އަންގާރަ, 23 ފެބްރުއަރީ 2010 23:43
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭގޮތަށް ނިންމައިފި


މާޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނިންމަވައި އެކަން އާންމުކޮށް މިއަދު އެމިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފިއެވެ. މި ގަވާއިދު ބުނާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހޮޓާތަކުގެ ތެރެއިން މަދުވެގެން 100 އެނދުގެ ހޮޓާތަކުގައި ހިންގާ ބާތަކުގައި ބަނގުރާ ވިއްކޭނެ އެވެ. އަދި ބައިނަލްއަގްވާމީ އެއާޕޯޓުތަކުގެ ޑިޕާޗާ ޓާމިނަލްގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓްރީކުރާ ބާ ތަކަށާއި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޕިކްނިކް އައިލެންޑްތަކާއި ޔޮޓްމެރީނާތަކުގައި ވެސް ބަނގުރާ ވިއްކުމުގެ ހުއްދަ ދެވޭނެ އެވެ.

އެ މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަމަ މިޤަވާޢިދު 2009  ނޮވެމްބަރު 9 ވަނަ ދުވަހު އެމިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރުމަށްފަހު ވަރަށްގިނަ ބައެއްގެ ފާޑުކިޔުންތަކާއި ހެދި 2009 ނޮވެމްބަރ 14 ވަނަދުވަހު އެޤަވާޢިދު އިސްލާހުކުރަންކަމަށް ބުނެ ވެބްސައިޓުންވެސް ވަނީ ނަގާފައެވެ. އެފަހަރު މިޤަވާއިދަށް ޢަމަލްކުރުމަށް ނިންމަވާފައިވަނީ 2009 ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި ދެކޮޅަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީންނާއި، އަމިއްލަ ޖަމްޢިއްޔާތަކާއި. ޖަމާއަތްތަކުން އަންނަނީ ވަރަށްބޮޑަށް މިކަމާއި ދެކޮޅުހަދައި އަޑުއުފުލަމުންނެވެ. މިއަދު މިޤަވާޢިދު އާންމުކުރުމާއި ގުޅިގެން އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަރަށްބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި މިނިސްޓްރީގެ ބަހެއް މިކަމުގައި ނުހޯއްދަވައި މިނިސްޓްރީން މިކަމާއިގުޅޭގޮތުން ފޮނުއްވާފައިވާ ސިޓީއަށްވެސް ޖަވާބެއް ނުދެއްވައި، އިކޮނޮމިކް މިނިސްޓްރީން ޤަވާޢިދު އާންމުކުރީތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދު އަދާލަތު ޕާޓީންމިކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީއަކާއި، މިކަމާއި ދެކޮޅު ހެދުމުގެ ގޮތުން ފަންސާސް އިލްމްވެރިއަކު ސޮއިކޮށްފައިވާ ގަރާރެއްގެ ކޮޕީއެއް ވެސް ވަނީ އާއްމުކޮށްފައެވެ. މިސިޓީގައި އަދާލަތު ޕާޓީން އެދިފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ބާތިލްކޮށްދެއްވުމަށް އެދިފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި މާޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރުމާއި ގުޅިގެން އަންނަ ހުކުރު ދުވަހު އަދާލަތު ޕާޓީން މުޒާހަރާއެއް ބާއްވާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި މިމުޒާހާރާގައި މަދަނީ އިއްތިހާދުގެ ފަރާތުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭ ޓީވީ އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަދަނީ އިއްތިހާދުގެ ފަރާތުން މުޙައްމަދުދީދީ ގޮވާލެއްވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަންހެނުންނާއި ފިރިހެނުން، ދައްތައިންނާއި ކޮއްކޮއިން މިކަމާއި ދެކޮޅަށް ތެދުވަންވެއްޖެ ކަމަށެވެ.

 

  ބަނގުރާ ވިއްކުމުގެ ހުއްދަ ދޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ޤަވާއީދު

 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މީހުންދިރިއުޅޭރަށްތަކުގެތެރޭގައި މާލެ ނުހިމެނެނީ ކީއްވެތޯ؟ މިއޮށްހުރިހާދުވަހުމާލޭގަދިރިއުޅޭ ވަކިބަޔަކައް600 އަށްވުރެގިނަހުއްދަދީފައޮތުން މިކަންވެސްހުއްޓުވެންޖެހޭނެ!!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މީގެ ކުރިން ހުއްދަ ދީފަވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ މުހިންމު ދާއިރާތަކުން ރާއްޖެއަށް ގެންނަ ބޭރުމީހުންނަށް ސީދާ އެމީހުންގެ ނަމުގައި އެމީހުންނަށް ހުއްދަ ދީފަހުރީ. ތަންތަނުގަ ވިއްކާކަށް ނޫން.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+6
 
 
 
