| ބުރާސްފަތި, 22 އޮކްޓޯބަރ 2009 15:30 |
| ކުޑަކުއްޖެއްގެ ހަށިގަނޑުން ޤުރުއާނުގެ އާޔަތްތައް ފެންނަނީ |
ޢަބްދުﷲ ޝަފީޤު ޢަލީ - ![]() ނުވަ މަހުގެ ތުއްތު ޔަޢުޤޫބު ގެ މައިންބަފައިންނަށް ވަރަށް ހައިރާންވިއެވެ. ވިހޭއިރުވެސް، އެ ކުއްޖާގެ ދަތްދޮޅީގައި މާތްﷲ ގެ ބަސްފުޅުކަމުގައިވާ ކީރިތި ޤުރުއާނުގެ އާޔަތެއް ލިޔެވިފައި އިންތަން ފެނުމުންނެވެ. އޭގެ ފަހުން މުޅި ހަށިގަނޑުގައި (އަތާއި، ބުރަކަށި، ފައި، އަދި ބަނޑުގައި) އަރަބިއަކުރުތައް ފާޅުވެ، ބަސްތައްފުރިހަމަވެގެން ގުރުއާނުގެ އާޔަތްތައް ފެންނަންފެށިއެވެ. މީގެ އެންމެ ހައިރާންކުރުވަނިވި ކަމަކަށްވީ ކުރިން ހުންނަ ބަސްތައް، ހަފްތާއަކު ދެ ފަހަރު ފުހެވި، މުޅިން އާ ބަސްތަކެއް ފާޅުވާން ފަށާތީއެވެ. މިކުއްޖާގެ މައިންބަފައިން، މި ހައިރާން ކުރުވަނިވި ކަންތައް ފެނުމުން ޑޮކްޓަރުންނަށްވެސް ދެއްކިއެވެ. ނަމަވެސް މިކަމުގެ ސަބަބެއް ޑޮކްޓަރުންނަށްވެސް ބުނެދޭކަށް ނޭންގުނެވެ. އެމީހުންވެސް ޔަގީންކޮށްދޭގޮތުގައި އެއީ މީހަކު، އެކުއްޖާގެ ހަންގަނޑުގައި ލިޔެފައިވާ ބަސްތަކެއްނޫނެވެ. ކުޑަކުޑަ ޢަލީގެ މަންމަ މަދީނާބުނިގޮތުގައި، އެދެމަފިރިންނަކީ މީގެ ކުރިން އެހާ ދީންވެރި ބައެއްނޫނެވެ. ނަމަވެސް އޭނަގެ ދަރިފުޅުގެ ހަށިގަނޑުން އެ މާތް ބަސްފުޅުތައް ފާޅުވާން ފެށުމުން އެމީހުންނަކީ މިހާރު ދީންވެރި، ދީނަށް ލޯބިކުރާ ދެމީހުންނެވެ.މިކަންތަކުގެ ޚަބަރު ލިބުމުން ވަރަށް ގިނަ މީހުން އެ ކުޑަކުއްޖާ ދެކިލުމަށް ބޭނުންވެއެވެ. ނަމަވެސް މި ދެމަފިރިންނަށް ޖަވާބެއް ނުދެވޭ، އާދަޔާ ޚިލާފް ދަރިފުޅު ދައްކަނީ ޑޮކްޓަރުންނަށް އެކަންޏެވެ. ހަލަބޮލި މުސްލިމް އާބާދީއެއް އޮންނަ ޑަގެސްޓަން ޕްރޮވިންސްގައި މި ކުއްޖާއަކީ މިހާރު ވަރަށް މަޝްހޫރު ކުއްޖެކެވެ. (ޑަގެސްޓަން ޕްރޮވިންސަކީ ރަޝިޔާގެ ދެކުނުން، ކުރީގެ ހަނގުރާމައިގެ މައިދާނެއް ކަމަށްވާ ޗެޗްނިޔާ ގެ އަވަށެކެވެ.) އެ ޕޮރޮވި ންސްގެ މަޖުލިސް މެމްބަރު އަހުމަދުޕާޝާ އަމިރަލޭވް ހާމަކުރެއްވި ގޮތުގައި " މިއީ މާތްﷲ ގެ ކުޅަދުންވަންތަވެރިކަމުގެ ސާފު ހެއްކެއް...، މާތްﷲ އަހަރުމެންގެ މި ހަމަ ނުޖެހުން ބޮޑު ޑަގެސްޓަން އަށް މި ކުއްޖާ ވިހަން އިރާދަފުޅު ކުރެއްވުމުގެ ބޭނުމަކީ، މިހާރު މިއޮތް ހަމަ ނުޖެހުން ކުރިއަށް ނުގެންގޮސް، އަމާން އޮމާން ސަހަރަކަށް މިތަން ހެދުމަށް ދިން އިންޒާރެއް"ޢަލީ ޔަޢުޤޫބު ގެ މަންމަ ބުނިގޮތުގައި " އާއްމުކޮށް މި ނިޝާންތައް ހަފްތާއަކު ދެފަހަރު ފެންނާނެ (ބަދަލުވާނެ) .، އެއީ ހޯމަ ދުވަހުގަ އަދި ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ ރޭއާއި ދެމެދުގެ ވަގުތެއްގައި" "ޢަލީ ގެ މިކަންތައް (އާ ބަސްތައް ފާޅުވާއިރު) ވަރަށް ގަދައަށް ރޯނެ، ހީވަނީ އުނދަގޫ ވެގެން އުޅޭހެން، ދެން ގައިވެސް ވަރަށް ހޫނުވާނެ" "އެކަންތައް ވާއިރު، ހުއްޓުވުމަކީ ވަރަށް އުނދަގޫކަމެއް، އެ ސޮރުގެ ހަށިގަނޑުގެ ހަރަކާތްތައްވެސް އަވަސްވޭ،،،.އެހެންވެ އަހަރުމެން އޭނަ އެނދުގައި ބާއްވަނީ.، އެކަމަކު އެއީ ވަރަށް ބަލަން އުނދަގޫ މަންޒަރެއް (ދަރިފުޅުގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބެލުން).." ޢަލީގެ މަންމަ މަދީނާ އަށް ތަފްސީލުދެވޭނެ އެންމެ ރަނގަޅަށް ކިޔާދިނެވެ.ރިފަރެންސް: ދަ ސަން - ރިޕޯޓް: ލީ ކައިން ޔޫޓީއުބުން ވީޑިއޯ ބައްލަވާ |
ކިޔުންތެރިންގެ ޚިޔާލް