ހޮނިހިރު, 30 ޖެނުއަރީ 2010 09:55
އަންހެން ޖިންނިން ފިރިހެނުންނާ އަވަލަވަނީ މަތިމަހުގެ ފުރިހަމަކަމުން (ދެވަނަބައި)


ލާހޫރޭ - 

އެތަނުން އެންމެ މުޑުދާރުކޮށް ހުރި ކޮރު ޖިންނި އަހަރެންގެ ގާތަށް ޖެހިލިއެވެ. އަދިކަރަށް ފައިން އަރައިގެން އޭނާއަރައިގެން ހުރި މަރަވަޅިން ވައިނޮޅިއަށް ފިތަނީއެވެ. މިގޮތަކަށް ހަދަނިކޮށް އެތަނަށް ޖިންނިންގެ ބައިގަނޑެއް އައެވެ. އޭގެތެރޭގައިހުރި ރަތްދޮންކުލައިގެ ޖިންނިއެއް އެކޮރުޖިންނި އަހަރެން ކައިރިން ދުރައްޖެއްސިއެވެ. ހަމަ އެއާއެކު އަހަންނާ އަވަލައިގެން އުޅޭ އެއްކަލަ އަންހެން ޖިންނިވެސް އެތަނަށް އަތުވެއްޖެއެވެ. އަހަންނާއި ގާތްވެލާ އަހަރެން ކަރުގައި ފިރުމާލާ ގިސްލެވި ރޯން ފެށިއެވެ. ހިނދުކޮޅެއްގެ ފަހުން އޭނާ ހުއްޓާލިއެވެ. އަދި އަހަރެންގެ ބޮލުގައި ފިރުމަމުން ވާހަކަ ފެއްޓިއެވެ. ދުންނާމް ދަރުބާރަށް ގެންދިއުމުގެ ކުރިން މުގައްދަސް ފެންކަންވާރުތަކުން ފެންވަރުވާނެއެވެ. އަހަރެން ތިން ދަރުބާރަކަށް ހާޒިރުކުރެވޭނޭކަމަށާއި ފުރަތަމަ ގެންދެވޭނީ އެސަހަރުގެ އެންމެ ދަށްފަންތީގެ ދަރުބާރަށް ކަމަށް ބުންޏެވެ. އެއީ ވަކަރޮށިކުއްވާގެ ނަމުން ނަންކިޔޭ ދަރުބާރެވެ. ދެވަނަ އަށް ގެންދެވޭނީ މެދުފަންތީގެ ދަރުބާރަށެވެ. އެއީ އިލޮށިގިޑިގިޑި ނަމަކަށް ކިޔާ ދަރުބާރެކެވެ. ތިންވަނައަށްކުރެވޭނެ ދަރުބާރަކީ އެންމެ މަތީ ގިންތީގެ ބޭފުޅުންގެ ދަރުބާރެވެ. އަދި އެއީ ހުކުމް ތަމްފީޒުކުރެވޭ ދަރުބާރުވެސް މެއެވެ. މިދަރުބާރުގެ ނަމަކީ އަރޮޅިބުރޮޅިދައްގަނޑު ގެ ދަރުބާރެވެ.

