|
ހޮނިހިރު, 06 މާރޗް 2010 22:17 |
|
އެންޓިކޮރަޕްޝަން ކޮމިޝަން އުވާލެވޭގޮތަށް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅަނީ |
|
ރައްޔިތުންގެ މަޖިލިހުން އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލެވޭނެކަހަލަ އިސްލާހެއް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެނައުމަށް ބިލެއް ތައްޔާރުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތޮލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މިބިލަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަކީ އެކޮމިޝަން އުފައްދާފައިވާ މަޤްޞަދު ހާސިލުނުވާ ކޮމިޝަނެއްކަމަށް ރައްޔިތުންގެ މަޖިލިހަށް ފެނިއްޖެނަމަ އެކޮމިޝަން އުވާލެވޭގޮތަށް ހުށަހަޅުއްވާ ބިލެކެވެ. މުއްތަލިބު ވިދާޅުވި ގޮތުގައި ކޮމިޝަން އުވާލިނަމަވެސް ޤާނޫނުގައިވާ ގޮތުގެ މަތިން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންފުޅުތަކަކަށް މަޖިލިހުން ރުހުން ލިބިގެން އަލުން ކޮމިޝަން އެކުލަވާލުމަށް މިބިލް ހުރަހެއް ނާޅާނެއެވެ.
މިހާރު އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ. މުއްޠަލިބަކީ ރައްޔިތުންގެ މަޖިލިހުގައި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރެކެވެ.
|
ކިޔުންތެރިންގެ ޚިޔާލް