Manadhoo Live

ޑީ.އާރު.ޕީ ގެ “ބޮޑުޖަލްސާ”ގައި 120 މީހުން
ހުސްވި ހަފްތާގައި ޑީއާރުޕީ އިން އައްޑޫގައި ބޭއްވި ބައްދަލްވުން | ފޮޓޯ:ރިޔާޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(ޑީއާރުޕީ) އިން އައްޑޫގައި މިރޭ ޖަލްސާއެއް ބާއްވައިފިއެވެ.

ހުސްވި ހަފްތާގެ ތެރޭގައި ޑީއާރުޕީން އައްޑޫގައި ބޭއްވި ޖަލްސާގައި އެންމެ ސާޅީހަކަށް މީހުން ބައިވެރިވުމުގެ ސަބަބުން ފާޑުކިޔުންތައް އެޕާޓީއަށް އަމާޒުވެފައިވަނިކޮށް ،ވަރަށް އަވަހަށް އައްޑޫގައި “ބޮޑު” ޖަލްސާއެއް ބާއްވައި ޑީއާރުޕީގެ އަސްލު ސައިޒް ދައްކާލާނެކަމަށް އެޕާޓީގެ އިސްފަރާތްތަކުން ބުނުމަށްފަހު  މިރޭ އައްޑު އަތޮޅުގެ ހުރިހާ ރަށަކުން މީހުން ގެނެސްގެން ހިތަދޫ ޝަރަފުއްދީންސްކޫލްގައި ބޭއްވި “ބޮޑު” ޖަލްސާއަށް ހާޒިރުވީ 120 މީހުންކަމަށް ޚަބަރުލިބެއެވެ.

އިލްކްޝަންސް ކަމިޝަންގެ ދަފްތަރުގެ ހިސާބުތައް ދައްކާގޮތުން ޑީއާރުޕީއަކީ ރާއްޖޭގައި ދެވަނައަށް އެންމެ މެމްބަރުންގިނަ ޕާރޓީކަމުގައި ވީނަމަވެސް، މިފަހަކަށް އައިސް އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ޢަދަދުވަނީ ވަރަށްބޮޑަށް މަދުވެފައެވެ.

މިރޭގެ ޖަލްސާގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ސަލީމާއި، ޑީއާރުޕީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، ޑީއާރުޕީގެ މީޑިއާގައި ހަރަކާތްތެރިވާ ޒީނާ ޒާހިރެވެ. މީގެ އިތުރުން އެފް.އޭ.އެމްގެ ރަސްމީ ދަތުރެއްގައި މިވަގުތު އައްޑުގައި ހުންނެވި ޑީ.އާރު.ޕީގެ ޕާލަމެންޓްރީ ގްރޫޕް ގެ މެންބަރު އަލީ އާޒިމްވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޑީ.އާރު.ޕީ އިން އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމް އަށް ނިސްބަތްވާ ފަންސާހަކަށް މީހުންވަނީ ބައިވެރިވެފައެވެ.

ކުޅުދުއްފުށީގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
ކުޅުދުއްފުށީގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމް ސިފައިން ކުރިއަށް ގެންދަނީ

ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ކުޅުދުއްފުށީ ޕޯސްޓްގެ ސިފައިން ފަށައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އެދިލެއްވުމަކަށް ނޮދަން އޭރިޔާ ކުޅުދުއްފުށީ ޕޯސްޓް ސިފައިންވަނީ މިއަދު ހެނދުނު ރަށުތެރެއަށް ފޮގްކުރުމުގެ ހަރަކާތެއް ހިންގާފައެވެ. ތިން ދުވަހަށް ބަހާލައިގެން މިމަހުގެ 18، 19، އަދި 20 ވަނަ ދުވަހު ހިންގުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ދުވާލު ދެއިރު މުޅިރަށު ތެރެއަށް ފޮގް ކުރާނެ ކަމަށް އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާއިން ޚަބަރު ދެއްވައެވެ.

