ބުރާސްފަތި, 12 ނޮވެމްބަރ 2009 12:57
އޯގާތެރި ސަރުކާރަށް އެއްއަހަރު

ލިޔުނީ: މަނޭޝް  -



ޒަމާންވީ ވެރިކަމެއްގެ ނިމުން އައީ އުދަރެސް ނަލަކުރަމުން
     ހިމޭންކަމުގައި އުފާކުރަމުން " ނަނާ ހުވަފެން" ތަކެއް ދެކެމުން

ވަޠަންއެދެނީ ބަދަލަކަށްކަން ފުރޮޅިދާށޭ ޑިމިގުރާތަށް
    މިތަންވަޅު އެއްއަޑުން އެންމެން ޝުކުރުކުރަނީ ބަދަލު އައުމުން

ކެއީމޭ ބޮޑިބަތާއި ކުޅިމަސް އުފާކޮށް ރޯދަވެސް ހިފަމުން
    އައީމާ ހެޔޮބަދަލު ޤައުމަށް ނެށީމޭ ހަމަނެތަސް އުފަލުން

މިއަދު މިވަނީ ބަދަލުވީތާ ބަރާބަރު އެއްއަހަރު ފުރިފާ
    މިއަދު ވިސްނާލަމާތޯއޭ މިބަދަލާމެދު ދެވަނަވިސްނުމަކުން

ދުވަސްވީ މީހުންނަށް އެލަވަންސް ލިބޭގޮތް ހަމަޖެހިފަވާއިރުގާ
     ސަލާންޖެހުމަށް މަނާކުރެޔޭ ސިޓީއަށްބޭސް މަދަނަ އައުމުން

މޮޅިން ދެރަވެފަ ހަދާނެގޮތެއް ނުއެގި ރަށު ބަންދުގައިވަނިކޮށް
     ދަނީގުޅެމުން ރަށާއި އަތޮޅާ ދަތުރުފަތުރުގެ ނިޒާމުތަކުން

ހުޅުހިފާ މުޅިޖީލު އެކުގައި ޑްރަގުގައި އަދައަދާދަނިކޮށް
     ހުޅުވިފައިވާ ޑްރަގު ދޮރުތައް ދަނީތަޅުލާ ހިމުންކުރަމުން

ކަރަންޓުގެ އަގުއުފުލިދާތީ ބިރުންތިއްބާ އިވެންމިފެށީ
     ފަރަންޖީން ރުއްސުމަށް ބަގުރާ ފަހަށްނުބަލާ ދޫކޮށްލުން

މިއީ މިނިވަންކަމޭ ބުނަމުން ކުރަންކައިވެނި އެއްޖިންސުން
     މިސަރުކާރުގެ މަދަދުގާރުން ގޮވާލައިފިޔެ ފާޅުގައި ލިޔުމުން

ފަލަސްތީނުގަ އަގަލުކުޑަކޮށް ޖަރީމާތައް އަމުނަމުންދަނިކޮށް
     އަޚުންނާއި އުޚުތުނަށް ނުބަލާ ދަނީ އިޒުރޭލު ގާތްކުރަމުން

މިއީ ފެންނަން ލޮލަށްހުރި ބައެއްކަންތައް އެކޮޅުމިކޮޅުން
     ވަރަށް ގިނަ ކަންތަކެއް އެބަހުރި އެކޮޅު މިކޮޅަށް ބަހުސްކުރެވެން

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިލިޔުމުގެ މަފުހޫމް ވަރަށް ރަނގަޅު! އެންމެންވެސް އުއްމީދުކުރި ބަދަލު ފެނިގެން މިދަނީކީ ބޭނުންވިގޮތަކަށްނޫން!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...