އާދިއްތަ, 20 ސެޕްޓޭމްބަރ 2009 13:12
ޢަޒުމުދިރޭ އުންމީދުގާ މިހެންވީމާ......

ޢަބްދުލްޢަޒީޒް ޤާސިމް ( އަޒީ )

ރާގު: ޖަނަމްޖަނަމްކާސާތުހޭ...


ޢަޒުމް އުންމީދުގާ މިހެންވީމާ
     ލިބިގެންބާރު ކުރިއަށް އަރަން އަލުން

އެކިއެކި ބައްދަލުވުންތަކުގާ
   ލިބިދޭ މަޢުލޫމާތުތަކުން
      އޮހެމުންދާ ތަޤްދީރުތަކުން
         އިތުރަށް ފައިދާ ލިބުނީމާ – ޢަޒުމްދިރޭ....

މޭސްތިރިކަން ހުރި ޅަޒުވާނުން
   ފާހަގަވެވިގެން މިޒަމާނުން
      ކުރިމަގު ބައްޓަން ކޮށްލުމުގާ
         ހިތްވަރު އާވާގޮތްވީމާ – ޢަޒުމްދިރޭ....

ތަމްސީލުކުރަން ޤައުމުގެނަން
   މިއަދުމިވާ ފޯރުންތެރިކަން
      ހުރިހާ ގޮތަކުން ޤާބިލްކަން
         ހުރެގެން ފުރުސަތު ލިބުނީމާ – ޢަޒުމްދިރޭ....

އެމްއެލްގެނޯޓް: މިލަވައަކީ މަނަދޫ ލިލީ އަލްފާޟިލް ޢަބްދުލްޢަޒީޒް ޤާސިމް 23 އޯގަސްޓް 1999 ގައި ހައްދަވާފައިވާ ލަވައެކެވެ. މި ލަވަ ނ. އަތޮޅު މަދަރުސާގައި އެއަހަރު ބޭއްވި ލަވަ މުބާރާތުގައި ކިޔާފައިވަނީ މަނަދޫ ދިލްބަހާރުގޭ ޢަލީ އަނީސް އެވެ. މިލަވަ އެމްއެލްއަށް ހަދިޔާ ކޮށްދެއްވި ކަމަށްޓަކައި ޢަބްދުލްޢަޒީޒް ޤާސިމަށް އެމްއެލް ޓީމުން ޝުކުރު ދަންނަވަމެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+5
 
 
 
ރައްދު ދެއްވުމަށް
މިލަވާއިގެ ފަށާތަނުގެ ޢަޒުމް ޢަޒުމް އުންމީދުގާ މިހެންވީމާ ލިޔުނު ނަމަ ރަގަޅު ވީސް ކަޑިތައް – ޢަޒުމްދިރޭ.... ވެސް ރަގަޅެއްނޫން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+5
 
 
 
ރައްދު ދެއްވުމަށް
މި ލަވަ އައްޔަ ކިޔާފައިވަނީ އަތޮޅުމަދަރުސާގައި ބޭއްވި މުބާރާތަކުނޫން، ދިވެހިރާއްޖޭގެ އަޑުން އޮލިމްޕަސް ސްޓޭޖްގައި ބޭއްވި މުބާރާތެއްގައި: "އައްޔަގެ ފޭނެއް"
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...