| އަންގާރަ, 23 ފެބްރުއަރީ 2010 10:20 |
| ޕޮލިސް ކަސްޓޯޑިއަލް އޮފިސަރުންނަށް އަމާޒުކޮށްގެން އެޗް.އާރް.ސީ.އެމް އިން ހިންގާ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި |
|
އެޗް.އާރް.ސީ.އެމް އިން ޕޮލިސް ކަސްޓޯޑިއަލް އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެއިނިންގް ޕްރޮގްރާމެއް އިއްޔެ ދޫނިދޫގައި ފަށައިގެން ކުރިއަށް އެބަގެންދަވައެވެ. ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުން 200 އެއްހާ އޮފިސަރުން ބައިވެރިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަވާނީ ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނެވެ. ދޫނިދޫ އަދި މާލޭގައި ހުންނަ ފުލުހުންގެ ބެލުމުގެ ދަށުން މީހުން ހައްޔަރުކޮށްފައި ބަހައްޓާ ދެމަރުކަޒުގެ އޮފިސަރުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމް ހަތަރު ދުވަހަށް ދެމިގެންދާނެކަމަށް އެޗް.އާރު.ސީ.އެމް އިން މަޢުލުމާތު ދެއްވައެވެ. އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އިންސާނީ ޙައްޤުތަކާބެހޭ އާއްމު މައުލޫމާތު، ބާރުގެ ބޭނުން ކުރުން، އިންސާނީ ޙައްޤުތަކުގެ އާއްމު ޤަރާރު، އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ، އިސްލާމްދީނުން ލިބިދޭ އިންސާނީ ޙައްޤުތައް އަދި އެޗް.އާރް.ސީ.އެމް އާ ބެހޭ މަޢުލޫމާތުދެވޭނެއެވެ. މި ޕްރޮގްރާމްއަކީ ފުލުހުންގެ ދަޢުރު އަދާކުރުމަށްޓަކައި އިންސާނީ ހައްޤުތަކާއި ބެހޭގޮތުން ފުލުހުންނަށް ލިބިފައިވާ މަޢޫލޫމާތުތައް އައުކޮށް، ފުލުހުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ރަގަޅުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް ފުލުހުން ވިދާޅުވިއެވެ. |
ކިޔުންތެރިންގެ ޚިޔާލް