ރައީސް ނަޝީދު ބ.އަތޮޅަށް ވަޑައިގެންފި
ރައީސް ނަޝީދު ގޮއިދުއަށް ވަޑައިގެންނެވުމުން އެރަށުގެ ބަޔަކު މަރުޙަބާ ކިޔަނީ | އެމްޑީޕީ

ރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު މުޙައްމަދު ނަޝީދު ބ.އަތޮޅަށް މިއަދު  ވަޑައިގެންފިއެވެ. ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ ބ.އަތޮޅުގަ ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށާއި ، އެ އަތޮޅުގެ ބައެއް ރަށްތަކުގަ އެމްޑީޕީން  ގާއިމްކުރި ޖަގަހަތައް ހުޅުއްވައިދެއްވުމުގެ ގޮތުން ކުރާ ދަތުރެއްކަމަށް އެމްޑީޕީގެ އޮފިޝަލެއް މައުލޫމާތު ދިނެއެވެ.

ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ބ.ގޮއިދޫ އަށެވެ.. ގޮއިދޫގަ ރައްޔިތުންނާއި ހަވީރު ބައްދަލުކުރެއްވުމަށްފަހު އެމަނިކްފާނު ވަޑައިގެންނެވީ ބ.ހިތާދޫއަށެވެ. އަދި މިރޭ ހިތާދޫ  އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާ  ފެހެންދުއަށް ވަޑައިގެންނެވުމަށްފަހު  ތުޅާދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ މެންބަރުން ބާއްވާ މުޒާހަރާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނަވާނެ އެވެ.

ކުޑަބަނޑޮހުން ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު ޒުވާނާ މޫދުއަޑިން ނެގިއިރު ވަނީ މަރުވެފައިއެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ. އައިޖީއެމް އެޗުން މައުލޫމާތު ދޭގޮތުގައި އޭނާ އައިޖީއެމްއެޗަށް ގެނެވުނު އިރުވެސް ވަނީ މަރުވެފައެވެ. އަދި ފަހުން މައުލޫމާތު ފެވޭނެކަމަށް ވެއެވެ.

މިއަދު ހެނދުނު ކުޑަ ބަނޑޮހަށް ދަތުރު ގޮސް އުޅުނު ޒުވާނަކު ގެއްލިގެން ހޯދަަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުން ދަނީ މ. ބަށިމާގޭ އިބްރާހިމް ވަހީދު، 24، ކަމަށް ފުލުހުން ބުނެއެވެ.. އަދި އޭނާ ގެއްލުނުކަން އިނގުނީ ރަހުމަތްތެރިއަކާ އެކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް. މައްޗަށް ނާރަައިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އިބްރާހިމް ގެއްލުނީ ދަތުރު ދިއުމަށްފަހު ކެނޯއެއްގައި އަންހެން ކުއްޖަކާއެކު ކުޑަބަނޑޮހުގެ ފަޅުތެރެއަށް ނުކުމެ އުޅެނިކޮށް ކަމަށާއި މި ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވި އިބްރާހިމާއެކު ކެނޯގައި އިން އަންހެން ކުއްޖާ ކުޑަބަނޑޮހުގެ މޫދުން ފެނިފައިވާ ކަމަށާއި އޭނާއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

ސަޢޫދީ ސަރުކާރުން ރާއްޖޭގައި މިސްކިތްތަކެއް އަޅައިދެނީ
މަނަދޫ ހުކުރު މިސްކިތް | އެމް.އެލްފޮޓޯ:މުޙައްމަދު އިބްރާހީމް

