| އަންގާރަ, 12 ޖެނުއަރީ 2010 23:50 |
| ލަންދޫ ސްކޫލް ހިންގަން ޓީޗަރަކާ ހަވާލުކޮށްފި |
|
ނ. ލަންދޫ ސްކޫލް ހިންގަން އެސްކޫލްގެ ޓީޗަރަކާ އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފިއެވެ.
ލަންދޫ ސްކޫލް ހިންގަށް ހަވާލުކުރީ ޓީޗަރަކީ ނ. ލަންދޫ ކެރެޓް މުޙައްމަދު އިބްރާހިމް ( މޯޑް) އެވެ. ސްކޫލް ހިންގަން ހަވާލުކުރިއިރު މުޙައްމަދު އިބުރާޙިމް ހުރީ ލަންދޫ ސްކޫލްގެ ޓްރެއިންޑް ޓީޗަރެއްގެ މަޤާމްގައެވެ. ލަންދޫ ސްކޫލް ހިންގަން ޓީޗަރަކާ ހަވާލުކުރީ ބޭރުގެ ޕްރިންސިޕަލެއް އެސްކޫލް އެއް އަހަރު ހިންގުމަށްފަހުގައެވެ. މުހައްމަދު އިބްރާހިމް އަކީ ކ. އަތޮޅު ތަޢުލީމީ މަރުކަޒުން ސާނަވީ ތަޢުލީމް ހާޞިލް ކުރުމަށްފަހު ވަގުތީ ޓީޗަރެއްގެ ގޮތުގައި ސްކޫލަށް ވަދެ، ޓީޗިންގ ސެޓްފިކެޓް ހާސިލުކޮށްފައިވާ މީހެކެވެ. ލަންދޫގެ އިޖްތިމާޢީ ހަރަކާތްތަކުގައި އިސް ސަފުގައި ހަރަކާތްތެރިވަމުންދާ މުޙައްމަދު އިބްރާހިމްއަކީ ލަންދޫ ޔޫތުއެންކަރޭޖިންގ ސޮސައިޓީ (ލިޔެސް ) ގެ ފުރަތަމަ ރައީސެވެ. ލަންދޫ ސްކޫލް އެންމެ ގިނަ ދުވަހު ހިންގެވީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ނ. ލަންދޫ އަރާއިރު ޢަބްދުﷲ ޢާމިރެވެ. އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫ ސްކޫލް ހިންގުން ޓީޗަރަކާ ސިވިލް ސާވިސް އިން މި ހަވާލުކުރީ މިވަގުތު އެސްކޫލްގައި އިސްކޮށް ތިބި އެއްވެސް މީހަކު ސްކޫލް ހިންގުމާ ހަވާލުނުވުމުންނެވެ. |
ކިޔުންތެރިންގެ ޚިޔާލް