| ހުކުރު, 05 ޖޫން 2009 19:24 |
| ޕްރައިވަޓައިޒްކޮށްގެން ލިބޭނީ ގެއްލުންބާ؟ ނުވަތަ ފައިދާބާ؟ |
|
ޔޫސުފްޔޫޝަޢު - ޕްރައިވަޓައިޒް ކުރުން ނުވަތަ ސަރުކާރާއި ރައްޔިތުން ނުވަތަ ބައެއްކުންފުނިތައް ހިއްސާވާ ގޮތަށް ވިޔާފާރި އުސޫލުން ޚިދުމަތްދިނުމަކީ ވަރަށް ބީރައްޓެހި ފިކުރަކަށް މެދުއުމުރުށް ވުރެދުވަސްވީ ދިވެހިންނަށް ވެދާނެއެވެ. އަދިއެކަމުގެ މަންފާ ނުވަތަ އެކަން ހިންގިދާނެ ގޮތުގެ ފިކުރެއް ފަހަރެއްގައި މިދަންނަވާ އުމުރުގެ މީހުންގެ ބުއްދިއަށް ނުވިސްނިދާނެއެވެ. މިއީ މިކަމަށް ތާޢީދުކޮށް މީހަކުބުނެފާނެ އެންމެ ރިވެތި އެއްބަހެވެ. ޕްރައިވަޓައިޒް ކުރުމާމެދު ދެކޮޅު ހަދާމީހަކުނަމަ "ޤައުމުގެ މުދާ" ބޭރުބަޔަކަށް ވިއްކާކަމުގެ ޝަކުވާކުރާތަން ފެނެއެވެ. އަދި އެންމެފަހުން އެއާޕޯޓްވެސް ވިއްކާލައިފިއޭ ބުނާއަޑު އިވޭކަމުގެ "ހިތި" ހަނދާންތަކުގެ ވާހަކަ ދައްކައެވެ. އަހަރެމެންގެ އަތުގައިވާ ބައެއްތަކެތި ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވޭނީ އެކަމަށް އެކަށޭނެ ސާމާނާއި ވަސީލަތް ނެތުމުންނެވެ. އައިޖީއެމް ހޮސްޕިޓަލް ގައި ސީޓީ ސްކޭނެއް މެޝިން ހަލާކުވެފައި ހުރުމުގެ ސަބަބުން ނުހެދެއެވެ. މައިކްރޯއަލްބަމިން ޓެސްޓެއް ނުހެދެއެވެ. ގިނައަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ބޭރަށް ދެއެވެ. ހަމައެކަނި އިންޑިޔާގެ ކިމްސްހޮސްޕިޓަލްއަށް ދައްކާދިވެހިންގެ ޢަދަދު އެތާނގެ އާމްދަނީގެ %60 ހިއްސާކުރާކަމުގައި އެތަނުން ނެރުނު ރިޕޯޓަކުން ބުނެފައިވެއެވެ. އައިޖީއެމް ހޮސްޕިޓަލް ގައި ކިމްސްއާއި އެއްފެންވަރަށް މިހާރުވެސް ޚިދުމަތްދޭ އަގުގައު ޚިދުމަތް ދެވިދާނެ ކަމަށް ދެތިން ހޮސްޕިޓަލަކުން ޝަޢުގުވެރިކަން މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން ފާޅުކުރުމުން އެކަމަށް ވަނީ ބީރުކަންފަތެއްދީފައެވެ. އޭސިޔާތެރޭގައި ދިވެހިރާއްޖެއަކީ އެންމެ ތަޢުލީމީ ޤައުމު ކަމުގައި ތަކުރާރުކޮށް މަޢުމޫނު ބުނަމުން ދިޔަކަމުގައި