| ހޮނިހިރު, 04 ޖުލައި 2009 11:49 |
| "ޑިމޮކްރަސީ ނިޒާމް ރާއްޖެދޫކޮށް ރިޕަބްލިކްގެ އުޞޫލުތަކަށް މިޝްރާބުޖަހަމާ" |
|
ޔޫސުފްޔޫޝަޢު - ޑިމޮކްރަސީގެ އުޞޫލު ދޫކޮށްލުމޭ ބުނުމުން ވަރަށް ގިނަފަހަރަށް ސިފަވެގެންދަނީ މިދައްކަނީ އަނެއްކާވެސް ކުރިން ދެކެމުންއައި "ދިމިކްރާތީ" ފަދަ ނިޒާމަކަށް ޤައުމު އަނބުރާލުމުގެ ވާހަކަކަމަށެވެ. ޑިމޮކްރަސީގެ ސަބަބުން އަހަރެމެންދާން ބޭނުންވާ މަންޒިލާ ހަމައަށް ވާސިލްވުމަކީ އަދި ހެޔޮވެރިކަމެއް ކުރުމަކީ ދުރުގައިވާ ކަމެއްކަމަށް މިއަދު މިފެންނަ މަންޒަރުތަކުން ފެންނަންފަށައިފިއެވެ. ޑިމޮކްރަސީ އާއި އިސްލާމްދީން އެކުކީގައި ނުވާނެކަމަށް ޑިމޮކްރަސީ އާއި އިސްލާމްދީން ދަންނަ ކޮންމެ މީހަކު އެއްބަސްވެއެވެ. އަދި ހަމައެހެންމެ އިސްލާމްދީން ބަދަލު ނުކުރެވޭނެ ކަމަށްވެސް ކޮންމެ މުސްލިމަކު އެއްބަސްވާނެއެވެ. އެހެންކަމުން މުސްލިމް ޤައުމުތަކުން "އިސްލާމިކް ރިޕަބްލިކް" ގެނުމަށް މަސައްކަތްކުރެއެވެ. މިގޮތުން ޕާކިސްތާން ، މުރެޓޭނިޔާ، އަދި އީރާންގައި އޮންނަނީ އިސްލާމިކް ރިޕަބްލިކް ގެ ނިޒާމެވެ. މި ނިޒާމްގައި ރައްޔިތުންގެ މަޖިލީހުން ބޭނުންހާ ގޮތަކަށް ޤާނޫނެއް ނުހެދެއެވެ. އިރާނުގައިވާ އިސްލާމިކް ރިޕަބްލިކް ގެ ނިޒާމުގައި އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ޤާނޫނު ހަދާތޯ ބެލުމަށް "އެކްސްޕާރޓްކޮމިޓީ" ( ދީނީ ސްކޮލަރުންގެ ކޮމިޓީ އެއް) މަޖިލީހަށް ފާރަވެރިވެގެން އޮވެއެވެ. މަޖިލީހުގެ މެމްބަރުންގެ އަހުލާޤާއި ސުލޫކު ބަލާ ދިރާސާކުރުމަށް "ގާޑިޔަންސް ކޮމިޓީ އެއް" (12 ޖޫރީން- ޤާނޫނީ ގޮތުން މަތީ ތަޢުލީމް ލިބިފައިވާ މީހުންގެ ކޮމިޓީއެއް) އޮވެއެވެ. އެހެންކަމުން ކަމާނުގުޅޭވާހަކަ ދެއްކުމާއި އެމީހުން ބޭނުންވުމުން 60 ހާސް މުސާރަ ކަނޑައެޅުން ފަދަ މުޅިޤައުމަށް އެކަމުން ގެއްލުން ލިބިދާފަދަ ބިލުތައްފާހެއްނުކުރެވެއެވެ. އިސްލާމީ ރިޕަބްލިކް ގެ މައިގަނޑު އަސާސްް އަކީ އިސްލާމީ ޝަރީޢަތެވެ. މިސަބަބަށްޓަކައި މި ނިޒާމް ދުނިޔޭގައި ވަރުގަދަވަމުން ދާދިއުމާއި މެދު ހުޅަނގާއި އެމެރިކާއިން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވެފައެވެ. އެހެނީ ޑިމޮކްރަސީއެއްގައި ޤާނޫނު ހެދެނީ އެތަނެއްގެ ރައްޔިތުން ބޭނުންވާ ގޮތަކަށެވެ. ދުނިޔޭގައިވާ އެންމެބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިޔާގައި އެޤައުމުގެ ހައިކޯޓުން "އެއްޖިންސުން ގުޅުން ހިންގުން" މިއަދު ހުއްދަކޮށްފިއެވެ. މިކަމަކީ ޤައުމުތައް ފަސާދަވުމަށް ޑިމޮކްރަސީއެއްގައި ކޮށާލެވޭ އެންމެ ނުރައްކާތެރިމަގެވެ. މީގެ 148 އަހަރުން ފެށިގެން މިއަދާއި ހަމައަށް އިންޑިޔާގައި އެއްޖިންސުން ގުޅުން ހިންގުމުން 10 އަހަރަށް ޖަލަށް ހުކުމްކުރެވެއެވެ. މިކަމަކީ އިނޑިޔާ ޤާނޫނުގެ ސެކްޝަން 377 ގައި ބުނާގޮތުން އަދަބުލިބޭނެ ކުށެކެވެ. ޑިމޮކްރަސީއެއްގައި މިގޮތަށް ޤާނޫނު ހެދުނުކަމުގައިވިނަމަވެސް "އިސްލާމިކް ރިޕަބްލިކް" ގައި މިފަދަ ޤާނޫނުތައް ހެދޭނެ މަގެއްނޯވެއެވެ. |
ކިޔުންތެރިންގެ ޚިޔާލް