މިވާހަކައިގައި ތިން ދަރުބާރުގެ އަސްލުނަން ލާހޫރޭ ބޭނުން ނުކުރަމެވެ. ސަބަބަކީ އެތިން ނަމަކީ އިންސާނުން ލިޔެކިޔެ އުޅުމުގައި  ބޭނުން ކޮށްފިނަމަ ޖިންނިސައިތާނުންގެ ނުރުހުން ލިބޭ އަދި އެބައިމީހުންގެތެރޭގައިވެސް އުޅޭ އެންމެ މަޖޫސީ ޖިންނިން އަވަލަވާ ނަންތަކަކަށްވާތީ އެކަމުން ލިބިދާނެ ނަފްސާނީ ގެއްލުމަކަށްޓަކައެވެ. އެނަންތަކުގެ ރަމްޒެއްގެ ގޮތުން އަހަރެން މިނަތްތައް ބޭނުންކުރަނީ މިގޮތަށެވެ. ވަކަރޮށިކުއްވާގެ ދަރުބާރުން ކަލެއަށް ކަށިމަލުގެ ގުލްދަސްތާއެއް ވެދުން ކުރެވޭނެއެވެ. އެއީ ކޮންމެ ދަރުބާރަކުން ވެސް ކުރެވޭ އެތަނުގެ އެންމެ މުގައްދަސް ވެދުން ކަމުގައި ބުނެތެވެ. އަދި އެހާރަކީ އެސަހަރުގެ ރަސްގެފާނުންގެ ދަރުބާރުގެ އެންމެ މަތީ ގިންތީގެ ބޭފުޅުންނަށް އަރުވާ އިއްޒަތްކަމުގައިވެސް ބުންޏެވެ. އެސަހަރަކީ ޖިންނިންގެ އެންމެ ފަގީރު ސަހަރެވެ. އެސަހަރުގެ ބިނާތައް ކުރެވިގެންވަނީ ނަވާރަސަތޭކައިގެ އަހަރުތަކުގައި ހަވީރުސަޔަށް ދިވެހިން ބޭނުންކުރަމުން ގެންދިޔަ މުރަނަ ރޮށި ނުވަތަ ވަކަރޮށީގެ ފުރާޅަކުންނެވެ. އެކިއެކި ޤަބީލާތައް ވަކިކުރެވިފައިވާނީވެސް ވަކަރޮށިންނެވެ. އެސަހަރުގެ ޖީލުތައް ނިވާކުރުމަށް ބޭނުންކޮށްފައިވާނީވެސް ވަކަރޮށީގެ ހެދުން ތަކެވެ. ޖިންނިންގެ ފަލްސަފާގައިވާގޮތުން ޖިންނިއަކު މެރި އިންސާނެއްގެ އަދަބު ކަނޑައެޅޭނީ އެންމެ ދަށު ދަރަޖައިގެ އިޙްތިފާލުތަކުން ފަށައިގެން އެންމެ މަތީ ތަހްތުންނެވެ. މިހެން ބުނެ އަހަރެންގެ މޭމަތީ އެޖިންނި ބޯއަޅާލާ އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު އެތަނުން ދިޔައެވެ. އިރުކޮޅެއްގެފަހުން ތިން އަންހެން ކުދިން އައެވެ. އެކުދިންގެ އަތުގައި ފެންއަޅާފައިވާ ރަނުގެރިކާބީއެއް ހުއްޓެވެ. އެތިންކުދިން އަހަރެން އެރިކާބީތެރެ އެރުވިއެވެ. އަދި ފެންވަރުވަން ފެށިއެވެ. އޭގައިވަނީ ފެހަނޑަފަތުގެ ފެނެވެ. އެފެން ރިކާބީވަނީ ފިނިފެނާއި ހޫނުފެނުންނެވެ. އެއަށްފަހު އިތުރު ރިކާބީއެއް ގެނެސް ބަހައްޓާލިއެވެ. އެރިކާބީވެސް ގެނައީ ރީތި ތިން އަންހެން ޖިންނިންނެވެ. މިރިކާބީތެރެއަށް އަހަރެން ލާ ފެންވަރުވަން ފެއްޓިއެވެ. މިރިކާބީގައިހުރީ ކަށިމަލުގެ ފެނެވެ. ފުރަތަމަ ރިކާބީ ގެނައިކުދިން ނަށްވުރެ ދެވަނަރިކާބީ ގެނައި ހާދިމުން ރީއްޗެވެ. އަދި ތިންވަނަ ރިކާބީގެނެވުނެވެ. މިރިކާބީ އުފުލަންތިބި ކުދިން ކުރީގެ ދެރިކާބީ އުފުލި ޖިންނިންނަށްވުރެ މާފުރިހަމައެވެ. ތިންރިކާބީގައިވެސް ފެންހުރީ ތިން ވައްތަރަކަށެވެ. އެންމެ ފަހުގެ ރިކާބީއަށް އަހަރެން ބޭލުނުއެވެ. އަދި ތިން އަންހެން ކުދިންވެގެން ގައިއުނގުޅަދޭން ފެއްޓިއެވެ. ތިންވަނަ ރިކާބީގައިހުރީ ބެރެބެދި މަލުގެ ތާސީރުއެކުލެވޭ ފެނެކެވެ. މިރިކާބީގައި ބެރެބެދިމަލުގެ ކަރުގަނޑުތައް ހުއްޓެވެ. ފެންވަރުވަންތިބި ކުދިންވެސް އަހަންނަށް އެމަލާއިއެއްގޮތަށް ސިފަކުރެވެ. ފެންވަރުވައިނިމިގެން ތިން އަންހެން ކުދިންގެ އަތްދަނޑިމަތީގައި ގެންދެވުނީ ވަށައިގެން ސަނދުވާ ދަމާފައިވާ ފޭލިގެއަކަށެވެ. އެތާންގައި ރަނުގެ އައްޓެއްމަތީގައި އުޑުތިލަމަތިން އަހަރެން ބޭއްވިއެވެ. އެވަގުތު އަހަންނަށް މޯޅިއަކަށް ހަށިގަނޑު ދަމާލެވި ހޭވެރިކަންވިއެވެ. އަދި މުޅިހަށިގަނޑު ތެމިފައިވާކަމުގެ އިހްސާސްކުރެވުނެވެ. ވަރަށް ބޮޑަށް ބަނޑުހައިވެފައިވާކަމުގެ އިޙްސާސްކުރެވި މީހަކަށް އިޝާރާތްކޮށްލުމަށް އަތްއުފުލާ އަނގަހުޅުވާލި ވަގުތު އެއްޖިންނި އަހަރެންގެ މޫނަށް ފުމެލިއެވެ. ހަމައެއާއެކު އަނެއްކާވެސް އަހަރެންގެ ހޭވެރިކަން ނެތުނެވެ. އެއަށްފަހު އެތިން ޖިންނިވެގެން އަހަރެންގެ ގަޔަށް ފުމެން ފެށިއެވެ. އިރުކޮޅަކުން އަހަރެންގެ ހަށިގަނޑުން ފެން ހިކުމުން އެތިން ޖިންނި އެތަނުން ދިޔައެވެ. އެނގުނު ގޮތުގައި އެތިން ޖިންނި ކުދިންނަކީ މިސަހަރުގެ އެންމެ ރީތި ތިން ޕަރީޒާދުން ނެވެ.

