| ބުރާސްފަތި, 11 މާރޗް 2010 01:32 |
| ޝައިޚުލްއަޒްހަރު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ތަޢުޒިޔާ ވިދާޅުވެއްޖެ |
ޝައިޚުލްއަޒްހަރު މުޙަންމަދު ސައްޔިދު ޠަންޠާވީ އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިސުރުގެ ރައީސް މުޙަންމަދު ޙުސްނީ މުބާރަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، މިސުރުގެ ރައީސަށާއި، މިސުރު ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ސައްޔިދު ޠަންޠާވީގެ ޢާއިލާގެ މެންބަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޝައިޚުލްއަޒްހަރު މުޙަންމަދު ސައްޔިދު ޠަންޠާވީ އަވަހާރަވުމަކީ، ހަމައެކަނި މިސުރަށާއި އަލްއަޒްހަރު ޔުނިވަރސިޓީއަށް ލިބުނު ބޮޑު ގެއްލުމެއް ނޫން ކަމަށާއި، އިސްލާމީ ދުނިޔޭގައި ހަރުކަށި އުސޫލުތަކުގެ ކުރިއަށް ޢިލްމުވެރިކަން ނެރުއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ދުނިޔޭގެ ހުރިހާ ޢިލްމުވެރިންނަށްވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ވިދާޅުވެފައިވެއެވެ. |
ކިޔުންތެރިންގެ ޚިޔާލް