އަންގާރަ, 23 ފެބްރުއަރީ 2010 11:38
ކީރިތި ރަސޫލާގެ ޢީދު މިލާދު ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ ލެވަލްގައި ޖަލްސާއެއް ބާއްވާގޮތަށް ހަމަޖައްސަވައިފި


ކީރިތި ރަސޫލާގެ ޢީދު މިލާދު ދުވަސް ފާހަގަކުރުމުގެ ގޮތުން 2010 ފެބުރުއަރީ 25 ވާ ބްރާސްފަތި ދުވަހުގެ ރޭ 21:00 ގައި އެމް.އެން.ޑީ.އެފް ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖައްސަވައިފި ކަމުގައި އެމްއެންޑީއެފް ވިދާޅުވެއްޖެއެވެ.

 

މި ޚާއްޞަ ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒުގެ ޑިރެކްޓަރ އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސެއިން ތަޤްރީރު ކޮށްދެއްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިޚާއްޞަ ރަސްމިއްޔާތު ކަވަރ ކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
މީދޯ ނުކުރެވިގެން އުޅެންވީކަމަކީ! ބަލަގަ ދީން އެންމެ ބޮޑަށް އެނގުނު އެބަޔަކަށް ﷲ ސަނާގެ ބަސްފުޅު ކީރިތި ގުރުއާނުގައި ބަޔާން ކޮށްދެއްވި ބޭކަލުން ކުރިބާ މިކަން! ލޮލަށް މިރުސް ފެން އެޅިފައިތިބި ބަޔަކު ކުރަންފެށި ކަމެއް މީއީ ! ތާރީހް ކިޔުއްވަބައްލަވާ! މިރޭ މިކަން ޝެއިހް ޢަޒީޒް ބަޔާން ކޮށްދޭނެ ކަމުގެ އުންމީދު ކުރަން ! އަޅެ ކީއްތަ ވަނީ ސިފައިން އިސްލާމުދީނަށް ނަސްރުދިނުމަށް ކަމެއް ރޭވިއްޔާ! މިހާރުވެސް ވެރިންގެ އަމަލު ހުސްނަގޮތުން ހައިރާންވޭ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
ބިދުއައެއް ނޫނޫ ސިފައިންގެ އިން ނުކުރައްވަތި. ކީއްވަނީ ސިފައިންގޭގައި އުޅެ އައްތަހިއްޔާތު ކިޔަން ނޭންގޭ މީހުންނަށް ނަމާދު ކުރާ އެއްޗެހި ދަސްކޮށްދެ ޕުރޮގުރާމެއް ފެށިއްޔާ. އެރުން މާ ރަނގަޅަށް ދީނަށް ނަސްރުދެވޭނެ ކަންނޭގެ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...