އަންގާރަ, 23 ފެބްރުއަރީ 2010 02:45
ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ތަފާތު 4 މައްސަލައަކާއި ގުޅުންހުރި 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި


ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި 4 މައްސަލައަކާއި ގުޅިގެން 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރޭގައި ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހަކާއި ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ގެނެވުނު 4 މީހަކާއި މަސްތުވާތަކެތީގެ މައްސަލައިގައި ގެނެވުނު 2 މީހުން ހިމެނެއެވެ.

މީގެތެރެއިން ވައްކަމުގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އުމުރުން 20 އަހަރުގެ މީހެއްކަމަށާއި، އޭނާގެ އަތުން ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ 17500 ދިވެހި ރުފިޔާ އާއި 60 އިންޑިއަން ރުޕީސް ވަނީ ފެނިފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އޭނާއަކީ މީގެ 3 ދުވަސްކުރިން 46 ޕެކެޓް މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ތަހުޤީޤަށް ހައްޔަރުގައި ބެހެއްޓުމަށް ފެނިވަޑައި ނުގަންނަވާތީ ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ.

ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ރޭ 3:40  ހާއިރު މާފަންނު ކޮމްޕިއުޓަ ޕްލަސް ސަރަޙައްދުންނެވެ. މިމީހުން ތިބިތަނުން މާރާމާރީ ހިންގުމަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާކަމަށް ތުޙުމަތު ކުރެވޭ 4 ކަތިވަޅިއާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވެއެވެ. މީގެ ތެރެއިން އެކަކު ފިޔަވައި އަނެއް 3 މީހުންނަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކުށުގެ ރެކޯޑް އޮތް މީހުންކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުޙުމަތުގައި ފުލުހުންގެ ބަލުމުގެ ދަށަށް ގެނެވިފައިވަނީ އުމުރުން 17 އަހަރުގެ ކުޑަކުއްޖަކާއި 28 އަހަރުގެ މީހެކެވެ. މީގެތެރެއިން 28 އަހަރުގެ މީހާ ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކުރިކުރުމުގައި އޭނާ ލައިގެންހުރި ބޮކްސަރގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ 17 ޕަކެޓް ވަނީ ފެނިފައެވެ. އޭނާއަކީ މިހާރުވެސް މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހުކުމްކޮށް ގޭބަންދުގައި ހައްޔަރުކޮށްފައި ހުރި މީހެއް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ މާވެޔޮ މިސްކިތުގައި އޭނާ ނިދާފައި އޮތްކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އޭނާ ބަލާ ފާސްކުރިކުރުމުގައި އޭނާ ގެންގުޅުނު ސިގެރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓެއް ފެނުމާއި ގުޅިގެންނެވެ.

މިމައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރައްވަމުން ގެންދަވާކަމުގައި އެފަރާތުން ހާމަކުރައްވައެވެ.

 

މިލޔުމާއި ގުޅޭ އިތުރު ފޮޓޯތައް:

 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ސާބަސް މަނަދޫ ލައިވްއަށް، ތިޔަކުރައްވާ މަސައްކަތަށް،
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އޮޕަރޭޝަންތަކުގައި އަތުލެވިފައިހުރި ތަކެތި ދައްކާލުމުގެ މަޢުރަޟެއް އަހަރަކު އެއްފަހަރު ނަމަވެސް ފުލުހުން ބާއްވަން އަޅުގަނޑަށް ފެންނަނީ. މިފަދަ ތަރުތީބު ރީތި އަތުރާލުންތަކުންވެސް ރައްޔިތުންނަށް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ. ތިޔަ ކުރައްވާ މަސައްކަތްތަކަށް މަރްޙަބާ!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...