގެ އެތަން މިތާނގަ 1996 ވަނަ އަހަރު ހިއްޕާފަ ހުރި. ނޫނޭ މީވަރުގަދަ ޝާއިރެއް
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...