|
ބުރާސްފަތި, 28 މެއި 2009 19:55 |
|
ނޫ ޕާސްޕޯޓެކޭ އެއްގޮތަށް ރަތް ޕާސްޕޯޓުން ދަތުރުކުރާ މީހުން ފާސްކުރަން ކަސްޓަމްސް އިން ހަމަޖައްސައިފި |
|
އާދައިގެ ނޫ ނުވަތަ އޯޑިނަރީ ޕާސްޕޯޓުން ދަތުރުކުރާ މީހުންނެކޭ އެއްފަދައިން ޑިޕްލޮމެޓިކް ރަތް ޕާސްޕޯޓްގައި ދަތުރުކުރާ ދިވެހިންގެ ފޮށިތަންމަތި ވެސް ސްކޭންކޮށް ކޮންމެހެން ބަލަންޖެހިއްޖެ ހާލަތެއްގައި ފޮށިތަންމަތި ވެސް ހުޅުވައިގެން ފާސްކުރާ ގޮތަށް ކަސްޓަމްސް އިން ހަމަޖައްސައިފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކަސްޓަމްސްގެ ޑިރެކްޓަރ އިސްމާޢީލް ނާޝިދު ވިދާޅުވީ މިގޮތަށް ހަމަޖެއްސި ނަމަވެސް ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން 1961 ގެ ދަށުން ހާއްސަ އިނާޔަތް ލިބިދެނީ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ކަމަށް ވާތީ، އެ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްފަދައިން ހާއްސަ އިނާޔަތް ލިބިގެންވާ ކަމަށެވެ.
ނާޝިދު ވިދާޅުވީ ޑިޕްލޮމެޓިކް ޕާސްޕޯޓަކީ އެ ޑިޕްލޮމެޓެއް ނިސްބަތްވާ އަމިއްލަ ގައުމުގައި އެއްވެސް އިނާޔަތެއް ހޯއްދެވުމުގެ ބޭނުމުގައި ދޫކުރެވޭ ލިޔުމެއް ނޫން ކަމަށާއި ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތުމަކުން އެމީހަކު ނިސްބަތްވާ ޤައުމަކުން އެއްވެސް އިނާޔަތެއް ދިނުމަށް ހަމަޖެހިފައި ނޯންނާނެ ކަމަށެވެ. އަދި އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ދިވެހި ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރެވެނީ އެ ބޭފުޅުން ރާއްޖޭން ބޭރުގައި އުޅުއްވާއިރު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ރަސްމީ ކަންތައްތައް ފަސޭހަކަމާއެކު ކުރެއްވޭނެ މަގު ފަހިކޮށްދިނުމަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ކަމަށްވެސް ނާޝިދު ވިދާޅުވި އެވެ.
|
ކިޔުންތެރިންގެ ޚިޔާލް