|
ހޮނިހިރު, 31 ޖުލައި 2010 21:40 |
|
އިއްޔެ ހިންގި މާރާމާރީގައި 17 އަހަރުގެ ކުއްޖަކު މަރުވެ އިތުރު މާރާމާރީއެއް މިއަދު ހިންގައިފި |
|
ދެގުރޫޕް ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ރޭ އިރާކޮޅު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި 17 އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ. މިކުއްޖަކީ މ. ބިއުޓީފުލާވަރ މުޙައްމަދު އިސްމާޢީލް (ފޮޓޯ ގައި) ކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މިމާރާމާރީގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ތިންމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވެއެވެ. މިމީހުންގެ ތެރެއިން އެކެއްގެ މެޔަށް، އަދި އަނެއް މީހާގެ ފަޔަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ.
މިމާރާމާރީ އާ ގުޅިގެން ފުލުހުން 15 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 6 މީހަކު ދޫކޮށްލާފައި ވެއެވެ. އަދި މިހާރު ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުގައި މިހާރު ތިބީ 9 މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމާރާމާރީގައި ޢުމުރުން 17 އަހަރުގެ ޒުވާނަކު މަރުވެފައިވަނިކޮށް 6 ގަޑިއިރުވެސް ނުވަނީސް މިއަދު އަނެއްކާވެސް ވަނީ ނުރައްކާތެރި މާރާމާރީއެއް މައްޗަންގޮޅި ސަހަރާ ކައިރި ހިންގާފައެވެ. މިމާރާމާރީގައި އެކެއްގެ ބޮލަށް ތޫނު އެއްޗެއް ހަރާލާފައިވާއިރު އަނެއް މީހާގެ ބުރަކަށްޓަށް ތޫނު އެއްޗެއް ހަރާލާފައިވެއެވެ.
ފުލުހުން ވިދާޅުވީ، މިމާރާމާރީތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުރިންވެސް މިފަދަ ކުށްތަކުގެ ރެކޯޑްސް އޮންނަ މީހުން ކަމަށެވެ. ފުލުހުން މިމާރާމާރީތައް ތަޙުޤީޤު ކުރައްވަމުން ގެންދަވާއިރު 11 މީހަކު ހައްޔަރުކޮށްފައި ވެއެވެ.
|
ކިޔުންތެރިންގެ ޚިޔާލް