ސައޫދީ ސަރުކާރުގެ އެހީގައި ރާއްޖޭގައި މިސްކިތްތަކެއް ބިނާކުރުމަށް ސައޫދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިހާރު ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުން ، އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް ވިދާޅުވީ އިސްލާމް ދީނާ ގުޅުން ހުރި މަޝްރޫއުތައް ރާއްޖޭގައި ހިންގުމާ ބެހޭ ގޮތުން، ލަންކާގައި ތިއްބަވާ އަރަބި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ގޮތުން ސައޫދީ އަރަބިއްޔާ، އެމިރޭޓްސް، އަދި މިސްރު ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާ އިއްޔެ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ސައޫދީ ސަފީރާއެކު ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގައި އިތުރު މިސްކިތްތައް އެޅުމަށް ސައޫދީ ސަރުކާރުގެ އެހީ ހޯދުމާއި ހައްޖު ކޯޓާ އިތުރުކުރުމާއި، 500 ހާފިޒުން އުފެއްދުމުގައި ސައޫދީ ސަރުކާރުގެ މާލީ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. މީގެ އިތުރުން މައްކާގެ ޙަރަމްފުޅުގެ އިމާމް ޑރ. ސުދައިސް ރާއްޖެ އަށް ޒިޔާރަތެއް ކުރެއްވުމާ ގުޅޭ ގޮތުންނާއި އެ ނޫނަސް އިތުރު އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ސައޫދީ ސަފީރާ އެކު މަޝްވަރާކުރެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސައޫދީ ސަފީރާ އެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އިތުރު މިސްކިތްތަކެއް އެޅުމަށް ސައޫދީ ސަރުކާރުން އެހީވުމާ ގުޅޭ، މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގައި ވަރަށް އަވަހަށް ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ސައޫދީ ސަރުކާރުން ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ރާއްޖެ އަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ސައޫދީ ސަފީރު ދެއްވި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މިސްރު ސަފީރާ އެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި، ލީބިޔާގައި ހަނގުރާމަ ގަދަވުމުގެ ސަބަބުން ކިޔެވުން ފުރިހަނުކުރެވި އަންނަން ޖެހުނު ދިވެހި ދެ ދަރިވަރަކަށް މިސްރުގެ އަޒްހަރު ޔުނިވާސިޓީން ފުރުސަތު ހޯދައިދިނުން ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އަޒްހަރު ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އެކަޑެމީގެ އިލްމުވެރިން ރޯދަ މަހު ރާއްޖެ ގެނައުމާއި ކުއްލިއްޔާ އަށް އިތުރު އެހީތެރިކަން ހޯދުމާއި އެ ނޫން ވެސް އެފަދަ ބައެއް ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޝަހީމް ވިދާޅުވީ އެމިރޭޓްސްގެ ސަފީރާ އެކުގައި ވެސް ވަނީ، މިސްކިތްތަކަށް އެހީތެރިކަން ހޯދަން މަޝްވަރާކޮށްފައިކަމަށާއި  މިއަދުގެ ވަޤުތެއްގައި  ގަތަރުގެ ސަފީރާ އެކު ވެސް ބައްދަލުކުރުމަށްހަމަޖެހިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ސިފައުފާ ޝޯވ ބާއްވައިފި
ސިފައުފާޝޯގެ ތެރެއިން | ފޮޓޯ:އެމް.އެން.ޑީ.އެފް

ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސިފައުފާ” ޝޯވ، ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ރޭ ފަށައިފިއެވެ. ރޭ ފެށި “ސިފައުފާ” ޝޯވ، ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.

ރެއިން ފެށިގެން ކުރިއަށްއޮތް ދެ ރޭވެސް، ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ “ސިފައުފާ” ޝޯވ ފެށުމުގެ ރަސްމިއްޔާތުގައި ރޭ ވަނީ ސިފައިންގެ ރަސްމީ މަޖައްލާ “އައްޑަނަ” އިގެ ވެބްސައިޓް އިފްތިތާޙްކޮށްފައެވެ. ރަޖިސްޓަރީކޮށްގެން އަހަރަކު ދެފަހަރު ސިފައިން ނެރެމުން އަންނަ “އައްޑަނަ” މަޖައްލާ އަދި ސިފައިންގެ ހަރަކާތްތަކާއި ޚަބަރާއި މަޢުލޫމާތު ހިމަނައިގެން ސިފައިންގެ ތެރޭގައި ހަފުތާއަކު އެއްފަހަރު ޝާއިޢުކުރަމުން އަންނަ ހަފުތާ އައްޑަނައިގެ، “އައްޑަނަ ޑޮޓް އެމްވީ” ވެބްސައިޓް ރޭ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް މުޙައްމަދު ނާޒިމްއެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ އިންޓްރާ ވެބްސައިޓް، އާ ފަރުމާއަކާއެކު ވަނީ އިފްތިތާޙުކޮށްފައެވެ. އިންޓްރާ ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްއެވެ. އަދި ޤައުމީ ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ސިފައިން ނެރެމުން އަންނަ “ޤައުމީ ލަވަސީޑީ” ގެ ވީޑިއޯ ލަވަސީޑީ ރޭ ނެރެދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު މުޙައްމަދެވެ. ކޮންމެ އަހަރެއްގެ ޤައުމީ ދުވަހާ ގުޅިގެން، މީގެ ކުރިން އޯޑިއޯ ސީޑީއެއްގެ ގޮތުގައި އެމްއެންޑީއެފުން ނެރެމުން އައި “ޤައުމީ ލަވަސީޑީ” މިއަހަރަށްފަހު، ވީޑިއޯ އަލްބަމެއްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ނެރުމަށްވަނީ ނިންމަވާފައެވެ.

