ހޮނިހިރު, 16 މެއި 2009 18:22
ނުލިބުނު ލޯބި
އެމް.އައި / މިލަދޫ  -



ލޯތްބަކީ ކޯއްޗެއްކަމެއް އޭރަކު މަށަށްހަމަ ނޭނގެއޭ
     ފޮތްފޮތުގަ ލޯބީގެވާހަކަ ލިޔެފައިއޮތަސް ހަމަނޭނގެއޭ

ވީކަމެއްއަހަރުގެތެރޭ ނުވަދިހަތިނެއް ބޮޑުބަންދުގައި
    ވީކަމެއްފަދައިން މިއަދު އަދިވެސްހަނދާން އާލާވެއޭ

ޅަދުވަހު ވަރަށް އުމުރުން މަގޭ ބައްދަލުވިއޭ ރާނީއަކާ
    އަދުވެސް މަށަށް އެހަނދާންތަކުން އުނދަގޫކުރާރާނީއެއޭ

ޖެހިގެންއެގޭ އަހަރެންގެއާހުރުމުންވަރަށްފިކުރާވެއޭ
    ކެހިގެން އެމާ ނަޒަރުންމަގޭ ދާނޭ ސިކުންތެއްނެތްމެއޭ

މިގޮތަށްގިނައިން ބައްދަލުވުމާ ވާހަކަދެކެވިދަސްވީފަހުން
    ދެގޮތެއްނުވާއެކުވެރިކަމެއްދެހިތުން އެދުނު އުފެދިއްޖެއޭ

ދެމަހެއް އެހެން އުފަލުންމަޖާ ކޮށްލާއެކީއުޅެވުނުފަހުން
    ހަމަހިތްމަގޭރޮއްވާފަވެސް އޭނާއެންބުރިދާންވެއްޖެއޭ

އަހަރެއްދެތިންފާއިތުވިއޭ ޚަބަރެއްނުލިބިމާޔޫސްވެފާ
    އަހަރެންދުޢާކުރަމުންއައީ އަވަހަށްފެނުން އެދިގެންމެއޭ

އޭނާރަށަށްއަތުވެއްޖެއޭ ފެނުނީމުޅިންއާމޫނެކޭ
    ޖާނާހިތަށްވީފިނިކަމެއް ކޮށްދޭންބަޔާން ހަމަނޭންގެއޭ

އެކަމަކުނެތޭމާގާތްކަމެއް ބީރައްޓެހިންފަދައިންވިއޭ
   އެކަމާއުޅެންމަޖުބޫރުވީ ލޯތްބެއްއަލަށް ވެވުނީމައޭ

ކުޑައިރުއެއޮތްއެކުވެރިކަމާ ރާނީގެހުރިފުރިހަމަކަމުން
    ކުޑަކުޑަސިކުންތުކޮޅެއްތެރޭ އިޝްގުންމިހިތްބަނދެލައިފިއޭ

އަހަރެންހުރީކެތްތެރިވެގެން އޭނާ ވަރަށްކުޑައޭހިތާ
    ފަހަރެއްގަވެސްހަމަފިނޑިވެގެން ނޫނޭމިއީހަމަތެދުމެއޭ

ކަންތައްވެދިޔަމާދެރަގޮތުން މާޔޫސްވެހިތްރޮއްވާލިއޭ
   ކަންނުވެނަމެއްބޮލުގައިއެޅިފަ ހިތްވެސްމަގޭކުދިކުދިވިއޭ

ދެރަވާނެވަރުވިސްނާނިކަން ކަންތައްވެގެންނިމިދިޔަގޮތަށް
   ދެރަވީމަގޭ އެކުވެރިއަކާ ލޯބިން އެމާ ގުޅުނީމައޭ

އެދެމީހުނަށްބައްދަލުކުރަން ފުރުސަތުމަށޭހޯދައިދިނީ
   އެދެމެދުގަވާހުރަހެއްކަމަށް އަމުދުންމަށެއްނުމެވާނެއޭ

އެތަކެއްއަހަރުފާއިތުވިއޭ އެހަނދާންހިތުންހަމަނުފިލިއޭ
   ހިތަކަށްމަގޭ ނެތްހަމަޖެހުން މިކަމާވަރަށްބޯގޭނެއޭ

އަހަރެންނަކީބަފައެއްމިއަދު އޭނާއަކީވެސް މަންމައެއް
   އަހަރަށްފަހުން އަދިސޯޅަވެސް ވީލޯބިއަންގާހިތްވިއޭ

މިކަމާވަރަށްވިސްނާފަދެން ހުރިހާކަމެއްއަންގާލަމޭ
   މިކަމާކަލާ ވިސްނާކަށެއް ގައިމޭ މަށެއް ނޭދޭނެއޭ

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+15
 
 
 
ރައްދު ދެއްވުމަށް
މިއީ ތެދުވާހަކައެއްތަ؟ ހަގީގީ ވާހަކަ އަކާ ވަރަށް ވައްތަރު
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-2
 
 
 
ރައްދު ދެއްވުމަށް
ތިޅެން ވަޒަނަކަށް ނުފެތޭ ދޯ! އެކަމު ހިތުގެ ވަޒަނަށް ފެތޭ ކަންނޭގެ. ހެހެހެ. ކޮންމެއަކަސް ވ ސަޅި މައުލޫއެއް.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ތިކަމަށް އެއްބަހެއް ނުވެވޭނެ. އެ ޅެން ވަރަށް ފުރިހަމަ. ގަވާއިދާއި އެއްގޮތައް ހަދާފައި ވަނީވެސް. ދެން ކިޔާލީމަ ހަމަ ހީވެ ކޮންމެސް މީހަކަށް ދިމާވި ހާދިސާ އެއްހެން. އެއީ ވާހަކަ ހުރީ ވަރަށް ތިލަކޮށް.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ހީވަނީ ވަރަށް ތެދު ހަޤީޤަތޭއް ހެން .
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+3
 
 
 
ރައްދު ދެއްވުމަށް
ވަރަށް ރީތި! އަދި އެހާމެ ފުރިހަމަ! ހަޤީޤަތަކާއި ވަރަށް ވައްތަރު ދޯ؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+3
 
 
 
ރައްދު ދެއްވުމަށް
އޭ ތީނަ ހާދަމޮޅޭ ޅެން ހަދަން މީއައް ޅެމެއް ހަދައި ދޭންވީނު.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތީ ހަމަ ގައިމުވެސް ދޮގެއް. އޭނަ އެހެން ނޫޅޭނެ. ހީ އިޒްދަ ބެސްޓް އިން މިލަދޫ. އައި ނޯ ހިމް ސިންސް ލޯންގް އެގޯ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+5
 
 
 
ރައްދު ދެއްވުމަށް
މީކީ އަންހެނުން ހުސްވިތާ ކޮޅުމައްޗެއްނޫނޭ ދޯ މޯޑް؟ ދުނިޔޭގަ ގިނައީވެސް އަންހެނުން. އެހެންވީމަ ހުރިހާ ތާކުވެސް ހުސް އަންހެނުން.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތިވަރަށް ލޯބިވާނެ މީހަކު މަށަށްވެސް ލިބޭނެ ނަމަ. ހަދަ ނަސީބް ރަގަޅު އަންހެން ކުއްޖެކޭ އެ ދެން ކޮންމެ ކުސްޖަކަށްވިޔަސް. އަޅެ މަށަށްވެސް ޅެމެއް ހަދައިދޭންވީނު..........
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...