ވިނަމަވެސް މިއީ ދެކުނު އޭސިޔާ ތެރެއިން ހަމައެކަނި "ޔުނިވަރސިޓީ" އެއް ނެތްޤައުމެވެ. ހަމައެކަނި މިކަމަށް އެޅިފައި އޮތް ހުރަހަކީ ދައުލަތުން ނޫނީ މިފަދަކަންކަން ކުރުމަށް ފުރުޞަތުދެވިފައި ނެތްކަމެވެ. އަދި ހަމައެއާއިއެކު ދައުލަތުން އެކަން ކޮށްދެވިފައި ނެތްކަމެވެ. ދުނިޔޭގެ ކަންކޮޅުތަކުންވެސް ( ހާއްސަކޮށް އެފްރިކާ ބައްރުން ) ގިނަބަޔަކު ތަޢުލީމް ހާސިލްކުރުމަށް މެލޭޝިޔާ އަށް ދާއިރު އެތަނަކީ ނިސްބަތުން ޔުނިވަރސިޓީ ގިނަތަކެވެ. ސުވާލަކީ އެތާނގެ ތަޢުލީމީ ނިޒާމް ވަނީ ޕްރައިވަޓައިޒް ކުރެވިފައިތޯއެވެ. ހަމަޔަޤީނުންވެސް އެތާނގެ ތަޢުލީމީ ނިޒާމްކުރިއަރައިގެން ދިއައީ ޕްރައިވެޓައިޒް ކުރުމުގެ ސަބަބުންނެވެ. ފަރުކޮޅުފުށި (ކްލަބްފަރު) ޔުނިވަރސިޓީ އަކަށް ހެދުމަށްޓަކައި ހޮޓެލްސްކޫލަށް ދިނުމަށް ޚިޔާލުފާޅުކުރުމުން އޭރުގެ ސަރުކާރުން އެކަމާއި އިންކާރު ކުރިއެވެ. އެފަދަ ރިސޯޓް ޔުނިވަރ ސިޓީއެއް ޤާއިމް ކުރެވުނުނަމަ ދުނިޔޭގެ ކަންކޮޅުތަކުން "ޓޫރިޒަމް" ކިޔެވުމަށްޓަކައި ރާއްޖޭގެ ޔުނިވަރސިޓީ އަށްވުރެ މުނާސަބުތަނެއްނެތުނީހެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކަންހިނގާގޮތަށް ބަލާލާއިރު ފެނިގެން ދަނީ ހުޅުވިފައިވާ ވިޔާފާރި މާހައުލެއްގައި ސަރުކާރައި ރައްޔިތުން ނުވަތަ ކުންފުނި ތައްގުޅިގެން ރައްޔިތުންނަށް ޚިދުމަތްދޭތަނެވެ. ފައިސާގެ ދަތިތަކާއި އުނދަގޫތަކުުން ޚިދުމަތް ފުޅާނުކުރެވިވާ ގިނަގުނަ ދާއިރާއަކުން ޚިދުމަތް ފުޅާކުރެވެމުންދާތަނެވެ. މި ފިކުރާއި އިދިކޮޅަށް ވިސްނައިފިނަމަ ފެނިގެންދަނީ ކުރިމަތިވެފައިވާ ދަތިކަން ފިލުވާލުމުން މާދަމާއަށް އިތުރުމައްސަލަތަކެއް ކުރިމަތިކުރުވާތަނެވެ. ހިންގުމުގެ އޮނިގަނޑުއަމިއްލަ ކުންފުނި ތަކުން ހިންގަން ފެށުމުން އެމީހުން އެކަން ކުރުމުގެ މަޤްޞަދު މުޅިން ބަދަލުވެގެންދާތަނެވެ. ހޯދުނު އެންމެ ނަތީދަރަޖަަ އަކަށް ފައިދާ ހޯދުމަކީ މިފަދަ ކުންފުނިތަކުގެ އެންމެ ބޮޑު އަމާޒެވެ. |
ކިޔުންތެރިންގެ ޚިޔާލް