އެމްއެންޑީއެފްގެ އިންޓްރާ ވެބްސައިޓަކީ ސިފައިންގެ އިދާރީ މަސައްކަތްތަކަށާއި، އެއް ޔުނިޓުން އަނެއް ޔުނިޓަށް މަޢުލޫމާތު ހިއްސާކޮށް ބަދަލުކުރުމުގެ ގޮތުން ސިފައިންގެ ތެރޭގައި ބޭނުންކުރަމުން އަންނަ އިންޓާނަލް ވެބްސައިޓެކެވެ. މިގޮތުން މިވެބްސައިޓް، އެމްއެންޑީއެފް އޭރިއާތަކުގައި ތިބޭ ސިފައިންނަށްވެސް ފެންނާނެގޮތް ހަދާފައިވެއެވެ. މިވެބްސައިޓް މިހާރު ފަރުމާކޮށްފައިވަނީ ސިފައިންގެ ތެރޭގައި ހިނގާ ހަރަކާތްތަކާއި ޚަބަރުތައް ދުވަހުން ދުވަހަށް ފެންނާނެ ގޮތަށެވެ. އަދި ސިފައިން އެއް ޔުނިޓުން އަނެއް ޔުނިޓަށް ނުވަތަ އޭރިއާތަކުން މަޢުލޫމާތު ހިއްސާކޮށް ބަދަލުކުރެވޭނެ ފަސޭހަ ގޮތްތަކަށް ބަލާފައެވެ.

ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި، “ސިފައުފާ” ޝޯވގައި ކޮޕްސް ބޭންޑުގެ މިޔުޒިކާއި، ހެއްވާމަޖާ އައިޓަމްތަކާއި، ޑްރާމާ އާއި ތަމްސީލް އަދި ޑާންސްގެ އައިޓަމްތައް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ރޭގެ ޝޯވގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ސިފައިން އަލަށް އުފައްދާފައިވާ “އެންތަމް އޮފް ފްލޭމް” ބޭންޑުގެ މިޔުޒިކާއި ލަވަތައް ވަނީ ހުށަހަޅައިދީފައެވެ. އަދި 90 ގެ ފަހުކޮޅު ސިފައިންގެ ތެރެއިން ފެނިގެންދިޔަ “ކެލިބަރ” ބޭންޑުގެ ބައެއް މެންބަރުންވެސް މިރޭ ވަނީ “ކޮޕްސް” ބޭންޑާއެކު ލަވަ ހުށަހަޅައިދީފައެވެ. މީގެ އިތުރުން ފަޔަރ ޑާންސްއެއްވެސް ސިފައިން ހުށަހަޅައިދީފައިވެއެވެ.

