ބުދަ, 24 ފެބްރުއަރީ 2010 12:13
ރާ ވިއްކުން ހުއްދަކުރާ ޤަވާޢީދަކީ މިއޮފީހުން ގެޒެޓް ނުކުރަނީސް ޢަމަލުކުރެވޭނެ ޤަވާޢިދެއްނޫން – ރައީސް އޮފީސް

މާރޗް އެއްވަނަ ދުވަހުންފެށިގެން މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ނިންމައި އެކަމާއި ބެހޭ ޤަވާޢިދު އިއްޔެ ޝާއިއުކޮށްފައިވީ ނަމަވެސް މިޤަވާޢިދު ގެޒެޓް ކުރެއްވުމާ ބެހޭގޮތުން ވަކިގޮތެއް އަދި ނުނިންމަވާ ކަމަށާއި، އެ އިޢުލާނާ ގުޅޭ ޤަވާޢިދަކީ، މިއޮފީހުން ގެޒެޓް ނުކުރަނީސް ޢަމަލް ކުރެވޭނެ ޤަވާޢިދެއް ނޫންކަމަށް ރައީސް އޮފީހުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެއްޖެއެވެ.

''މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ A10/2010 ނަންބަރު އިޢްލާނާ ގުޅޭ ގަވާއިދު މިހާރުވަނީ ގެޒެޓް ކުރެއްވުމަށް މިއޮފީހަށް ފޮނުއްވާފައެވެ . މިގަވާއިދު ގެޒެޓް ކުރެއްވުމާ ބެހޭގޮތުން ވަކިގޮތެއް މިއޮފީހުން އަދިވަނީ ނުނިންމައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ A10/2010 ނަންބަރު އިޢްލާނާ ގުޅޭ ގަވާއިދަކީ، މިއޮފީހުން ގެޒެޓް ނުކުރަނީސް ޢަމަލު ކުރެވޭނެ ގަވާއިދެއް ނޫނެވެ. '' ރައީސް އޮފީހުގެ ނޫސްބަޔާންގައި ވެއެވެ.

ރައީސް އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ A10/2010 ނަންބަރު އިޢުލާނާ ގުޅޭ ޤަވާޢިދު ޢާންމު ކުރެއްވުމުގައި ، އެ މިނިސްޓްރީ އިން ބައްލަވާފައިވާ ކަންތައްތަކުގެ ތެރޭގައި ދެކަމެއް ފާހަގަކުރައްވާފައި ވެއެވެ. އޭގެތެރެއިން ފުރަތަމައަށް ފާހަގަ ކުރައްވާފައިވަނީ، ''ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލެއް، 2009 ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 74 ވަނަ ޖަލްސާއަށް ހުށަހެޅި، އެ ބިލް އެ މަޖިލީހަށް ބަލައިގަންނަވާފައި ނުވާކަން.''

ދެވަނައަށް ފާހަގަކުރައްވާފައިވަނީ، ''ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާ ގުޅޭ ގަވާއިދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް އެމިނިސްޓްރީން ހުށަހެޅުއްވުމުން، އެކޮމިޓީއިން އެގަވާއިދު އިޞްލާޙު ކުރެއްވުމާމެދު މަޝްވަރާ ކުރައްވައި، ނަމަވެސް އިޞްލާޙެއް ނުގެންނަވައި، އެމިނިސްޓްރީއާ އެގަވާއިދު އަނބުރާ ޙަވާލުކުރައްވާފައިވާކަން.'' މިއެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
-2
 
 
 
ރައްދު ދެއްވުމަށް
ދަންނަވަންތޯ ޑީ.އާރު،ޕީ އިން މީހުން ދިރުއުޅޭ ރަށްރަށުގައި ރާ ގެންގުޅުމުގެ ޙުއްދަ ޓްރޭޑްމިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ޙުއްދަ ދެއްވައިފި... ޤަވާއިދު ކޮމެޓީގައި ގިނައީ ކޮން ޕާޓީއެއްގެ މެމްބަރުން ތޯ ނިކަންބައްލަވާ... ދިވެހި ރައްޔިތުންނޭ ހޭ އަރާ.. މިމީހުން އެކަން ކޮށްފަ މި އަޅުވަނީ ސަރުކާރުގެ ބޮލުގައި... ދިވެހިންނޭ ހޭ އަރާ....
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
އެމްޑީޕީ އަށް ނިސްބަތްވާ މީހަކުވެސް ތެދެއްނަހަދާނެދޯ! މަޖުލީހުގައި ހަމައެކަނި އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ކޮމެޓީއަކީ ގަވާޢިދު ކޮމެޓީ! އެކޮމެޓީގެ މުގައްރިރަކީ މާރީޔާ! މިކަން ކޮށްފައިވަނީ މަޖުލީސް ޗުއްޓީގައި ވަނިކޮށް! މިކަން ބާލާ ފިޔަވަޅު އެޅުމަށް މަޖުލީހުގެ ރައީސައް ގޮވާލަން!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ސޯޓޭގެ އަދިވެެސް އިތުރު 5 މާކްސް ކަނޑަންވީ.. މޫސާ ހުރިހާ ގޮޅާ އައުވާން މީޑިޔާތަކާއި މެދު އަބުރުގެ ދައުވާ ކުރަންޖެހޭނެ މިފަހަރު... މީ ދިވެހިންގެ އެތައް ބަޔެއްގެ އާދޭސް!!!! 5 މާރކްސް އަނެއްކާ ކަނޑާލަންވީ... ދިވެހިން މިތިބީ އެމް.ޑީ،ޕީގެ ފަހަތުގައި... ކުޅިދައްކާލާނަން ސޯޓޭ މެންނަށް،.....
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ހަޖަމުނުކުރެވެންޔާ ދި އެފް އެމް އަޑުނޭހީމަ ރަނގަޅުވާނެދޯ! އެމްޑީޕީގެ ފަހަތުގައި މިހާޜު ތިބީ ރާއްޖޭގެ 18% މީހުން! ދެން ލަލަލާލާލާލާލާލާ! ތި ޕާޓީގެ މެމްބަރުންގެ އަދަދަކީ 29 ހާސް ! ޑީ އާ ރު ޕީ ގައި 34000 މީހުން! ދެން ލަލަލާާލޅާލާޅާ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ރަލުގެ ކަންތަކަކީ އަދާލަތު ޕާޓީން އަންނިއަށް ތާއީދު އިތުރު ކޮށް ދިނުމަށް ކުޅޭ ޑްރާމާއެއް
ޑީއާރުޕީން ރާވިއްކުމުގެ ހުއްދައެއް އެއްވެސް އިރަކު ދީފައި ނުވެއެވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތިކަންވެސް އިގޭނީ ރާއްޖޭގައި މިވަގުތު ޕާޓީގެ މީހުންގެ އަދަދު ޔަގީންކޮށްލީމާ
ޑީ.އާރު.ޕީ އިން މީހުން ޕާޓީއަށް ވައްދާފައިވަނީ މީހުންނަށްވެސް ނޭންގީ
ގޮޅާބޯ . މިހާރު ތިހިރީ ހަނދު އޮއްސިފާ ...ކަޑަވެއްޖެ ދޯ.... މަނަވެސް ވާނެތާ!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...