ރައްދު ދެއްވުމަށް
މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލެޕްމެންޓްގެ އިސްވެރިން ﷲއަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވަމެވެ.‫​ އަދި މި ބޮޑުމުންކަރާތް އާންމުނުކުރުމަށް ގޮވާލަމެވެ.‫​ މިކަމަކީ ދިވެހި މުސްލިމް ރައްޔިތުން ދުވަހަކުވެސް ތާއީދުުުކުރާނެ ކަމެއްނޫކަން ވާނީ ތިޔަ މިނިސްޓުރީއަށް ވަރަށް ސާފުކޮށް އެނގި ފާޅުވެފައެވެ.‫​ ވީމާ ދިވެހި މުސްލިމް ރައްޔިތުންގެ ޝުޢޫރުތަކާއި އިޙުސާސްތަކާއި އިދިކޮޅަށް މަސައްކަތް ނުކުރުމަށް ވަރަށް އަޑުހަރުކޮށް ގޮވާލަމެވެ.‫​ މިއީ ތިޔަބޭފުޅުން ތިޔަވިދާޅުވާ ޑިމޮކުރަސީއާ މުޅިން ޚިލާފު ކަމެކެވެ.‫​ މިގޮތަށް ޢަމަލުނުކޮށްފިނަމަ ދިވެހިރައްޔިތުން މިނިސްޓުރީގެ މިޢަމަލާ ދެކޮޅަށް ނުކުތުމަށް ގޮވާލަމެވެ!-މުސްލިމް-
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ދިވެހިންނަށް ރާ ގަންނަނަް ލިބުން އެއީ ނިގުޅައިގަނެވިފައިވާ ހައްގެއް ކަމަށް ދޭހަވާގޮތުން ލިޔެފައިވާ ލާދީނީ ކޮމެންޓެއް ޝާއިރުކުރިކަމަށްޓަކައި އެމް އެލް ކުށްވެރި ކުރަން. އަދި އެކޮމެންޓް ވަގުތުން ނަގަން ގޮވާލަން.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އަޅުގަނޑު މެން ހައިރާނެއްނުވޭ! ރައީސް ވިދާލުވިނޫންތޯ 24 ގަޑީއިރު ހަމައިގައި ހުންނާން ނުޖެހޭނެޔޭ! މަޖިލީސް ހުޅުވުމުގެ ގޮތުން ދެއްކިވާހަކައިގައި ތަކުރާރުކޮށް "މަސްތުވާތަކެތީގެ ބާރުގަަދަ ވައްތަރު" ނައްތާލާނެ ކަމަށް ވިދާޅުވީމަ، އެނގޭނޫންތޯ ރަލަށް ލޯބިކުރާވަރު! ތެޔޮ ބިޑިއަށް ލޯބިކުރާވަރު!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
"މީގެ ކުރިން ހުއްދަ ދީފަވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ މުހިންމު ދާއިރާތަކުން ރާއްޖެއަށް ގެންނަ ބޭރުމީހުންނަށް ސީދާ އެމީހުންގެ ނަމުގައި އެމީހުންނަށް ހުއްދަ ދީފަހުރީ. ތަންތަނުގަ ވިއްކާކަށް ނޫން" އެހެން ވީމަތާ މުޅި މާލެއިން ރަލުން ސަލާމަތް ނުވެވިގެން މި އުޅެނީ... އެއްބައި ބުންޏަކަސް ނުފުދޭނެ ރަނގަޅަށް އޮޅުން ފިލާ ގޮތަށް ވިދާޅުވަން ވާނީ.... އިނގޭތޯ މާލޭގައި މުޅި ރާއްޖެ ގޮސް އަައިއްސަ އުޅޭ އެތައް ބިދޭސީންގެ ނަމުގައި ތި ގޮތަށް ޕާމިޓް ހައްދައިގެން ރާ އެތެރެކުރުންވަނީ ޙައްދު ފަހަަނަ އަޅާފައި ގޮސް ފައި.... މުޅި މާލޭގައި ތަޅާ ފޮޅާ މީހުން މަރަމުން ދަނީ "ރާ" އަތްފޯރާ ފަށުގައި ހުރުމުން މަސްތުވެގެން ތިބެ.. މަސްތުވުމުން މީހަކު މަރާލަން ފަސް ޖެހޭނެތޯ!!! ހުރިހާ ނުބަޔެއް ކުރީގެ ސަރުކާރުން ހަދާފައި މިކަޔަނީ އޭ މީހުން އުޅޭ ރަށްރަށުގައި ރާ ޙުއްދަ ކުރަނީ އޭ.... މުޅި މާލޭގެ ކިތަންމެ ގެޔެއްގައި ރާ ފުޅިތަކާއި ބިޔަރު ފުޅިތައް ސެއްލައަށް ހުންނާނެ... މިގޮތް ތޯ އަޅުގަނޑުމެންނަށް ރަނގަޅުވެގެން މި އުޅެނީ... ވިސްނާ މީސަޔާސީ ކުޅި ގަނޑެއްކަން ހޭލާ ތިބި މީހުން ވިސްނައިގެން ތިބޭތި... ސޯޓޭ އާއި ތަސް މެން އުޅޭ ގޮތް ރައްޔިތުންނަށް ވަރަށް ފުރިހަމައަށް އިނގޭ....
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...