އެޖިންނިތައްގޮސް އޮބާލުމުން އަހަންނާއި އަވަލައިގެންއުޅޭ ޖިންނިއައެވެ. އަދި އައިސް އަހަރެން އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ. ދުވާމީރުވަހެކެވެ. ހަމަހީވަނީ އުނިމަލުގެ ދާނެއްހެއްނެވެ. އޭނާ އަޅައިގެންހުރީ ހުދުހެދުމެކެވެ. ކަރުގައިއަޅާފައިވަނީ ރަންވަރަނުގެ ކަސަބެކެވެ. ބާދަލާވަނީ އުނިމަލުންނެވެ. އޭނާ އަހަރެން ނިވާކޮށް ރަންފަށުވީގެ ފޭޔެއް އެއްދެވިއެވެ. އަހަރެން ސުވާލުކުރީމެވެ. މިއަދު ތީނަ ތިޔަވަނީ އާދަޔާއި ހިލާފު ހެދުމެއްގައެވެ. މިހާރު ހާދަހާވާ ރީއްޗެވެ. އެވަގުތު އޭނާ ބުންޏެވެ. މިއަދަކީ އަހަންނަށް ހިތާމަވެރި ދުވަހެކެވެ. އަހަރެން އެއީ ކީއްވެތޯ ސުވާލުކުރީމެވެ. މިހެން ބުނުމުން އޭނާ އަހަރެންގެ މަތިމަހާއި ބުމަ ރީތިކޮށްލިއެވެ. އަދި އޭނާ ގެނައި މީރުވަސްދުވާ ހުވަނދެއް ހާކަންފެށިއެވެ. މަތިމަހުގައި އަތްއުނގުޅާލަމުން އޭނާ ބުންޏެވެ. މިއީ ހުސްއެކަނި އިންސާނުންނަށް ލިބިފައިވާ ރީތި ސިފައެކެވެ. އަހަރެމެންގެ ތެރޭގައި އުޅޭ ގިނަ ޖިންނި ފިރިން އިންސާނުންގެ ތެރެއިން ފިރިހެނުންނަށް ރުޅިއަންނަނީ މިސަބަބާ ހުރެއެވެ. އަދި އަހަރެން މީނާ އާ އަވަލަވާފައިވަނީވެސް މިސަބަބަށްޓަކައެވެ. މިހެން ބުނެ މަތިމަހުގައި އޭނާގެ ކޯތާފަތް ބީއްސާލިއެވެ. އަހަންނަށް އިހްސާސްކުރެވުނީ އެއީ އުނިމަލުގެ ދާނެއްކަމުގައެވެ. އެހާވެސް އެވަސްގަދައެވެ. މުޅިގައިގައި މީރުވަސްދުވާ އެއްޗެއް ހާކާލާ މަޑުމަޑު ފަށުވި ރަންވަރަނުގެ ސާލެއް ފާޑުގެ އެއްޗަކުން އަހަރެންގެ މުޅިހަށިގަނޑު ނިވާކޮށްލިއެވެ. އެއަށްފަހު އަހަރެންގެ ކަންފަތްކައިރީ އޭނާ ބުނެލިއެވެ. ކަލޭގެ މަތިމަސް މިއަށްވުރެ ބޮޑު ނުކުރައްޗެވެ. އެވަގުތު އަހަރެން ބުނީމެވެ. އެއީ ކީއްވެހެއްޔެވެ. އޭނާ ބުންޏެވެ. މިއައްވުރެ މަތިމަސް ދިގުކޮށްފިނަމަ އަހަރެންގެ އަތްމަތިން ކަލޭ ޖަހައިގަންނާނޭ އެތައް ހާންދާނުތަކެއްގެ އަންހެންކަނބަލުން އުޅޭނެއެވެ. އަދި އަހަރެން ބާކީ ވާނެތީއެވެ. ކަލޭގެ ސަހަރު ވަށައިގެން މިވާ ސަހަރުތަކުގައި އުޅޭ ގިނަ ފިރިހެނުން އެބައިމީހުންގެ ލަގަބެއްގޮތުގައި އަދި އެމީހާގެ ޝަހްސިއްޔަތު ހާމަކުރުމަށް ބަހައްޓާފައިވަނީވެސް މަތިމަހެވެ. ނަމަވެސް މިސަހަރުގައި އަހަރެމެންގެ މީހުން ރުހުން ލިބޭފަދަ މަތިމަސްލީ ދެތިން ފިރިހެނަކު އުޅެތެވެ. އެމީހުންނަކީ އިންސާނުންނާ ޒަވާޖީހަޔާތެއް ފަށާފައިވާ ބައެކެވެ. އަހަރެން މިއައީ ކަލެއަށް ފާރަވެރިވަމުން އަދި މިހާރުމިއައީ ފިރިމީހާ ނިންދަވާފަވެސް މެއެވެ. ހަމަ ކަލޭގެ ގާތަށެވެ. ކަލޭ ސަލާމަތްކުރާނަމެވެ. އެކަމަކު ގޮތެއްގެ މަތިންނެވެ. އަހަރެން ހިއްސުތައް ކޮޅަށް ޖެހި ކެތްތެރިކަން ކޮޅުންލާފައިވާ ހާލުގައި އެއީ ކޮންގޮތެއްތޯ ސުވާލުކުރީމެވެ. އެވަގުތު ޖިންނި ބުންޏެވެ. ހާދަ ކެއްތެރިކަންވެސް ކުޑަ ދޯއެވެ. ކަލޭމެންގެ ތެރޭގައިވާ ބައެއް މީހުންކެތްތެރިކަން ވަރަށް ކުޑައެވެ. އެއީ އިންސާނުންގެ ވަރަށް މަދު ސިފައެކެވެ.

