| އަންގާރަ, 26 ޖެނުއަރީ 2010 14:18 |
| 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި 4 ކުއްޖެއްގެ މައްޗަށް ހުކުމްކޮށްފި |
2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 31 ވަނަ ދުވަހުގެ ރޭ 14 އަހަރުގެ އަންހެން ކުއްޖަކު ނ. ހޮޅުދޫގައި ރޭޕްކުރި މައްސަލައިގައި ހަތަރު ކުއްޖެއް މައްޗަށް ހޮޅުދޫ ކޯޓުން ހުކުމް ކޮށްފިއެވެ.1429 ވަނަ އަހަރުގެ މުލަރޯދަވިލޭރޭ ހިންގި މިރޭޕުގެ މައްސަލައިގައި ހުކުމް ކޮށްފައިވާ ހަތަރު މީހުންނަކީ ޙަސަން އަޔާދު، ހަސަން ނާފިއު، ޢަލީ ރަޒީން އަދި މުޙައްމަދު ޙަމީދެވެ. މި މީހުންނަށް ހުކުމް ކުރީ 19 އެތިފަހަރުން ތައުޒީރުކޮށް 2 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. މި މައްސަލައިގައި ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރު ނުފުރޭ ކުދިންނާ 18 އަހަރުގެ ކުދިންނެވެ. މި މައްސަލައިގައި ފުލުހުން ކުރިން ބުނެފައިވަނީ މި 14 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ފިހާރައަކުން ނިކުމެގެން ދަނިކޮށް ހަ ކުއްޖަކުވެގެން އެ ކުއްޖާ ގަދަކަމުން އަތިރިމައްޗަށް މީހުން ނޫޅޭ ސަރަޙައްދަކަށް ގެންގޮސްގެން ކަމަށެވެ. ވަތަނިއްޔާ އެންޓަނާ ހުރި ސަރަޙައްދަށް މި ކުޑަކުއްޖާ ގެންގޮސްގެން ޒިނޭ ކުރިކަމަށް ހަތަރު ކުއްޖަކު ތަހުގީގުގައި އިޢުތިރާފު ވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި 14 އަހަރުގެ އަންހެން ކުއްޖާއަށް ޖިސްމާނީ ގޮތުން ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ފުލުހުންވަނީ ކުރިން ބުނެފައެވެ. |
ކިޔުންތެރިންގެ ޚިޔާލް