| އަންގާރަ, 09 ޖޫން 2009 10:07 |
| ބޭނުންކޮންމެދީނަކަށް އުޅުމުގެ މިނިވަންކަން ... |
|
ޔޫސުފް ޔޫޝަޢު - ޕްލޫރަލިޒަމް ނުވަތަ ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަކީ ޑިމޮކްރަސީ ޤައުމުތަކުގައި އެޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ހައްޤެއްކަމުގައި ބައެއްފަރާތްތަކުން ދަޢުވާކުރެއެވެ. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ދަޢުލަތުން ކޮންމެ ދިވެހިދަރިއަކު އިސްލާމަކަށް ވުންލާޒިމްކުރެއެވެ. މިކަން މިގޮތަށް އޮތުމަކީ ދީނީމިނިވަންކަން ގެއްލޭކަމެއްކަމުގައި މިޒަމާނުގެމިނިވަން ޑިމޮކްރަސީ ގައި ބެލެެއެވެ. ޑިމޮކްރަސީގެ އުސޫލަކީ 1922 ވަނަ އަހަރާއި ހަމައަށް އައި އިރުވެސް އިސްލާމީ ވެރިކަމުގެ އުޞޫލާއި ވަރަށް ބީރައްޓެހި ފިކުރެކެވެ. އޭރު ދުނިޔެއަށް ޑިމޮކްރަސީ އުފަންވިތާ ދެހާސް އެތައް އަހަރެއްވެއްޖެއެވެ. ( ޑިމޮކްރަސީ އަކީ ހަމައެކަނި ވޯޓުލައިގެން ވެރިއެއް ހޮވުމެއްނޫނެވެ. އެއީ ރައްޔިތުން ބޭނުންވާ ގޮތަކަށް އެމީހުންގެ މައްޗަށް ޤާނޫނު ހަދައި ،ހުކުމްތަންފީޒު ކުރުމަށް ވެރިޔަކު ހޮވައިގެން ކުރާ ވެރިކަމުގެ ނިޒާކެވެ. އިސްލާމްދީނުގައި އަމިއްލައަށް ޤާނޫނު ހަދައިގެން އެތަންފީޒުކުރުމުގެ މިނިވަންކަން ދީފައެއްނޯވެއެވެ.) ރިލިޖަސްޕްލޫރަލިޒަމް ގެ އަސްލު މާނައަކީ އެންމެހާ ދީންތަކަކީ ޙައްޤުވެގެންވާ އިލާހީ ދީންކަމުގައި ގަބޫލުކުރުމެވެ. އެހެންޢިބާރާތަކުން ނަމަ ތެދުމަގަކީ އެންމެމަގެއް ނޫންކަމާއި އެންމެހާ ދީނުގައި ވާހާ ގޮތަކީ ދެތުމަގުކަމުގައި ޤަބޫލުކުރުމެވެ. މިއީ މުޅިދުނިޔެއިންވެސް މި ހަރާކާތާއި މި ޢަމަލު މާނަކުރަމުންދާގޮތެވެ. ޕްލޫރަލިޒަމް ބިނާވެފައިވާ އުޞޫލަކީ:- * ހަމައެކަނި އެއްދީނަކީ އިލާހީ ޙައްޤުދީންކަމުގައި ޤަބޫލުކުރެވެންނެތުން * އެއްދީނަށްވުރެ ގިނަދީންތަކުން ގޮވާލެވިފައިވާ ގޮވުންތަކުގައިވާ އެއްގޮތްކަންތައްތަކަކީ ހުރިހާދީނަކުންވެސް ޤަބޫލުކުރާކަންތައްތައް ކަމުގައި ބެލުން. * ދީނީގޮތުން އެކިނަން ކިޔަމުންދާ ބައެއްކަންތައްތަކަކީ ދީނީގޮތުން ތަފާތު ނަންތަކެއްކަމުގައި