| ބުދަ, 18 ނޮވެމްބަރ 2009 17:39 |
| މިދުނިޔެއަކީ ތިން ދުވަހެވެ. |
|
ޖަޢުފަރު ކަމާލުންދީން ![]() މިދުނިޔެއަކީ، ނުވާ ދެމިއޮތުމުގައި ތަނެކޭ ޙަޤީޤަތުގައި މިދުނިޔޭންދާން ޖެހެންދެންވެސް ހިގާށޭ ހެޔޮ ނަސޭހަތުގައި މަލުން، ވަސްމީރު އެކިއެކި ފެންނަމުންދާ ހެކި ތަކަށްވިސްނާ އަލުން ޢިބުރަތް ތަކެއްހޯދާ ބަލާށޭ، ދިރި ތިބޭ އިރުގައި ޒުވާނުންނޭ، މިވަޠަންގެހޭ އަރާށޭ ކަންކަމަށްވިސްނާ، ނުވާނޭ، އިއްޔެދޫކުރި އެއްކަމެއްވެސް މިއަދު ހެޔޮ ގޮތުގައި އުފެދި ބޮޑުވީ ވަޠަންގެ ފުރާނަޔާ ޝަރަފަށްޓަކާ ތިޔަހެން، ނުފުދިގެން ދުނިޔެ ދޫކޮށްފާ، ނުދާށޭ ގެއްލި ޅައުމުރުގައި ދިރާށޭ ރޫޙު ނަފްސާނީ އެދުންތައް ފަހަނައަޅާ ދިއުމަށް ވިރާސީ ކާބަފައިންގެ ނަމުން ފަޚުރު ލިބިގެން މި ނިޢުމަތުގައި ނެތޭ އެއްވެސް ކަމެއްގެ ތެރޭ އެކެއްގެ އަމިއްލަ ބާރުތަކެއް ދެކެން ތިއްބާ ފަނާވެ ހިނގައިދެޔޭ ހަމައޭގެ ނިސްބަތުގައި ހިލާނޭގޭނެޔޭ އެކަކަށް މިހުރިހާ ސިއްރު ފާޅުވެގެން އިލާހީ ޙިކުމަތުން ފުރިގެން މިވާބޮޑު ކާރުޚާނާގައި މިތާ މިގޮތަށް މިހެންހަމަ ދިރިތިބީން ތިން ދުވަހު ނޫންހޭ ހިތާށޭ، އިއްޔެއާ މިއަދާ އިމާދަމައާ އެއީ ކަމުގައި އަޒަލްގެނިޔާ ގޮވާލީމާ، ކުރާނޭ އެއްކަމެއް ނެތިގެން އަޒުލްކުރި އަމުރަކަށްވާނީ، ހިގާށޭ މިއަދުކި އަމަނުގައި |
ކިޔުންތެރިންގެ ޚިޔާލް