މިހެން ބުނެ އަނެއްކާ އަހަރެންގެ މަތިމަހާއި ބުމާގައި ދެއަތުން ފިރުމާލިއެވެ. ހަމަ އެއާއެކު އަހަންނަށްވެސް އޭނާގެ ބާމަތީގައި އަތްފިރުމާލެވުނެވެ. އެވަގުތު އެޖިންނި އަހަރެންގެ މުޅިހަށިގަޑުގެ ޖިސްމުތައް އޭނާގެ މިލްކަކަށް ހަދާލާ ޖިސްމުތައް ކޮޅަށް ޖަހާލިކަހަލައެވެ. އަދި ބުންޏެވެ. އިންސާނެއްގެ އުރުގައި މިގޮތަށް ކުޑަ ހިނދުކޮޅަކަށްވެސް އޮވެލުން ހާދަހިތްގައިމޭ ބުނެ ޖަވާބުގައި ޖިންނިބުނީ އޭނާއާ އިންނަން އެއްބަސްވުމެވެ. އަހަރެން ހަމައެވަގުތު އާއެކޭ ބުނީމެވެ. އެވަގުތު އޭނާ އަންނަމުން ގެނައި މަލުގެ ތަށިބަރިއެއް ހުޅުވާލާ އޭގައިހުރި މޭވާ އާއި ކެކުރިތައް ނަގަންފެށިއެވެ. ދެވަނަ ތަށިބަރި ހުޅުވާލާ ބޯކޭލުން ހަދާފައިވާ ސުރުވާއެއް ކާންދޭން ފެއްޓިއެވެ. ކެކުރިން ހަދާފައިވަނީ ރަހަމީރު ޖޫހެކެވެ. ކާންދީ ނިންމުމަށްފަހު އެޖިންނި ބުންޏެވެ. އަހަރެން ކަލޭ ކައިރިއަށް މިއައީ މިސަހަރުން ދެން ބައްދަލުވާނޭ އެންމެ ފަހު ފަހަރަށް ބައްދަލުވުކުރުމަށެވެ. ދެން ކަލެއާ އަހަންނާއި ބައްދަލުވާނީ ކަލޭ މަރަން ނިޔާ ކަނޑައަޅާ ދަރުބާރުން އެންމެ ފަހު ވަގުތުގައެވެ. މިހެން ބުނެ އަހަރެންގެ ތުން ފޮހެލަދެމުން އަދި އެޖިންނީގެ ކުޅުން އަހަރެންގެ އަތާއި އަނގަމަތި ދޮވެލަމުން އަހަރެންގެ މަތިމަހުގައި އޭނާގެ ކޯތާފަތް ބީއްސާލުމަށްފަހު އަހަރެންގެ ގައިގާ ފިރުމުން ހުއްޓާލަމުން އޭނާ ބުންޏެވެ. އަހަރެން ކަލެއަށް ކުރާ ވަސިއްޔަތެއް އަބައޮތެވެ. އަހަރެން އެހީމެވެ. ކޮބާހެއްޔެވެ. އޭނާ ބުންޏެވެ. މިއަށްވުރެ މިމަތިމަސް އެންމެތަންފުކެއްވެސް ދިގު ނުކުރައްޗެވެ. –ނުނިނޭ-

