އަންގާރަ, 09 މާރޗް 2010 10:28
ޒާހިޔާ އާއި ޢައިސާއަކީ ލާމަސީލު އަންހެންދަރިޔާ ކަމަށް ޑީއާރުޕީން ހޮވައިފި

އިދިކޮޅުޕާރޓީ ޑީއާރުޕީން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ލާމަސީލް އަންހެންދަރިޔާގެ މަޤާމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރާއި، އަދި ކުރީގެ ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދުދީދީ ހޮވައިއެވެ.

ޑީއާރުޕީން މި މަޤާމަށް ހޮވުނު ދެބޭފުޅުންނަށް ވަނީ އިނާމު ދީފައެވެ. މިއިނާމް އެދެބޭފުޅުންނަށް ދެއްވީ އެދެބޭފުޅުން ވަޒީރުކަން ކުރައްވާފައިވާ ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން ޢަބްދުލްޤައްޔޫމެވެ.

ރޭގެޖަލްސާގައި މައުމޫން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ އަންހެނުންގެ ހަމަހަމަކަމާއި ތަރައްގީއަށް ވަރަށް ގިނަމަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. ޑީއާރުޕީގެ އާޒައީމް ކަމަށް އިންތިޚާބުވެފައިވާ އަޙްމަދު ތަސްމީނުވެސް ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ސަރުކާރުން އަންހެނުންގެ ތަރައްގީއަށްދީފައިވާ އަހައްމިއްޔަތާއި ޙާސިލްވެފައިވާ ކުރިއެރުންތަކަށް ބައްލަވާލައްވައި މިހާރުގެ ސަރުކާރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ނުކުރައްވާކަމާއި ދެއްވާސަމާލުކަން  ކުޑަކަމަށްވިދާޅުވިއެވެ.

ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ އިންތިޚާބުވެފައިވާ ރައީސާ ދުންޔާ މައުމޫންގެ ވީޑީޔޯ ޕްރެޒެންޓޭޝަނެއްވެސްޖަލްސާގައި ދެއްކިއެވެ. މީގެއިތުރުން އަންހެއްގޮފީގެ ނައިބުރައީސާކަމަށް އިންތިޚާބުވެފައިވާ ރޮޒައިނާ އާދަމްވެސް ވާހަކަދެއްކެވިއެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
ތިޔައީ ޑީއާރުޕީގެ ޒަޢީމު މައުމޫނުގެ އަރިހުގައި ލާމަސީލު ބަޔަކަށް ވެދާނެ. އެއީ އެބޭފުޅާ ޤަބޫލުކުރާ ގޮތަށްވިއްޔާ ހެދުންވެސް އެހުރީ އެ ދެމީހުން އަޅައިގެން.. އޮރިޔާމުން.. އަހަރެމެން ދިވެހިން ކައިރި ތީ އެއްވެސް މިސާލެއްލޫން،،... ޚުދު ހިންގުމުގެ ދާއިރާއިންވެސް ފޭލިވެފައިވާ އިރު ދެމީހުންގެ ބޭރުފުށުންވެސް ތި ވަނީ ފޭލި ވެފައި.. ދެން ކޮން ލާމަސީލެއް... ވެދާނެ ،،، "ލާމަސީލު"... "މަސީލެއް ނޫން" ..ހެހެހެ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތީ ލާމަސީލު ދަރިންނެއް ނޫންދޯ...ލާމަސީލު މައިންނާއި މުނިމާމައިން....ޑީއާރުޕީއިން ކޮންމެ މަގާމަކަށްވެސް ތިން ހަތަރުމީހުން މިހޮވަނީ އެންމެން އުފާކޮށްފައި ބަހައްޓަންތާދޯ....ޑިޝިޝަން މޭކިންގ ގައި ބަލިކަމެއް އުޅޭތީ އެހެންވަނީ....
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މަރުޙަބާ ޒާހިޔާމިސް އާއި ޢަިޝާ މިސްއަށް... ވަރަށް ގިނަ ތަޢުލީމީ ދަރީންވެސް ތިޔަބޭފުޅުންގެ މޭސްތިރިކަމުގެ ދަށުން ވަނީ އުފައްދަވާފަ...އަޅުގަނޑަށް ވ ވ ވ އޯގާތެރި' ކަމަށް ޤާބިލު އެކަށީގެންވާ ދެ މުދައްރިސުންގެ ގޮތުގައި ދެއްވި އެހީތެރިކަމަށް ފަށްފަށުން ޝުކުރުވެރިވަން...ތިޔަ ދެ މުދައްރިބާއިންނަށްވެސް ބާއްޖަވެރި ކަމާއި ކާމިޔާބު އަބަދުވެސް މާތްﷲ މިނަވަރު ކުރައްވާށި!!!އާމީން... (-ވ ހެޔޮ އެދޭ ދަރިވަރެއް-)
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތަސްމީނަކީ އާ ޒައީމެއްނޫން. އަލަސް ބަލަސް ޒައީމަކީ މައުމޫނު. ތަސްމީނު އިތިޚާބު ވެފައިވަނީ ޑީއާރުޕީ ގެ ލީޑަރު ކަމަށް އެކަމަކު ތަސްމީނު ކުރިމަތިލެއްވީ ޒައީމުކަމަށް. ދނެ ވަރަށް މަޖާ ދޯ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
+2
 
 
 
ރައްދު ދެއްވުމަށް
ލާމަސީލު މިވަނީ އަޢުރަ ނިވާނުކޮށް ހުރީމަ ހެއްޔެވެ.ޒައީމުއަށް ކަމުދާނީ މިގޮތެވެ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ދެލޮލުން ކަނިބުރައިގެން ދާ ދުވަހު ލާމަޝީލް މިޝާލަކަށް ވާން މަސައްކަތްކުރަން މިމީހުންނަށް ގޮވާލަން! ދުނިޔެމަތީގައި ކޮންމެފަދަ މަގާމެއްވެސް ލިިބިދާނެ އެއީ އިންސާނުން އަމިއްލައަތުން ކުރާކަމެއް! ނަމަވެސް ކީއްކުރާނީ ދޯ!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިއީ ދިވެހިންނަށް ދައްކަން ކުޅުނު ޑުރާމާއެއް ނޫން ބާ؟؟؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މި އިނާމް ލިބެނީ ވެސް ޑީޢާރުޕީ އަށް ނިސްބަތް ވަންޏާ މިވަނީ ކޯއްޗަށް.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިކަހަލަ ސިލްސިލާ ޑުރާމާތަށް ފެންނާނެކަމަށް އުންމީދު ކުރަން...
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތިއީ އެއްވެސް އިންސާފަކުން ދެވިފައިވާ އެވޯރޑެއް ހެން ހިޔެއް ނުވޭ. ސަބަބަކީ ތިއައްވުރެ މާ ލާމަސީލު މީހުން މިޤައުމުގައި ތިބިކަން މިއީ ދުވާލުގެ އިރުފަދައިން އެގޭނެ ކަމެއް.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ގައުމުގެ ލާމަސީލު ..މައި ކަމަނާއިން ދޯ؟ ހެހެހެ...
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އެޕާޓީގެ އެއްކަމެއްވެސް އިންސާފުން ދާނަމަ ތާ ދޯ!!!! ދިވެހިންނަށް ރަނގަޅަށް އެކަން އިގިފައި މިތިބީ... ހަމަ ހުސް އާޓް!!!!!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...