“ސިފައުފާ” ޝޯވ ފާހަގަކުރެވިފައިވަނީ ސިފައިންނާއި ސިފައިންގެ އާއިލާތައް އެއްތަނަކުން ބައްދަލުވެ، އެކުވެރި ބަދަހި ގުޅުމެއް އުފައްދައިދޭ ޝޯވއެއްގެ ގޮތުގައެވެ. އަދި މިޝޯވއަކީ ސިފައިންގެ ތެރެއިން ވަރަށްގިނަ ހުނަރުވެރިންތަކެއް ފެނިގެންދާ ޝޯވއަކަށް ވަނީ ވެފައެވެ. ސިފައިންގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ހިމަނައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސިފައުފާ” ޝޯވ، އާންމުންނަށް ފެންނާނޭގޮތަށް އެންމެ ފުރަތަމަ ބާއްވަންފެށީ 1996 ވަނަ އަހަރު ސިފައިންގެ 104 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. އޮލިމްޕަހުގައި ބޭއްވި އެޝޯވއަށްފަހު ހުއްޓުމެއްނެތި 2004 ވަނަ އަހަރާ ހަމައަށް ވަނީ “ސިފައުފާ” ޝޯވ ކުރިއަށް ގެންގޮސްފައެވެ. ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ޤައުމީ ޚިދުމަތުގައި ބުރަ ދުވަސްތަކެއް ސިފައިން ހޭދަކުރަން ޖެހުމާއި ގުޅިގެން 2005 ވަނަ އަހަރު “ސިފައުފާ” ޝޯވ ނުބޭއްވުނު ނަމަވެސް، 2006 ވަނަ އަހަރުން ފެށިގެން އަލުން “ސިފައުފާ” ޝޯވތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން “ސިފައުފާ” ޝޯވއެއް އެންމެފަހުން ބޭއްވީ 2008 ވަނަ އަހަރުއެވެ. މިޝޯވއަކީ ސިފައިންގެ އިތުރުން ރާއްޖޭގައިވެސް މަޤްބޫލުކަމެއް ހޯދާފައިވާ ޝޯވއަކަށް ވަނީ ވެފައެވެ.

ރޭ ކުރިއަށްދިޔަ މިޝޯވ ބައްލަވައިލެއްވުމަށް ސިފައިންގެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނާއި، ސިފައިންނާއި، ސިފައިންގެ އާއިލާތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން އަދި ބައެއް އާންމުން ހާޟިރުވިއެވެ.

ކުށްމަދުކުރުމަށް ދުރާލާ ފިޔަވަޅުއެޅުމާއިބެހޭގޮތުން ސެކިއުރިޓީ ގާޑުންނަށް މަޢުލޫމާތުދީފި
ހުޅުމާލޭ ޕްލިސް ސްޓޭޝަން | އެމްއެލް ފައިލް ފޮޓޯ

ކުށްމަދުކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މާލޭގެ ސެކިއުރިޓީ ބެލެހެއްޓުމުގައި  ހަރަކާތްތެރިވާ ބައެއް ސެކިއުރިޓީ ގާޑުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.

ސެކިއުރިޓީ ބަލަހައްޓާ ކުންފުނިތަކުގެ ސެކިއުރިޓީ ގާރޑުންނަށް އަމާޒްކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ކްރައިމް ޕްރިވެންޝަން ޔުނިޓުން ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ މި ސެޝަންގައި ކުށެއް ހިނގުމުގެ ކުރިން ކުށްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ކުށެއް ހިނގުމުން ފަހުން އަޅާނެ ފިޔަވަޅުތަކާއި ކުށެއް ހިނގައިފިނަމަ އެކުށުގެ ވެށި ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެއެެވެ.

އަދި ކުށަކަށް މަގުފަހިވާ ކަންކަން ފާހަގަކުރާނެ ގޮތާއި އެފަދަ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެސް އިސްލާހުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ތަފާތު ހާދިސާތަކާއި އެކްސިޑެންޓްތަކުގައި މުޢާމަލާތް ކުރާނެ ގޮތްތަކުގެ އިތުރުން ކަސްޓަމަރުންގެ އިހުތިރާމް ލިބިގަންނާނެ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މިމަޢުލޫމާތުތަކުގެ އިތުރުންވެސް ސެކިއުރިޓީ ބަލަހައްޓާ ގާރޑެއްގެ ގައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ ކްރައިމް ޕްރިވެންޝަން ޔުނިޓުގައި މަސައްކަތްކުރާ ތަޖުރިބާކާރު ފުލުހުންނެވެ.

އޭދަފުށީ ޒުވާނުންގެ މަރުކަޒު އަތޮޅުކައުންސިލާއި ހަވާލުކުރަން އަންގައިފި
ބ.އޭދަފުށީ ޒުވާނުންގެ މަރުކަޒު | ފޮޓޯ: އީޓީ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އާ ހަވާލުކޮށްގެން ހިންގަމުންގެންދާ އޭދަފުށީ ޒުވާނުންގެ މަރުކަޒު ބެލެހެއްޓުން އަތޮޅުކައުންސިލް އިދާރާއާ ހަވާލުކުރުމަށް ޔޫތު މިނިސްޓްރީން ނިންމަވައިފި އެވެ.

