ހޮނިހިރު, 06 މާރޗް 2010 22:47
ޑީއާރުޕީގެ ޖަގަހައެއްގައި ހުރި މީހެއްގެ ކަންކަށިމަތީގައި އެމްޑީޕީޑީގެ މީހަކު ޖަހައިފި

ޑީއާރުޕީގެ ޖަގަހައެއްގައި ހުރި ޑީއާރުޕީގެ މެންބަރެއްގެ ކަންކަށިމަތީގައި އެތަނަށް ވަދެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަހާ މާރާމާރީ ހިންގައިފިއެވެ. އއ. މަތިވެރީގައި ހިނގި މިހާދިސާ ތަހުގީގު ކުރަމުންދާކަން ފުލުހުންވެސްވަނީ ކަށަވަރުކޮށްދީފައެވެ.

މި މާރާމާރީ ހިންގާފައިވަނީ މަތިވެރި ސްކޫލުގެ ސްކޫލް ބޯޑުގެ ޗެއާމަންގެ މަޤާމުގައި ހުރި އިސްމާޢީލް އާތިފް ކަމަށް އެމްއެލްއަށް ވަނީ ޚަބަރު ލިބިފައެވެ. މި މާރާމާރީ ހިންގީ ޑީއާރުޕީގެ ޖަގަހަ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތަކު ކަމަށާއި ޑީއާރުޕީގެ މީހަކީ މާރާމާރީ ހިންގި އާތިފުގެ ޅިޔަނެއް ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ. އެމްއެލްއަށް ޚަބަރު ލިބިފައިވާ ގޮތުގައި  މި މާރާމާރީ ހިންގާފައިވަނީ އާއިލީ މައްސަލައެއްގައެވެ. އެހެންނަމަވެސް މާރާމާރީ ހިންގީ އެމްޑީޕީގެ އެކްޓިވިސްޓަކަށްވެފައި އޭނާއާއެކު އެމްޑީޕީގެ ބަޔަކުވެސް އެތަނަށް އެވަގުތު ދިޔުމުން މި މާރާމާރީއަކީ ސިޔާސީ ކަމަކަށްވަނީ ވެފައެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ތިވަރުގެ މީހުން ސްކޫލް ބޯޑަށް ލައިގެން ކުދިންކޮޅުވާނީ ހަލާކު! ތީ އެމްޑީޕީގެ ފެންވަރަކީ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...