އަންގާރަ, 19 ޖެނުއަރީ 2010 07:07
މިލަދޫގައި ދޮންނަމެޝިނަކުން އެއްޗެހި ދޮންނަން އުޅުނު އަންހެންކުއްޖެއްގެ އިނގިލި ބުރިވެއްޖެ

ނ.މިލަދޫގައި ދޮންނަމެޝިނެއްގެ ހިއްކާބައިގައި ތާށިވެ ޒުވާން އަންހެންކުއްޖެއްގެ އިނގިލި ބުރިވެއްޖެއެވެ. މިހާދިސާގައި އަނިޔާވީ ނ.މިލަދޫ ލައިޓްވިލާ ޢުމުރުން 17 އަހަރުގެ ހުސްނާ އިބްރާހީމް އަށެވެ. މަޢުލޫމާތު ލިބިފައވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ، ދޮންނަމެޝިނުގެ ހިއްކާބައި އެއްކޮށް ނުހުއްޓެނީސް އަވަސްކުރަންވެގެން ހިއްކާބައިގެ މަތިނެގުމަށްފަހު މަތީގައިވާ ރަބަރު ބުރުގެ މަތީގައި މަޑުމަޑުން އަތްޖައްސާލިވަގުތު އެބުރުތެރެއަށް އޭނާގެ އިނގިލިވަދެ އިނގިއްޔާއެކު އެނބުރުނީއެވެ.

އިއްޔެ މެންދުރު 12 ޖަހާ އެހާކަންހާއިރު ހިނގި މިހާދިސާގައި ހުސްނާގެ ކަނާތުގެ ޝަހާދަތް އިނގިލީގެ ކުރީ ދެބަދަ ވަނީ ފިސްފިސްވެ އެއްކޮށް ވަކިވެފައެވެ. މިކަން ހިނގިތާ ފަނަރަ ވަރަކަށް މިނިޓްތެރޭގައި ހުސްނާއަށް ވަނީ މިލަދޫ ސިއްޙީމަރުކަޒަށް ގެންގޮސް ފަރުވާދީފައެވެ. މިއަހަރު އޯލެވަލް އިމްތިހާނު ހެދި ހުސްނާ އަކީ ތިން އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިން ހިމެނޭ އާއިލާގެ ހަތްވަނަ ކުއްޖާއެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
މެޝިން ރަނގަޅަށް ނުހުއްޓެނީސް މަތިނެގުމަކީ މެޝިންވެސް ހަލާކުވާ ކަމެއް. މިފަދަ ކަންތައްތައް މެދުވެރި ނުވާގޮތަށް ކެތްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުމަށް އަޅުގަނޑު ދަންނަވަން.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+4
 
 
 
ރައްދު ދެއްވުމަށް
މެސިން މަތި ހިއްލާއިރަށް އޮޓޯއިން ހިކާބައިގެ ރަނިންގް ސްވިޗް ނިވޭނެ. އެއީ މެސިން އަށް އެއްވެސް މައްސަލައެއް ދިމާވާނޭ ކަމެއްނޫން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+7
 
 
 
ރައްދު ދެއްވުމަށް
ހުސްނާއަށް ތިކަންދިމާވީތީ ވަރަށް ދެރަވަމެވެ.ނަމަވެސް ތިޔަމެޟިން ގެ ކޮންމެވެސް މައްސަލައެއްދިމާވެގެން ކުރިމަރާމާތެއް އޭގެ އެންމެ ރަނގަޅުގޮތުގައި ކުރެވިފައިނެތީމާ ދިމާވި ހިއްދަތި ކަމެއްކަމަށް ފެނެއެވެ.ހިއްކާބައި މަތިގަނޑު ނަގާވަގުތު މެޟިން އަމިއްލަ ޒާތުގައި ޓަބް ބުރެކި ޖެހި ހުއްޓެން ޖެހޭނެއެވެ.ނަމަވެސް ތިޔަ މެޟިނުގެ އެބައި ބައިޕާސް ކޮށް މެޟިންގެ އޮރިޖިނަލް ސޭފްޓީ ފީޗާރސް ހަލާކުވެފައި ހުރިކަން ފާހަގަ ކުރަމެވެ.(މެޟީން މަރާމާތު ކުރާފަރާތެއް)
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ވަރަށްދެރަ ވަރަށްހިތާމަކުރަން ތިހެންދިމާވީމަ.ދެން ވެސްބަލައިގެން އުޅޭތި.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިލަދޫ މީހުން ނުވިސްނާ ކުރާ ކަންތައްތައް މިހުންނަނީ ކުރިޔަށް އޮތް ތަނުގަ މިކަހަލަ ކަންކަމަށް ސަމާލުކަން ދިނުމަކީ ވ ވ ވ ވ މުހިންމު ކަމެއް ކަމަށް ފެނޭ!!!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...