| އަންގާރަ, 23 ފެބްރުއަރީ 2010 10:39 |
| ހުޅުމީދޫގައި ހަލުވިކަމާއިއެކު ހުމުގެ ރޯގާއެއް ފެތުރެން ފަށައިފި |
އައްޑުއަތޮޅު ހުޅުމީދޫގައި ހަލުވިކަމާއިއެކު ހުމުގެ ރޯގާއެއް ފެތުރެން ފަށައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައި މިރޯގާގެ އަސަރު ރަށުގެ ގިނަބަޔަކަށް ކޮށްފައިވާ ކަމަށާއި، ގިނަ ޢަދަދެއްގެ ޓީޗަރުންނާއި ދަރިވަރުންވެސް ސްކޫލަށް ނުދާ ކަމަށެވެ. ހުޅުމީދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، މި ހުމުގެ ރޯގާ އަކީ ނުރައްކާތެރި ރޯގާއެއް ނޫންކަމަށާއި، ޖެހޭތާ ދެތިން ދުވަސްތެރޭގައި މުޅިން ރަނގަޅުވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މިރޯގާގެ ސަބަބުން މީހަކު ސީރިއަސް ޙާލަތަކަށް ނުދާކަމަށެވެ. ހުޅުމީދޫން ވާހަކަ ދެއްކި މީހާ ބުނީ، މީގެ ހަފްތާއެއްހާ ދުވަސްކުރިން ހަލުވިކަމާއެކު ފެތުރެންފެށި ހުމުގެ މިރޯގާގެ ސަބަބުން އެރަށުގެ ބައެއް މީހުން ގެއިންވެސް ނުނުކުމެ މިރޯގާ ފެތުރޭތީ ބިރުން އުޅޭކަމަށެވެ. '' އެމީހުން ހީކުރަނީ މީ އޫރު ރޯގާއޭ. އެހެންހީކޮށް ބިރުން ގެއިން ނުނުކުންނަ ބަޔަކުވެސް އެބައުޅޭ.'' ހުޅުމީދޫގައި ފެތުރެމުންދާ ހުމުގެ ރޯގާއާއި ބެހޭގޮތުން ހެލްތް މިނިސްޓްރީން އަދި ވަކިއެއްޗެއް ނުބުނެއެވެ. |
ކިޔުންތެރިންގެ ޚިޔާލް