| ހޯމަ, 08 މާރޗް 2010 01:06 |
| އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަޤާމު އުވާލުމަށް ނިންމައިފި |
އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމު އުވާލުމަށް އެޕާރޓީން ނިންމައިފިއެވެ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އާދިއްތަ ދުވަހު މިގޮތުން މިދެމަގާމު އުވާލުމުގެ އިތުރުން ޗެއާރޕާސަންގެ ދަށުން މަސައްކަތްކުރަށްވާނެ ދެ ނައިބުން އިންތިހާބުކުރާގޮތަށްވެސް ވަނީ ފާސްކޮށްފައެވެ. ގައުމީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި އެމްޑީޕީގެ ކޮންގްރެސް އެޕާޓީގެ އަހަރީ ދުވަސް ކަމުގައިވާ ޖޫން 26ގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އެމްޑީޕީން ބުނިގޮތުގައި މި ޖަލްސާއިންޕާލަމެންޓަރީ ގުރޫޕުގެ ރައީސަށް ސިޔާސީ އިސް ދައުރެއްދޭގޮތަށްވެސް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. |
ކިޔުންތެރިންގެ ޚިޔާލް
އަހަރެމެންގެ ޕާރޓީ މާރިޔާގެ އަތްމައްޗަށް ދޫކޮށްނުލާ ،
ދާދި މިދާކަށް ދުވަހު ހިއުމަން ރިސޯސް މިނިސްޓްރީން އިޢުލާނު ކުރި ސްޓޫޑަންޓްސް ލޯން ދެހާސް ދިހައެއް އަކީ ވަކި ބަޔަކަށް ލޯނު ދިނުމުގެ މަޤްސަދުގައި އިޢުލާނު ކުރެވުނު ލޯނެއް ކަމުގައި ވަރަށް ގިނަ ފަރާތްތަކުން ދެކެން ފަށައިފިއެވެ. ލޯން އެޕްލިކޭޝަން ހުށަހަޅަން ދިޔަ ފަރާތްތަކެއް ބުނާގޮތުގައި އެމީހުންގެ އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުމެއް މަދުވެގެން އެޕްލިކޭޝަން ބަލައިނުގަތް ފޮނުވާލައިފައިވެއެވެ. ނަމަވެސް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާމިނަތު އަލީ ވިދާޅުވެގެން ޝަރުތު ފުރިހަމަނުވާ ބައެއް ކުދިންގެ އެޕްލިކޭޝަންތައް ބަލައިގެންފައިވެއެވެ. މިއީ ރަގަޅު މަޢުލޫމާތެއްކަން މިހާރުވަނީ އެމިނިސްޓްރީގެ ބައެއް މުވައްޒަފުން (ނަން ހާމަކުރަން ނޭދޭ) ކަށަވަރު ކޮށްދީފައެވެ. މިނިސްޓްރީގެ މުވައްޒަފުން މިހާރު ކަންބޮޑުވަނީ އަލުން އިއުލާން ކުރަންއުޅޭ މިލޯނުގެ ދެވަނަ ބުރުގައި މިފަދަ ކަންތައްތައް ތަކުރާރުވެދާނެތީއެވެ. ސަރުކާރުގައި އުޅުއްވާ މިފަދަ ސިޔާސީ ވެރިން އަވަހަށް އިސްތިއުފާ ދިނުމަށް ގޮވާލަމެވެ އަދި އެފަދަ ބޭފުޅުންނާމެދު ފިޔަވަޅު އެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގޮވާލަމެވެ.