| އަންގާރަ, 09 މާރޗް 2010 18:13 |
| އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން އިސްނަގައިގެން ހިންގި ހަރަކާތުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ މަރުކަޒަށް ހަދިޔާކޮށްފި |
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަންހެން ފުލުހުން އިސްނަގައިގެން ހިންގި ޚާއްސަ ޗެރިޓީ ފުޓްބަޅަ ޓޯރނަމެންޓުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށް ހަދިޔާކޮށްފިއެވެ.އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ޓިކެޓް ވިއްކައިގެންނާއި އަދި ދަނޑުގައި ބެހެއްޓިފައިހުރި ފަންޑު ފޮށްޓަށް ލިބުނު ޖުމްލަ 21650.35 ރ (އެކާވީސްހާސް ހަސަތޭކަ ފަންސާސް ރުފިޔާ ތިރީސްފަސް ލާރި) އެސެންޓަރާއި ހަވާލުކޮށްދެއްވީ ޓޯރނަމެންޓްގައި ބައިވެރި 4 ޓީމުގެ ކެޕްޓަނުންނެވެ. އަދި މިފައިސާއާއި ސެންޓަރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެތަނުގެ ޕްރިންސިޕަލް އަޙުމަދު ޝަފީޤުއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ފުލުހުންގެ އިތުރުން ބައިވެރިވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، އައިލެންޑް އޭވިއޭޝަން، އަދި ޑިޕާރޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަނުންނެވެ. މިމުބާރާތުގެ ފައިނަލް މެޗުގައި އިމިގްރޭޝަނާއި ޕޮލިސް ބައްދަލުކުރި މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަންއެވެ. ފައިނަލް މެޗަށް ފަހު މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށާއި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ތައްޓާއި ހަނދާނީ ލިޔުން ބައްސަވާދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑރ. އައިމިނަތު ޖަމީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީހް އެވެ. މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމަންޓަކަށް ހޮވުނީ އިމިގްރޭޝަންގެ ފަދުވާ ޒާހިރެވެ. މިއަދު ގަލޮޅު ދަނޑުގައި ބޭއްވި މިހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑރ. އައިމިނަތު ޖަމީލްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް މުޙައްމަދު ޝިހާބް އާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަޞީހް އާއި މިއަދުގެ ޙަރަކާތުގައި ބައިވެރިވި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ އާންމުންވެސް ބައިވެރިވިއެވެ. |
ކިޔުންތެރިންގެ ޚިޔާލް