15 މޭ 2012ގައި ޔޫތު މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް(މުންދު) ސޮއިކުރައްވައި ،ބ. އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ 15 މެއި 2012 އިންފެށިގެން ޔޫތު މިނިސްޓްރީ އަންގާ ގޮތެއްގެމަތިން ޔޫތު ސެންޓަރު ބެލެހެއްޓުމުގެ ކަންތައް ހަމަޖައްސަވައި ދެއްވުމަށެވެ. އަދި އޭދަފުށީ ޒުވާނުންގެ މަރުކަޒާ ހަވާލުވުމުގެ މަސައްކަތް ފޭލި ޖަމިއްޔާގެ މެންބަރުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް  އެ ސިޓީގައި ބުނެފައިވެ އެވެ.

މިކަމާގުޅޭގޮތުން ބ.އަތޮޅު ކައުންސިލުން އަދި ވަކިއެއްޗެއް ނުބުނެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޔޫތު މިނިސްޓްރީންވަނީ މޭ 15 އިން ފެށިގެން ކުރިއަށް އޮތް ދެ މަސްދުވަހަށް ފޭލި ޖަމިއްޔާއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރެވޭނެ ވާހަކަ އެ ޖަމިއްޔާއަށްވެސް އަންގާފައެވެ. އަދި މިކަން މިގޮތަށް ކުރުމަށް މިނިސްޓްރީން ނިންމާފައިވަނި ޒުވާނުންގެ މަރުކަޒުން ހިންގަންޖެހޭ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އަމަލީ ސިފައެއް އައިސްފައި ނުވާކަމަށްވެސް ބުނެ އެވެ.

ޔޫތް މިނިސްޓްރީން މިގޮތަށް ބުނެފައިވީނަމަވެސް އޭދަފުށި ޔޫތު ސެންޓަރުން މިދިޔަ ހަތަރުމަހެއްހާދުވަހުގެ ތެރޭގައި އޭދަފުއްޓާ، އަތޮޅުގެ ބައެއް ރަށްރަށުގެ ޖަމްއިއްޔާތަކާ ގުޅިގެން މީގެކުރިން އެ ސެންޓަރުން ކުރިޔަށް ނުގެންދާވަރުގެ ގިނަ ބޮޑެތި ޕްރޮޤްރާމްތަކެއް ކުރިޔަށްގެންގޮސްފައިވާކަން އެރަށުގެ ގިނަބަޔަކު ފާހަގަކުރެއެވެ. މިކަމާ ގުޅިގެން ފޭލި ޖަމްއިއްޔާއިންވެސް  އަދި ވަކިއެއްޗެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިމަހުގެ 15 އިގެ ނިޔަލަށް ރާއްޖޭގެ އަތޮޅުތަކުގައި، ޖަމްއިއްޔާ ، ޖަމާޢަތްތަކާއި ނުވަތަ އަމިއްލަފަރާތްތަކާއި ހަވާލުކޮށްފައިވާ ސަރުކާރުގެ ހުރިހާ ޔޫތް ސެންޓަރުތަކަށްވެސް އެތަންތަން އެ އަތޮޅުތަކުގެ އަތޮޅުކައުންސިލްތަކާ ހަވާލުކުރުމަށްއަންގަވައި ޔޫތު މިނިސްޓްރީންވަނީ ސިޓީ ފޮނުއްވާފަ އެވެ.

100ދުވަހުގެ ތެރޭގައި އެއްބައިވަންތަކަން އުފެދި، ޤައުމީ ރޫޙު އާލާވެއްޖެ – ރައީސް
ރައީސުލުޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މަނިކު ސަރުކާރަށް 100ދުވަސް ފުރުމުގެ މުނާސަބާގައި

