| ހޯމަ, 08 މާރޗް 2010 00:53 |
| މިލަދޫގައި ބޭއްވި ޑީއާރުޕީ ޖަލްސާއަކަށްފަހު އެމްޑީޕީ ބަޔަކާ ދެމެދު ހަމަނުޖެހުން ހިންގައިފި |
|
ނ. މިލަދޫގައި ޑީއާރުޕީން ބޭއްވި ޖަލްސާ އަކަށްފަހު ޑީއާރުޕީ އާއި އެމްޑީޕީގެ މެންބަރުން ހަމަނުޖެހުން ހިންގައިފިއެވެ. މި ހަމަނުޖެހުން ހިންގީ ޑީއާރުޕީގެ ޖަލްސާގައި މިލަދޫ ރަށު ކައުންސިލަރު ޙަސަން މޫސާ ޑީއާރުޕީގެ މެންބަރަކަށް ހަތްހާސް ރުފިޔާ ދޭން އޮތް ވާހަކަ ދައްކާ އޭނާގެ އަބުރާބެހުނު ކަމަށް ބުނެ އުފެދުނު ދެބަސްވުމަކަށް ފަހުގައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި މިލަދޫ އޮފީހަށްވެސް ވަނީ ގެއްލުންދީފައެވެ. ރޭ ހިނގި އެ ހަމަނުޖެހުމުގައި އެރަށު އޮފީހުގެ ކުޑަ ދޮރުތަކުގެ ބިއްލޫރިތައް ބަޔަކު ވަނީ ތަޅާލާފައެވެ. ރޭގެ މި ހަމަނުޖެހުމުގައި އެރަށުގެ ކަތީބުކަން ކުރިން ކުރައްވާފައިވާ އަދި މިހާރު އެރަށު ޑީއާރުޕީ ގޮފީގެ ރައީސް، ރަށު ކައުންސިލަރުގެ ކަންފަތްމަތީ ޖެހުމުގެ ސަބަބުން އެވަގުތު އެތަނަށް ގޮސް ތިބި ފުލުހުން ޑީއާރުޕީ ގޮފީގެ ރައީސް، ބިޑި އަޅުވައިގެން ގެންގޮސްފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. މި ހަމަނުޖެހުމާ ގުޅިގެން ހެނދުނު ވަންދެން މިލަދޫ ކައުންސިލަރު އިންނެވީ އޮފީހުގައި ފުލުހުންގެ ހިމާޔަތުގައި ކަމަށެވެ. |
ކިޔުންތެރިންގެ ޚިޔާލް