| ހުކުރު, 01 ޖެނުއަރީ 2010 11:41 |
| ނ. މާފަރު ކޯޓަށް ބައެއް އިތުރުކުރުމަށް ނިންމައިފި |
ނ. މާފަރު ކޯޓަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތް މިއަންނަ ހަފްތާގައި ކޮންޓްރެކްޓަރާ ޙަވާލުކުރުމަށް ހަމަޖެހިފައިވާކަމުގައި ނ. އަތޮޅު އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ނަޝީދު ވިދާޅުވެއެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މާފަރު ކޯޓަށް އިތުރުކުރާ ބައިގައި ޝަރީޢަތްކުރާ ކޮޓަރިއަކާއި، މެޖިސްޓްރޭޓް ކޮޓަރިއަކާއި، އިދާރީ މުވައްޒަފުން މަސައްކަތްކުރާ ޖާގައަކާއި، ޙާޟިރުކުރާމީހުން ބައިތިއްބާ ތަނެއް ހިމެނެއެވެ. މި ބައި ޢިމާރާތްކޮށް ނިންމުމަށް 140 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި މާފަރުގެ އާބާދީއަކީ 710އެވެ. އޭގެ ތެރޭގައި ހިމެނެނީ 305 ފިރިހެނުންނާއި 405 އަންހެނުންނެވެ. އަދި މާފަރު ކޯޓަށް 2008 ވަނަ އަހަރު 49 މައްސަލަ ހުށަހެޅިފައިވެއެވެ. |
ކިޔުންތެރިންގެ ޚިޔާލް