އަންގާރަ, 26 ޖެނުއަރީ 2010 13:59
ލަންދޫ ލިޔެސް ޖަމްޢިއްޔާގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ލަންދޫގެ މަދަނީ ޖަމްއިއްޔާ ކަމަށްވާ، ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް) ގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ހަވީރު ލިޔެސް އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު އަލީއެވެ.

ބިންގާ އެޅުމަށް ޚާއްޞަ ކުރެވިފައިވާ ގާ މުޙަންމަދު އަލީއާއި ހަވާލުކޮށްދެއްވީ ލިޔެސްގެ ފުރަތަމަ ރައީސް އަދި ލަންދޫ ސްކޫލް ހިންގެވުމާ ޙަވާލުވެ ހުންނެވި މުޙަންމަދު އިބްރާހީމްއެވެ. ލިޔެސް ޖަމްޢިއްޔާއިން ބުނާ ގޮތުގައި ވަރަށް އަވަހަށް އޮފީސް އިމާރާތުގެ އަމަލީ މަސައްކަތް ފެށޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.

ލިޔެސް ޖަމްޢިއްޔާއިން ބުނާގޮތުގައި މާލަސްތަކެއް ނުވެ ފައުންޑޭޝަން އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރެވޭނެއެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
.... މިހާރު ކުއްޅަވައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކޮށްނިމިގެން މިހާރުއުޅެނީ ލަންދޫން ކުއްޅަވައްގަހަކާއި ވަރަށްބޮޑަށްހިތްކިޔައިގެން ދެންއަޑުއިވޭނީ އެކުއްޅަވައްގަސް ގާޒީ ސަމަދު ލައްވާ މިލްކްކުރާއަޑު މާލަހެއްނުވެ އެކަންވެސްކުރާނެ، މިހާރުވެސް ރޭގަޑުގެ ބޮޑުބައި ހޭދަކުރަނީ ކުއްޅަވައްގަސްކައިރީގައެވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިހާރު ހުންނެވީ ނުރަސްމީ ރަސްމީ ދަތުރުފުޅެއްގައި ނ. ލަންދޫގައި މި ދަތުރުގެ އެންމެ ބޮޑު ބޭނުންފުޅަކީ ލަންދޫން އަލިމަސްޖެހި ކުއްޅަވަކެއް (ސަމްސު ކުއްޅަވަކެއް) ހޯއްދެވުން ކަމަށް ވަރަށް މުޢުތަބަރުކޮށް މަޢުލޫމާތު ލިބިފައިވަނީ. މިކަންތައް ކޮށްދެއްވުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ލިޔެސް ޖަމިއްޔާގެ އެއް މަސްއޫލު މެންބަރު، މިކަމަކީ ކުރިއަށް އޮތް ކައުންސިލަރ ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރައްވާ ކެމްޕޭނުގެ ވަރަށް ބޮޑު ބައެއް ކަމަށްވެސް މަޢުލޫމާތު ލިބިފައިވޭ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...