މިދިޔަ 100 ދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތްތަކުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން އުފެދި، ޤައުމީ ރޫޙު އާލާވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ މިއަދު 100 ދުވަސް ފުރުމާ ގުޅިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިޤައުމުގެ ފަޚްރުވެރި ދިދައިގެ ދަށުގައި، އެންމެން އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަމުންދާތަން، އެމަނިކުފާނު އެކިރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ފެނިވަޑައިގަންނަވާ ކަމަށާއި، އެކަމަށްޓަކައި ވަރަށް އުފާފުޅު ކުރައްވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވީ، ދިވެހި ޤައުމަށް ވީހާވެސް އިޚްލާޞްތެރިކަމާއެކު އަދި އެމަނިކުފާނުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ދިވެހި ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ބުރަ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ޙާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ޤައުމުގެ ސިޔާސީ މަސްރަޙު އޮތީ ހަލަބޮލިވެ، ޤައުމުގައި ވަރަށް ބޮޑަށް ބައިބައިވުންތައް އުފެދިފައެވެ. ޤައުމުގެ އިޤްތިޞާދު އޮތީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ޤައުމުގެ ދަރަނި ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހަމައެހެންމެ، އެކިއެކި ޢާއިލާތަކާއި، އެކިއެކި ރަށްރަށުގައި ދެބަސްވުންތައް އުފެދި، އެއް ޢާއިލާއެއްގެ ތެރޭގައިވެސް އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާ ނޫޅެވޭ ދަރަޖައަށް ކަންކަން ގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ރާއްޖޭގައި މިވަނީ ޑިމޮކްރަސީގެ އުޞޫލުތައް ޤާއިމްކޮށް، ޑިމޮކްރަސީ ވަރުގަދަ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ. ޑިމޮކްރަސީ ވަރުގަދަ ކުރުމަށްޓަކައި ކުރަންހުރި ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރިކަން ހާމަކުރައްވަމުން، އެމަސައްކަތްތައް ކުރެއްވުމުގައި، ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ އެކިއެކި މިނިވަން މުއައްސަސާތަކަށް އިޙްތިރާމް ކުރައްވާނެ ކަމަށާއި، އެ މުއައްސަސާތަކުން ނެރުއްވާފައިވާ ރިޕޯޓްތަކަށާއި، ނިންމަވާފައިވާ ނިންމެވުންތަކަށް ފުރިހަމައަށް އިޙްތިރާމް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއިން އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުއްވާނެ ކަމާއި، ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ ބާރަށްވެސް އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެބޮޑު މައްސަލައަކީ އިޤްތިޞާދުގެ މައްސަލަ ކަމަށާއި، އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށާއި، އެކަންކަން ކުރިއަށްވުރެ ރަނގަޅު ކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅިފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ އިޖްތިމާޢީ ޙާލަތުވެސް އޮތީ އަޅުގަނޑުމެން އެންމެ އެދޭ ފެންވަރެއްގައި ނޫން ކަމަށާއި، އަޅުގަނޑުމެންނާ މިދިމާވީ އިޖްތިމާޢީ ފޭރާންވެސް ވަރަށް ބަލިވެފައި އޮތް ވަގުތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމެއްގެ އިޖްތިމާޢީ ކަންކަން ރަނގަޅު ކުރުމަށްވެސް އެންމެ މުހިންމު އެއްކަމަކީ، ޢަދުލު އިންޞާފް ޤާއިމް ކުރުމާއި، އަމަންއަމާންކަން ޤާއިމްވެފައި އޮތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖަލުގައި ބަންދުވެފައި ތިބެންޖެހޭ އެތައް ބަޔަކު، އެއްވެސް ހިފެހެއްޓުމެއްނެތި، މާލެއާއި ރާއްޖޭގެ އެކިއެކި ރަށްރަށަށް ދޫކުރެވިފައިވުމުގެ ސަބަބުން، މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި، ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެހެން ނަމަވެސް، އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި، ބަންދުގައި ހުރި މީހަކު، އެއްވެސް ސިޔާސީ ނުފޫޒަކުން ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި މިނިވަންކޮށް ހުރި މީހަކުވެސް ސިޔާސީ އެއްވެސް ނުފޫޒަކުން ބަންދެއްވެސް ނުކުރެވޭނެ ކަމަށެވެ. ޤާނޫނުގެ ބާރު ފުރިހަމައަށް ހިންގުމަށްޓަކައި، ދައުލަތުން ކުރަންޖެހޭ ހުރިހާ ކަމެއް، ފަސްޖެހިވަޑައިނުގެން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ނޫސްވެރިން ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ. މިގޮތުން ދެންނެވި ސުވާލުތަކުގެ ތެރޭގައި، މިވޭތުވެދިޔަ 100 ދުވަހުގެ ތެރޭގައި، ކަންކަން ހިނގާދިޔަގޮތާ ބެހޭގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދާއި، އިޖްތިމާޢީ ކަންކަމާ ބެހޭގޮތުން ދެންނެވި ސުވާލުތައް ހިމެނެއެވެ.

އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް މިނިވަންކަމާއިއެކު ކުރެވޭނެ – ނަޝީދު
7 ފެބްރުއަރީ 2012 ގައި އަމިއްލަފުޅަށް ރައީސްކަމުން އިސްތިއުފާދެއްވި ނަޝީދު|ފޮޓޯ:އެމްޑީޕީ

ކުރީގެރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަޙްގީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު  ވަހީދު ހަސަން މަނިކް އެކުލަވާލެއްވި  އިންކުއަރީ ކޮމިޝަނަށް ކޮމަންވެލްތުގެ ބާރުއެޅުމާއި އެކު އިސްލާހު ގެނެވުމުން އެ ކޮމިޝަންގެ މަސައްކަތައްތައް މިނިވަންކަމާއިއެކު ހިންގޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެރައީސް ނަޝީދާއި އެމްޑީޕީން  ބުނާ “ވެރިކަން ބަދަލުކުރި ބަޣާވާތަށް”   100 ދުވަސް ހަމަވުމާ ގުޅިގެން  މިއަދު އޮތް ނޫސް ކޮންފަރެންސެއްގެ ރައީސް ނަޝީދު ވިދާޅުވީ  ކޮމިޝަނުން ތަޙްގީގުކުރާއިރު  ފޯނުކޯލްތަކުގެތަފްސީލު ބެލުމާއި، ބޭންކު އެކައުންޓު ތަކުގެ ތަފްސީލުގެ އިތުރުން ތަހުގީގުން ހޯދޭ ކަންކަމަށް ބިނާކޮށް ދައުވާވެސް ކުރެވޭނެއެވެ.

އަދި  ކޮމިޝަނުގެ ޗެއަރ ، ކުރީގެ ޑިފެންސް މިނިސްޓަރު  އިސްމާއިލް ޝަފީއު އެމަގާމުން ދުރުވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ، ރައީސް ނަޝީދު ، އިސްމާއީލް ޝަފީއު އިސްތިއުފާދެއްވާނެކަމަށް ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން  ހެއްދެވި އިތުރުފުޅެއްކަމަށެވެ.

ސަރުކާރުގެ ހިންގުމަށް އަމާޒުކޮށް ރައީސް ނަޝީދު ވިދާޅުވީ 2008ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނޫ އަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކަކަށް އަރައިގަންނަން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ކަމަށާއި ،  ގާތްގަޑަކަށް 600 މީހުން މިއަދާ ހަމައަށް ވަނީ ހައްޔަރުކޮށްފަވާކަމަށާއި ، ދިވެހިން މިއަދު އެފަދަ ކަންކަން ގަބޫލު ނުކުރާނެކަމަށާއި ދިވެހިރާއްޖޭގައި ރައްޔިތުން ހޮވާ ރައްޔިތުންގެ ސަރުކާރެއް ބިނާކުރުމަށް ދިވެހިން ބޭނުންވާކަމަށެވެ.

އިގްތިޞާދީގޮތުން ރާއްޖެ ހަލުވިކަމާއެކު ދަތުރުކުރަމުން އައި މިސަރާބު ބަދަލުވެ، އިގްތިޞާދުވެސް މިވަނީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައިކަމަށާއި، ބަޖެޓުގެ ދަރަނީގެ މިންވަރު އެތައް ގުނައަކުން ބޮޑުވެފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ސަރުކާރުގެ ސިއްޙީ ފަރުވާގެ ނިޒާމް “އާސަންދަ” އެކިއެކި އުޒުރުތައް ދައްކައިގެން ކުރިއަށް ގެންދެވިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.