| ބުދަ, 24 ފެބްރުއަރީ 2010 00:05 |
| އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބުކަމަށް ޚަދީޖާ |
އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބުގެ މަގާމަށް ހެންވޭރު އެއްގަމުގެއާގޭ ޚަދީޖާ އިބްރާހީމްދީދީ، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިމަގާމަށް އެކަމަނާ އިސްކުރެއްވީ، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. މިހާރު އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރަކީ، ޢަބްދުލް ޢަޒީޒް ޔޫސުފް އެވެ. |
ކިޔުންތެރިންގެ ޚިޔާލް