|
އަންގާރަ, 19 މެއި 2009 08:40 |
|
އަލިވާގެ ކައިރި ހިނގި ހަމަނުޖެހުމުގައި ސްޓޭޓް މިނިސްޓަރ އަސްލަމަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ |
 މިމަހުގެ 16 ވަނަ ދުވަހުގެރޭ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހުންނަވާ އަލިވާގެ ކައިރިއަށް ބަޔަކު އެއްވވި އެއްވުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ފުލުހުންގެ ހަމަލާއެއް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް އަސްލަމް ޝާކިރުގެ ގަޔަށް އަރާފައިވާ ކަމަށް އަސްލަމް ވިދާޅުވެއްޖެއެވެ. ދިވެހި އޮބްޒާވަރަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި އަސްލަމް ވިދާޅުވެފައިވަނީ ފުލުހުންގެ ހަމަލާތައް އޭނާގެ ގަޔަށާއި ފަޔަށް އަރާފައިވާކަމަށެވެ. އަސްލަމް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ ސަރުކާރުން ތަޙްޤީޤު ކުރައްވާނެ ކަމަށް އޭނާއަށް އިތުބާރު އެބައޮތެވެ. ކުރީގެ ސަރުކާރުން ވެފައިވާ ޚިޔާނާތުގެ މައްސަލަތައް ބަލާ ތަޙްޤީޤު ކުރުމަށާއި ކުރީގެ ސަރުކާރުގެ އިސްވެރިން ހިފާ ހައްޔަރު ކުރުމަށް ގޮވާލި އެއްވުމުގައި ފުލުހުންގެ ސްޓާފޯސް އިން ސްޓޭޓް މިނިސްޓަރ އަސްލަމް ހިފަހައްޓާފައިވަނީ ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދިއުމުން ކަމަށް ހަވީރު ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. ހަވީރު ނޫހުގައި ލިޔެފައިވާ ގޮތުގައި އަސްލަމް ހިފެހެއްޓުމަށްފަހު ނަސޭހަތްދީ ދޫކޮށްލާފައިވަނީ އެތަނުގައި އެވަގުތު ހުންނެވި ފުލުހުންގެ އިސްބޭފުޅެއްގެ އެންގެވުމަށްކަމަށެވެ.
|
ކިޔުންތެރިންގެ ޚިޔާލް
މިއަދު އޭރު ކަންހިނގި މަގާ ގާތަށްވެސް ކަންހިނގަމުން ނުދާކަން ފާހަގަކޮށްލެވޭ. އަދި ނަސީދަކީ ހެޔޮވެރިކަމެއް ކުރައްވާ ބޭފުޅެއްކަން މިކަމުންވެސް އެނގޭ. ވަމުންދާ ނަމަވެސް ވާ ކަމަކީ ތާރީހު އިއާދަވުން. އެއީ އަބަދުވެސް ދުނިޔޭގެ އާދަ.