އަންގާރަ, 23 ފެބްރުއަރީ 2010 10:01
"ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ބިލް" އާއި، "ބްރޯޑްކާސްޓް ކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވައިފި

"ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ބިލު" އާއި، ''ބްރޯޑްކާސްޓް ކުރުމުގެ ބިލު''، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ބިލް ސަރުކާރުން މިހުށަހެޅުއްވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޝަރީޢަތް ކުރުމަށް އުފައްދާ ކޯޓުތައް އިންތިޒާމު ކުރެވިފައިވާ ގޮތް ބަޔާންކުރުމަށާއި، ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށާއި، ކޯޓުތަކުގެ މައިގަނޑު އިޖުރާއީ އުޞޫލުތަކާއި އިދާރީ ކަންކަން އެއް އުޞޫލަކުން ހަމަޖެއްސުމަށް މަގުފަހިކޮށް، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަކީ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންޞާފުވެރިކަމާއެކު އެފަރާތްތަކުގެ ވާޖިބު އަދާކުރެވޭނެ ފަރާތްތަކެއް ކަމަށް ހަމަޖެއްސުމަށެވެ. އަދި ޝަރުޢީ ކޯޓުތަކަކީ ޢާންމު ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ ތަންތަން ކަމަށް ހެދުމަށާއި، ޝަރުޢީ ކޯޓުތަކަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަންތަން ކަމަށް ހެދުމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، ''ބްރޯޑްކާސްޓް ކުރުމުގެ ބިލު'' ސަރުކާރުން މި ހުށަހެޅުއްވީ، ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު އެކަށައެޅުމަށާއި، ކަމާގުޅޭ ކަންކަން ހިންގުމަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެކަށައަޅައި، ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދެވޭނެ ގޮތްތައް ބަޔާން ކުރުމަށާއި، އެނޫންވެސް ބްރޯޑްކާސްޓް ކުރުމުގެ ޢާންމު އުޞޫލުތައް ޤާނޫނެއްގައި ބަޔާންކޮށްފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ސާބަސް މުޙައްމަދު ނަޝީދަށް... އަޅުގަނޑުމެން މިތިބީ މަނިކުފާނާއިއެކު - ޒުވާނުން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...