ވިޔަސް އެކިދީނުގެ މެދުގައި ފަރަގެއްނެތްކަމުގައި ގަބޫލުކުރުން. ( މިސާލަކަށް ބުއްދާ. ބަގްވަދީދާ، ސެއިންޓް ހޯލީސްޕްރިޓް، މިގޮތަށް ކިއުނު ކަމުގައި ވިޔަސް ބުއްދިއަށް ވިސްނޭގޮތުގައި އެއްފަރާތަކަށް ކިޔޭ ގިނަނަން ކަމުގައި ބަލައިގަތުން ) * ތަފާތު އިލާހުންތަކަށް އަޅުކަން ކުރިކަމުގައިވިޔަސް އެކަމަކީ ދީނީތަފާތު ކުރުމެއްކަމުގައި ބަލައިނުގަތުން، އެކަމަށް އޮންނަ މިނިވަންކަން ލިބިއޮތުން. ދީނީ މިނިވަންކަމުގެ ވާހަކަ ދައްކަމުންދާއިރު ވަރަށްބޮޑަށް މުސްލިމުންނަށް އޮޅޭގޮތަށް މިވާހަކަ މީޑިޔާތަކުން އަންނަނީ ފަތުރަމުންނެވެ. ހިއުމަންރައިޓް ޑެކްލަރޭޝަން ގެ 16،17،18 ވަނަ މާއްދާގައި ވާގޮތުގެ މަތިން ދީނަށް އުޅުމުގެ މިނިވަންކަން ލިބިދޭންޖެހޭނެ ކަމަށް ގޮވާ ދަޢުވާ އުފަލަމުންނެވެ. މުސްލިމުންގެ ސިކުނޑިއަށް ވެއްދޭތޯ ބަލަމުންދަނީ މިއީ އެއްވެސް ވަރަކަށް ނާމާން ކަމެއް ނޫންކަމުގައެވެ. ދިވެހިރާއްޖޭގައި އުޅޭބިދޭސީންނަށް އެމީހުންގެ ދީނަށް އުޅުމުގެ މިނިވަންކަން އޮންނަންޖެހޭނެކަމުގައެވެ. އެހެނީ އަހަރެމެން ބޭރުގެ ގިނަޤައުމުތަކަށް ގޮސް އުޅޭއިރު ( އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިޔާ ފަދަ ޤައުމުތަކަށް ގޮސްއުޅޭއިރު ) އަހަރެމެންގެ ދީނަށް އުޅުމުގެ މިނިވަންކަން ލިބިފައި އޮންނަ ކަމުގައެވެ. އެގޮތަށް އެމީހުން މިޤައުމަށް އައުމުންވެސް އެމިނިވަންކަން ލިބިދޭންޖެހޭނެ ކަމުގައެވެ. އެހެނަސް ޙަޤީޤަތަކީ މިއީއެއްނޫނެވެ. މަތީގައި ބަޔާން ކުރެވުނު ޤައުމުތަކަކީ ސައްތައިން ސައްތަ މުސްލިމް ނުވަތަ ސައްތައިން ސައްތަ ނަސޯރާ ނުވަތަ އެނޫން އެއްވެސްދީނެއްގެ މަތީގައިވާ ޤައުމު ތަކެއްނޫނެވެ. (ސެކިއުލަރ ޤައުމުތަކެކެވެ.) ހަމައެކަނި އެމެރިކާގައިވެސް 1.8 މިލިއަން މުސްލިމުން ދިރިއުޅެމުންދެއެވެ. އެހެންކަމުން މި މުސްލިމުންނަށް އަޅުކަން ކުރުމަށް 1200 މިސްކިތްބިނާކުރެވިފައި ވެއެވެ. މިކަން މިގޮތަށް ކުރެވިފައިވަނީކީ އެއްގޮތަކަށްވެސް އެޤައުމަށް އެކިބޭނުމުގައި ޒިޔާރަތްކުރާ ފަރާތްތަކަކަށް ނޫނެވެ. އެއީ އެތަނުގެ ރައްޔިތުންނަށްޓަކައެވެ. މުސްލިމުންގެ ޢަދަދު ގިނަޤައުމުތަކަށް ބަލާލާއިރު އިންޑޮނޭޝިޔާ މެލޭޝިޔާ ބެލެވޭނީ އެކިދީނަށް އަޅުކަންކޮށް އުޅުމުގެ މިނިވަންކަންލިބިއޮތް ޤައުމުތައްކަމުގައެވެ. އެހެނީ އެޤައުމުތަކަކީވެސް ސައްތައިންސައްތަ މުސްލިމް ޤައުމުތަކެއްނޫނެވެ. ސައްތައިންސައްތަ މުސްލިމް އޭ ބުނާ ބަހުގެ މާނައަކީ ދައުލަތުން އެދައުލަތެއްގެ ރައްޔިތެއް ކަމުގައި ބަލައިގަންނަނީ މުސްލިމެއްކަމުގައި ވުމުންނެވެ. ދިވެހިންގެތެރެއިން މީހަކު ނަސޯރާވިނަމަވެސް (އިސްލާމްދީންދޫކޮށްދައުމުން ) އެމީހުންތަޢުޒީރުކޮށް އިސްލާމަކު ކަމުގައި ވުމަށް އެންގެއެވެ. ( އިސްލާމްދީން ދޫކޮށް ކާފިރުވުމުން ދީނުގައި އޮންނަ ހުކުމަކީ މެރުމެވެ. އެހެން ކަމުން މިކަމުން އިނގެނީ އިސްލާމްދީން އެއްވެސްވަރަކަށް ޕްލޫރަލިޒަމަށް ފުރުޞަތުދީފައި ނެތްކަމެވެ.) ޕްލޫރަލިޒަމްގެ ފުރަތަމަ ނުކުތާ އަކީ "ހަމައެކަނި އެއްދީނަކީ އިލާހީ ޙައްޤުދީންކަމުގައި ޤަބޫލުކުރެވެންނެތުން" ކަމުގައިވީ އިރު މިކަމަކީ އެއްވެސްހާލެއްގައި އިސްލާމްދީން ޤަބޫލުކުރާކަމެއްނޫނެވެ. (ޤުރުޢާނުގައި ކަނޑައެޅިގެން އިސްލާމްދީން ނޫން އެހެންހުރިހާ ދީންތަކަކީ ބާތިލުދީންތަކެއްކަމުގައި ﷲ ތާޢާލާ ބާޔާންކުރައްވާ އަންގަވާފައިވެއެވެ. ) އެހެންވީއިރު މިކަކަށްދިވެހިރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމަކުން ފުރުޞަތުދިނުމަކީ އެއްގޮތަކަށްވެސް އިސްލާމުންގެ ގޮތުގައި ތިބެކުރުން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ރިލިޖަސްޕްލޫރަލިޒަމް އަށް ދެވިފައިވާ އަނެއްނަމަކީ އިނަޓަރފެއިތް ޑައެލޮގެވެ. އިންޓަރފެއިތްޑައެލޮގަކީ ހުރިހާދީންތައްގުޅިގެން އެކިދީނުގެ މެދުގައި އޮތް ދީނީ އަޚްލާޤާއި ދީނީސަގާފަތުގެ މެދުގައި އޮތް ފަރަގުކުރުންތައް،( ތަފާތުކުރުންތައް) ނައްތާލާ އެއް ޔުނީފޯމަކަމަކުން އިންސާނުން ފޭރާން ކުރުމަށްގޮވާލުމެވެ. މިކަމަކީ ފަރުދީ ފެންވަރެއްގައާއި އިޖްތިމާޢީ ފެންވަރެއްގައި ނުހަނު ފޯރިއާއިއެކު މަކަރާއި ހީލަތުން ކުރެވެމުން އަންނަ މަސައްކަތެކެވެ. |
ކިޔުންތެރިންގެ ޚިޔާލް