އާދިއްތަ, 03 ޖެނުއަރީ 2010 22:33
ނ.ފޮއްދޫ ކްރައިމް ޕްރިވެންޝަން ކޮމެޓީ އިފްތިތާޙްކޮށްފި


ނ.ފޮއްދޫ ކްރައިމް ޕްރިވެންޝަން ކޮމެޓީ އިފްތިތާޙް ކުރުމުގެ ޖަލްސާ 2010 ޖެނުއަރ 02 ވަނަދުވަހުގެ 15:00 ގައިގައި ނ.ފޮއްދޫ ސްކޫލްގައި ބާއްވައިފިއެވެ. 14 މެމްބަރުންގެ މައްޗަށް އެކުލެވޭ މިކޮމެޓީ އިފްތިތާޙް ކޮށްދެއްވީ ފޮއްދޫ ކައުންސެލަރ އަލްފާޟިލް އިބްރާހީމް ހަނީފް ޢަލީއެވެ. މިކޮމެޓީ އިފްތިތާޙް ކޮށްދެއްވަމުން އިބްރާހީމް ހަނީފް ޢަލީ ދެއްކެވި ވާހަކައިގައި ނ.ފޮއްދޫ އަކީ އާބާދީގެ ގޮތުން ކުޑަރަށަކަށްވިޔަސް ފުލުހުން ފޮއްދު އާއި ދޭތެރޭ ބައްހައްޓަވާ ގާތްކަމާއި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ﷲ ގެ ވާގިފުޅާއިއެކު ފޮއްދޫއަކީ ކުއްކުރުން މަދުރަށެއްކަމުން ކޮމެޓީގެ މަގުސަދަކަށްވާން ޖެހޭނީ އެގޮތިތުގައި ރަށް ބޭއްވުމުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްކުރުންކަމަށްވެސް ވިދާޅުވިއެވެ.

މިކޮމެޓީގެ ޗެއަރމަންއަކަށް ހޮވުނީ ނ.ފޮއްދޫ/މާރެހަ އިބްރާހީމް ޙަސަންއެވެ. މިއީ ނ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ކޮމެޓީ އުފެއްދި 07 ވަނަރަށެވެ. މީގެ އިތުރުން ނ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން ފޮއްދޫ ޕްރީ ސްކޫލަށް ޓީޝާޓް ހަދިޔާކުރުން އޮތެވެ. ފޮއްދޫ ޕްރީ ސްކޫލްގެ ފަރާތުން މި ޓީޝާޓް ބަޔާއި ހަވާލުވެ ލެއްވީ ފޮއްދޫ ސްކޫލްގެ ހެޑް އާދަމް އަޙްމަދު ފުޅެވެ. މީގެ އިތުރުން ފޮއްދޫގެ ރައްޔިތުންނާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ނ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ޓީމަކާއި ފޮއްދޫ ފަންރިޔާ ސްޕޯރޓްސް ކުލަބްގެ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްކުޅެވުނެވެ. މިމެޗް ނިމުނީ 00 ން އެއްވަރު ވެގެންނެވެ. ނ.ފޮއްދޫއަކީ 424 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

 މިލިޔުމާއިގުޅޭ އިތުރު ފޮޓޯތައް: 

 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
-1
 
 
 
ރައްދު ދެއްވުމަށް
ފުޓްބޯޅަ ކުޅެގެން ކުއްމަދު ކުރެވޭނަމަ، މިހާރު ދިވެހި ރާއްޖޭގައި ކުށްމަދު ކުރެވުނީސް
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...