 

ފުރަތަމަ ބައި

 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+5
 
 
 
ރައްދު ދެއްވުމަށް
ވާހަކަ ގެނެސްދީފައިވާލެއް ވަރަށް ފުރިހަމަ ހީކުރަން މާގިނަދުވަސް ނުނަގާ ތިންވަނަ ބައި ފެންނާނެކަމަށް -މަކްތޫމް ބިން ސިޔާނީ-
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
ވަރަށް އިޝްގީ ޖިންނީ ކީ އިންސާނިޔަން ލައްޒަތްކީ ރޮމައިންޓިކާނޯ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ވަރަށް ސަޅި ވާހަކަ އެއް. ތަންކޮޅެއް އަވަސް ޕްލީސް -ސަހީ-
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ވަރަށް ސަޅި ޚިޔާލީ ވާހަކައެއް...މިއީ ހަޤީޤީ ވާހަކައެކޭ ބުނާއިރު ޖިންނި ޝައިތާނުންގެ ކަންތަށް ލިޔުން ތެރިޔާއަށް ހަމަނޭގެނީބާ، ނޫނީ ވާހަކައަށް އިތުރު ފުރިހަމަކަމެއް އަންނަނީބާ..
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ވަރަށް ޝައުޤްވެރި ވާހަކައެއް ތިންވަނަ ބަޔަށް ވަރަށް އިންތިޒާރު ކުރަން ލަސްނުކޮށް ގެނެސް ދޭނެ ކަމަށް އުއްމީދު ކުރަން -ސަން-
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ވަރަން ރީތި ވަހަކަ........
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...